Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު އެމްޑީޕީގެ ގައުމީމަޖިލީހުގެ 77 ވަނަ ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންފި

އެމްޑީޕީގެ ގައުމީމަޖިލީހުގެ 77 ވަނަ ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންފި

anniދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީމަޖިލީހުގެ 77 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންފިއެވެ . އެމަނުކުފާނު މިބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވީ ގައުމީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ކަމަށް އެމްޑީޕީން މަޢުލޫމާތު ދެއްވިއެވެ.
މިބައްދަލުވުން ބާއްވާފައިވަނީ ހޯމަދުވަހު ހަވީރު 30 :4ގައި އެމްޑީޕީގެ ސެކްރެޓޭރިއަޓް ގައެވެ.
އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ލޯކަލް އިންތިޚާބުގެ ޓިކެޓް ދިނުމާ ބެހޭގޮތުން މަޝްވަރާކުރިއެވެ. އަދި ފަންޑްރައިސިންގ ކޮމިޓީގެ ޓިއޯއާރ އަށް ގޮތެއް ނިންމުމާއި، ކޮންގްރެސް އިންތިޒާމް ކޮމިޓީ އެކުލަވާލުމާއި، ޕަބްލިކް ރިލޭޝަންސް ކޮމިޓީއެއް ނެގުން ފަދަ މުހިއްމު ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުނެވެ.
މިބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޓިކެޓް ދެވޭ ގަވާއިދަށާއި، ފަންޑްރައިސިންގ ކޮމިޓީން ކުރަން ގަސްތުކޮށްފައިވާ ކަންތައްތަކަށް ބައެއް އިސްލާހު ގެނައުމުގެ އިތުރުން އެމްޑީޕީގެ ކޮންގްރެސް އިންތިޒާމްކުރުމަށް 35 މެންބަރުންގެ ކޮމިޓީއަކާއި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޕަބްލިކް ރިލޭޝަންސް ކޮމިޓީއެއް އައްޔަންކުރެއްވި ކަމަށް އެމްޑީޕީ ސެކްރެޓޭރިއަޓުން މަޢުލޫމާތު ދެއްވިއެވެ. ގައުމީ މަޖިލީހުގެ އަޣްލަބިއްޔަތުން އައްޔަން ކުރެވުނު ޕަބްލިކް ރިލޭޝަންސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި، ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ އާއި، ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރުގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 2 މެންބަރުން ކަމަށްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އެވެ.
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް