Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ލަވަ ކިޔުމާމެދު މިހާރުވެސް ބުނަން އޮތީ ކުރިން ދެއްކި ވާހަކަ- ޑރ. އަފްރާޝީމް

ލަވަ ކިޔުމާމެދު މިހާރުވެސް ބުނަން އޮތީ ކުރިން ދެއްކި ވާހަކަ- ޑރ. އަފްރާޝީމް


ލަވަ ކިޔުމާމެދު މިހާރުވެސް ވިދާޅުވާން އޮތް ބަސްފުޅަކީ މީގެ ދެތިން އަހަރު ކުރިން ޓީވީ އެމްގެ ހޭޔަންބޯ ޕްރޮގްރާމްގައި ވިދާޅުވި ބަސްފުޅު ކަމުގައި ޑރ. އަފްރާޝީމް އަލީ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ރޭޑިޔޯ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި ޑރ. އަފްރާޝީމް އަލީ ވިދާޅުވީ ލަވަ ކިޔުމަކީ ހުއްދަ ކަމެއް ކަމުގައި އަދިވެސް ވިދާޅުވާނެ ކަމަށެވެ.
ނަމަވެސް ހުއްދަ ލަވަ އާއި ހުއްދަ ނޫން ލަވަ ހުންނަ ކަމުގައި އަފްރާޝީމް ވިދާޅުިވިއެވެ. އެހެންކަމުން މިޔުޒިކާއެކު ލަވަ ކިޔުމަކީ އޭގެ ޒާތުގައި ހުއްދަ ކަމެއް ކަމަށް ތަކުރާރުކޮށް އަފްރާޝީމް ވިދާޅުވިއެވެ. އަފްރާޝީމް ވިދާޅުވީ ހުއްދަ ނޫން ލަވަޔަކީ ލަވައިގައި ބުނާ ބަސްތަކުން ވަކިކުރެވޭނެ ލަވަ ކަމަށެވެ.
ލަވަ އާއި މިޔުޒިކް ހުއްދަ ކަމުގައި ވިދާޅުވަމުން އަފްރާޝީމް ވިދާޅުވީ މީގެ އަހަރު ތަކެއް ކުރިން ލަވަ އާއި މިޔުޒިކް ހުއްދަ ކަމުގައި ހޭޔަންބޯ ޕްރޮގްރާމްގައި ވިދާޅުވީ އޭރުގެ ރައީސް މައުމޫނަށްޓަކައި ނޫން ކަމަށެވެ. މިޔުޒިކާއެކު ލޯބީގެ ލަވަޔެއް ތައުލީމް ޙާސިލް ކުރެއްވި ދުވަސްވަރު ކިޔުއްވާފައިވާ އަފްރާޝީމް ވިދާޅުވީ ރަސޫލާގެ ޒަމާނުގައިވެސް އެކިއެކި މުނާސަބަތު ތަކާއި ގުޅުވައިގެން ރަސޫލާގެ އަނބިއަނބި ކަނބަލުންވެސް ލަވަ ވިދާޅުވެފައިވާ ކަމަށެވެ.
މިއިންޓަވިއުގައި ޑރ. އަފްރާޝީމް ވަނީ އޭނާ ދީނީ ގޮތުން ދައްކަވާ ވާހަކަފުޅުތައް އާންމުން ގަބޫލު ނުކުރުމަށް ބަޔެއް ދީނީ އިލްމްވެރިން ވިދާޅުވާތީ އެކަމަށްވެސް ރައްދު ދެއްވާފައެވެ. އަފްރާޝީމް ވިދާޅުވީ އަފްރާޝީމް ދީނީ ގޮތުން ވިދާޅުވެފައިވާ ބަސްފުޅުތައް އެއީ ކުށްކަން އެއްވެސް ގޮތަކުން ސާބިތު ކޮށްދެވޭނެ ވަރުގެ ދީނީ އިލްމްވެރިޔަކު މިރާއްޖޭގައި ނުހުންނާނެ ކަމަށާއި އެފަދަ ބޭފުޅަކު ހުންނެވި ނަމަ އާންމު ތަނެއްގައި ގިނަބަޔެއްގެ ކުރިމަތީގައި އެކަން ސާބިތުކޮށް ދެއްވުމަށް ވަޑައިގަތުމަށްވެސް އަފްރާޝީމް ވަނީ ރާއްޖޭގެ ދީނީ އިލްމްވެރިންނަށް ގޮވާލައްވާފައެވެ.
ލަވަ އާއި މިޔުޒިކް އެއީ ދީނީ ގޮތުން ހުއްދަ އެއްޗެއް ކަމުގައި އަފްރާޝީމް ވިދާޅުވުމާއި ގުޅިގެން ވަރަށްގިނަ ދީނީ އިލްމްވެރިންގެ ނަފްރަތުގެ އިނގިލި އަފްރާޝީމްއަށް އަމާޒު ކުރެވިފައިވެއެވެ. ގިނަ އިލްމްވެރިން ވިދާޅުވަނީ މިޔުޒިކާއެކު ލަވަ ހުއްދަ ވާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް