Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ދިރިއުޅޭ ތަންތަން ކުއްޔަށް ދޫކުރުމުގެ ބިލުގެ ބަޙުސް ފަށައިފި

ދިރިއުޅޭ ތަންތަން ކުއްޔަށް ދޫކުރުމުގެ ބިލުގެ ބަޙުސް ފަށައިފި


yamin-in-maj300

ދިރިއުޅޭ ތަންތަން ކުއްޔަށް ދޫކުރުމުގެ ބިލުގެ ބަޙުސް ރައްޔިތުންގެ މަޖިލީހުގައި ފަށްޓަވައިފި އެވެ. މިބިލް މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ ކުރީގެ ލީގަލް ރިފޯމް މިނިސްޓަރ އަދި މިހާރުގެ، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދެވެ.

ނަޝީދު ވިދާޅުވެފައިވަނީ މިބިލަކީ ގެދޮރު ކުއްޔަށްދޭ އުސޫލުތައް ކަނޑައަޅައިދޭ ބިލެއް ކަމަށެވެ. ނަމަވެސް އެއީ ކުލި ކޮންޓްރޯލްކުރާ ބިލެއް ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވ

ެސް ރައްޔިތުންނަށް އެންމެ ބޮޑު މައްސަލައެއް ކަމަށްވެފައިވަނީ މާލޭގެ ކުލި ބޮޑުވުމުގެ މައްސަލައެވެ. މިބިލް މަޖިލީހަށް ބަލައިގަތް ހިސާބުން ފެށިގެން ވަރަށް ގިނަމީހުން ގެންދަނީ މިބިލް ރަނގަޅު ގާނޫނަކަށް ވާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.

މިބިލުގައި ނާޝީދު ފާހަގަ ކުރައްވައިފައިވަނީ ކުއްޔަށް ހިފާ ފަރާތާއި ކުށްޔަށް ދޭ ފަރާތުގެ ޙައްޤުތަކާއި، ކުއްޔަށް ދިނުމުގެ އެއްބަސްވުން އެކުލަވާނެ އުޞޫލުތައް ފަދަ ކަންކަމެވެ.

މިބިލު އެކުލަވައިލައިފައިވާ ގޮތުން ތަނެއް ކުއްޔަށް ދޭއިރު ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ނެގޭނީ ދެމަސް ދުވަހުގެ ކުއްޔަށްވާ ފައިސާ އެވެ. ކުއްޔަށް ދޭ ފަރާތުން ގަސްތުގައި ގެއްލުމެއް ދީފިނަމަ ޖުރިމަނާގެ ގޮތުގައި ނެގޭނީ ދެހާސް ރުފިޔާކަމަށް ބިލުގައި ކަނޑައަޅައިފައި ވެއެވެ. އޭގެ އިތުރުން ގެއްލުން މަރާމާތު ކުރުމަށް ދާ ޚަރަދު ކުއްޔަށް ދޭ ފަރާތުން ހޯދައި ދޭންޖެހޭނެ ކަމަށް ބިލުގައި ހިމަނާފައިވެއެވެ.

ބިލާ ބެހޭ ގޮތުން ބަހުސް ކުރަމުން ގެންދިޔައިރު ބައެއް މެންބަރުން ވިދާޅުވީ ދިރިއުޅޭ ތަންތަން ކުއްޔަށް ދޫކުރުމުގެ ބިލަކީ ރާއްޖޭގައި ހުޅުވާލެވިފައިވާ މިނިވަން ވިޔަފާރިއަށް ހުރަސް އެޅޭނެ ގިނަ މާއްދާތަކެއް އެކުލެވޭ ބިލެއް ކަމުގައެވެ. މެންބަރުންގެ ޚިޔާލު މިގޮތަށް ހުރި އިރު ރައްޔިތުން ބުނަނީ ދިރިއުޅޭނެ ތަންތަން ކުއްޔަށް ދިނުމަކީ ވިޔަފާރިއެއް ކަމަށް ނުބެލުމަށެވެ. އެއީ އަސާސީ ކަމެއްގެ ގޮތުގައި ބަލައިގެން ވީހާވެސް ރަނގަޅަށް މިކަން ކުރެވޭތޯ ބެލުމަށް ރައްޔިތުން ދެކެއެވެ. ވިޔަފާރިވެރިން ވިޔަފާރީގެ ބޭނުމަށް ކުއްޔަށް ހިފާ ގުދަން ފަދަ ތަންތަން ވިޔަފާރީއާ ގުޅުވައިގެން ބިލަށް އިސްލާހު ގެނައުމަށްވެސް ރައްޔިތުން އެދެއެވެ.

މިބިލު މިހާރުވާ ގޮތުން އަމާޒު ކުރެވިފައި ވަނީ ހަމައެކަނި މާލެއަށް ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވިއެވެ. ބިލު ގާނޫނަކަށް ވެގެން އަންނައިރު އެއީ ރާއްޖޭގެ އެންމެންގެ މައްޗަށް ތަންފީޒު ކުރެވޭނެ ގާނޫނަކަށްވާތީ މުޅުރާއްޖެއަށް ވިސްނައިގެން ބިލް ބަދަލު ކުރުމަށް މެންބަރުން ވާހަކަ ދައްކަވައިފައިވެއެވެ. ދިރި އުޅޭ ތަންތަނާއި އެހެން ތަންތަން ކުއްޔަށް ދޭ ގޮތްވެސް މިބިލުގައި ހިމަނައި ދިރިއުޅޭ ތަންތަނާއި އެހެން ތަންތަން ކުއްޔަށް ދިނުމުގައ ތަފާތުތަކެއް ގެންގުޅުމަށް ރައްޔިތުން ބޭނުންވެއެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ ތަކެތީގެ އަގު ބޮޑުވެގެންދާ އެންމެ ބޮޑު އެއް ކަމަކީ ގުދަން ކުއްޔަށް ހިފަން ލިބޭ އަގުބޮޑުވުމެވެ. މިފަދަ ކަންކަންކަމަށް ކުއްޔަށް ދޭއިރު ދިރިއުޅޭ ތަންތަނާ ތަފާތުވާން ޖެހޭނެއެވެ. އެފަދަ ތަންތަންވެސް ކުއްޔަށް ދެވޭނެ އުޞޫލެއް ބިލުގައި ކަނޑައެޅި އަގު ކޮންޓްރޯލު ކުރެވޭނެ ގޮތެއް އޮންނަން ޖެހޭކަމަށް ރިޔާޒު ވިދާޅުވިއެވެ.

މިބިލަކީ ކުއްޔަށް ހިފާ މީހުންނާއި ކުއްޔަށް ދޭ މީހުންނަށްވެސް ގެއްލުން ނުވާ ގޮތަށް ގާނޫނަކަށް ވެގެން ދާނެ ބިލަކަށްވާނެ ކަމަށް ރައްޔިތުން ތިބީ އުންމީދުގައެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 21:19 ބުދަ, 07 އެޕްރީލް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް