ތާޑު ޕާޓީ އިންޝުއަރެންސް ކުރުން ދެ އަހަރަށް ފަސްކުރުމަށް ހުށަހެޅި ބިލި ބަލައިގެންފި
19:13 އަންގާރަ, 06 އެޕްރީލް 2010
މީމުސީނު
ތާޑު ޕާޓީ އިންޝުއަރެންސް ކުރުން ދެ އަހަރު ދުވަހަށް ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެފިއެވެ. މިހާރު މިބިލްވަނީ ޤައުމީ ތަރައްޤީ
އާ ބެހޭ ކޮމެޓީއަށް ފޮނުއްވައިފިއެވެ. މިލު ބަލައިގަތުމަށް ބަހުސް ކުރުމަށްފަހު ވޯޓަށް އެއްސެވިއެވެ. ވޯޓުން މިބިލް ބަލައިގެންފައިވަނީ 76 މެންބަރުންގެ އިއްތިފާގުންނެވެ.
ތާރޑް ޕާޓީ އިންޝުރެންސް ކުރުމަށް ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތު ދެއަހަރަށް ފަސްކުރުމަށް ހުށަހެޅިއިރު އެއްގަމު ދުއްވާ އުޅަނދުފަހަރާ ބެހޭ ޤާނޫނުގައި ތާރޑް ޕާޓީ އިންޝުއަރެންސް ކުރުމަށް ދެއްވައިފައިވާ މުއްދަތު އެޕްރީލްމަހު 51 އަށް ހަމަވާނެވެ.
މިއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދެވެ. އެ އިޞްލާޙުގައި ވަނީ ތާރޑްޕާޓީ އިންޝުރެންސް ކުރުން ލާޒިމް ކުރުމަށް އިތުރު ދެއަހަރު ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އަދި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ވަކި އޮނިގަނޑެއް އެކުލަވާލަން ޖެހޭނެކަމަށެވެ.
މިމަހު ފަނަރައިގެ ނިޔަލަށް ޤާނޫނުގައި ބުނާ މުއްދަތު ހަމަވާއިރު ޤާނޫނުގައި ބުނެފައިވަނީ އިންޝުއަރެންސް ކޮށްގެން ދުއްވަންޖެހޭ ވާހަކަ އެކަނިކަމަށް ނަޝީދު ވިދާޅުވި އެވެ. އިންޝުއަރެންސް ކުރުމަށް ޤާނޫނުން ލާޒިމުކުރާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ އެކްސިޑެންޓްތައް އެއްހަމައެއްގައި ތަޙްޤީޤުކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވާކަމަށް ފާހަގަ ކުރެއްވިއެވެ. އެކްސިޑެންޓު ތަކުންވާ ގެއްލުން ސާރވޭ ކުރެވޭނެ ނިޒާމެއްވެސް ނެތްކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރަށް ލިބޭ ގެއްލުމަށް ބަދަލު ނަގައިދެވޭނެ ގޮތެއް ނެތްކަމަށްވެސް ފާހަގަކުރެއްވިއެވެ.
