ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ދުވާލެއްގެ މައްޗަށް ލިބޭ މަހުގެ ޢަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ. އެކުންފުނީގެ މީޑިއާ ކޯޑިނޭޓަރ ޢަބްދުﷲ މައުމޫން ވިދާޅުވީ މިހާރު ދުވާލަކަށް ލިބެނީ އެވްރެޖުކޮށް 42 ޓަނު މަސްކަމަށެވެ. “މިއީ ވަރަށްމަދު ޢަދަދެއް. އަޅުގަނޑުމެންގެ
އޮޕަރޭޝަނަށް ދުވާލަކަށް މަދުވެގެން ބޭނުން އެބަވޭ 200 މެޓްރިކްޓަނު މަސް. އެކަމަކު މިލިބެނީ 50 އާއި 42 ޓަނާ ދެމެދުގެ ޢަދަދަކަށް” މައުމޫން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިވަރަށް މަސްލިބިގެން ކުންފުންޏަށް މުޅިންވެސްވާނީ ގެއްލުން ކަމަށެވެ. އެއީ ތިން ސެންޓަރެއްގައި މުވައްޒަފުން ބައިތިއްބައިގެން އެމީހުންނަށް މުސާރަ ދިނުމާއި، ކަރަންޓާއި އެހެން ކަންކަން ހަމަޖެއްސުމަށް ބަލާއިރު މިވަރުން ލިބެނީ ގެއްލުންކަން ޔަގީންވާ ކަމަށެވެ.
ބަނދަރެއްގައި ބޯޓެއް ބާއްވައިގެންވެސް އެއަށް މަސް ލިބުނަސް ނުލިބުނަސް ބޮޑު ޚަރަދެއް ދުވާކަށް ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.











