Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު މޫސުމަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް އެންމެ ކުރީގައި ތިބީދިވެހިންކަމަށް ވިދާޅުވެއްޖެ

މޫސުމަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް އެންމެ ކުރީގައި ތިބީދިވެހިންކަމަށް ވިދާޅުވެއްޖެ


ދުނިޔޭގެ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް އެންމެ ކުރީގައި ތިބީ ދިވެހިން ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ކްލައިމެޓް އެކްޝަން ކޮމިޝަނަރ ކޯނީ ހެޑްގާޑް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.         މިބައްދަލުވުމުގައި އޭނާ ވިދާޅުވީ ރާއްޖެ ވަޑައިގެން އަމިއްލަފުޅަށް ތިމާވެށީގެ މައްސަލަތައް ބެއްލެވުމުން ތިމާވެށީގެ ނާޒުކުކަން ވަރަށް ބޮޑަށް އިހުސާސް ކުރެއްވިޖެ ކަމަށެވެ. އެހެން ކަމުން އެކަމަށް އިހުނަށްވުރެ އަވަ ސް ޙައްލެއް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތައް ގަބޫލު ނުކުރާ މީހުންވެސް ރާއްޖެއަށް އައިސް އެކަން ބެލުމަށްފަހު އަވަސް ފުރުސަތެއްގައި އެކަމަށް ޙައްލެއް ހޯދުމަށް މަސައްކަތް ކޮށްދެއްވުމަށްވެސް އެކަމަނާ އެދި ވަޑައިގެންނެވިއެވެ.
ރާއްޖޭގެ ތިމާވެށީގެ ހާލަތު އެކަމަނާއަށް ދައްކާލުމަށްޓަކައި ރައީސް ނަޝީދު ވަނީ ކޯނީ އަރިހުގައި ށ. ކޮމަންޑުއަށް ވަޑައިގެންފައެވެ.
އެކަމަނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ރަނގަޅަށް ދެނެގަނެވޭނީ ރާއްޖެ ފަދަ ގައުމުތަކަށް އައިސް ބަލައިގެން ކަމަށެވެ. ތިމާވެށީގެ މައްސަލައިގައި އެންމެ ބޮޑަށް އަޑު އުފުއްލަވާ އެއްބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުކަންވެސް އެކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް