Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު މުވައްޒަފުންގެ މުސާރައިގެ މައްސަލަ މިހާރު އަޅުވަނީ ޑޯނާސް ކޮންފަރެންސްގެ ބައިވެރިންގެ ބޮލުގައި- ސީސީ

މުވައްޒަފުންގެ މުސާރައިގެ މައްސަލަ މިހާރު އަޅުވަނީ ޑޯނާސް ކޮންފަރެންސްގެ ބައިވެރިންގެ ބޮލުގައި- ސީސީ


cilviservice_musaara_umaru_ކުޑަކޮށްފައިވާ ސިވިލްސަރވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލައިގާ މިހިނގާ އެޕްރީލް މަހުގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވީ ނަމަވެސް މިހާރު ފެނިގެން މިދަނީ ޑޯނާސް ކޮންފަރެންސްގެ ބައިވެރިންގެ ބޮލުގައި އެކަން އަޅުވައި މުސާރައިން އުނި ކުރި ބައި ނުދެއްވާ ވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރު ކަމުގައި ސިވިލް ސަރވަންޓް އެސޯސިއޭޝަނުން ބުނެފިއެވެ.

ސިވިލް ސަރވަންޓް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރ އަބްދުﷲ މުހަންމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަންތައްތައް ކުރެއްވުމުން ދޭހަވެގެންދަނީ ރާއްޖޭގެ ދާޚިލީ މަސްލަހަތުވެސް މިހާރު ބަލަހައްޓަމުން

ގެންދަނީ ރާއްޖޭން ބޭރު ގައުމުތަކުން ކަމަށެވެ. ޝަރީޢަތަށް ހުށަހަޅާފައިވާ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލަ ދިގުލައިގެން ދިޔުމުގައި މަދަނީ ކޯޓުގެ ގާޒީ އައިޝަތު ޝުޖޫންގެ ޒިންމާވެސް ކުޑަ ނުވާނެ ކަމަށް ވިދާޅުވެ އަބްދުﷲ ވަނީ ގާޒީ އައިޝަތު ޝުޖޫންގެ އިހްލާސްތެރިކަމާމެދު ވެސް ސުވާލު އުފެދޭ ކަމުގައި ވިދާޅުވެފައެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަނުންވެސް އިހްމާލު ވަމުންދާ ކަމަށް ބުނެ ސިވިލްސާވަންޓްސް އެސޯސިއޭޝަނުން ވަނީ ކޮމިޝަނަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އަބުދުﷲ މުހައްމަދު ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުން ސިވިލް ސާވަންޓުންގެ މުސާރައިގެ މައްސަލައިގައި ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި މަންޒަރު ފެނިގެން ދިޔަ ނަމަވެސް މިހާރު އެކޮމިޝަނުން މިމައްސަލައިގާ އެއްވެސް ފިޔަވަޅެއް އަޅަމުން ނުދާ ކަމަށެވެ. އަދި ވަކިބަޔަކާ މައްސަލަ ހަވާލު ކުރުމުން އަދި ފުދުނީ ކަމަށް ދެކިގެންނުވާނެ ކަމަށްވެސް އަބުދުﷲ ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު ފެންނަމުންދަނީ ސަރުކާރުން ޖަހާހާ ބެރަކަށް ސިވިލް ސާވިސް ކޮމިޝަނުން ނަށަމުންދާ މަންޒަރު ކަމަށާއި ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބަދަލުގައި މިހާރު ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ސިވިލް ސާވަންޓުން މަގާމުން ވަކި ކުރެވޭނެ އިތުރު ގޮތްތައް ހޯދައި ގަވާއިދުގައި އެބައިތައް ހިމެނޭތޯ ކަމަށްވެސް އަބުދުﷲ ވިދާޅުވިއެވެ.

އަބުދުﷲ ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުން ސިލްސިލާކޮށް ހިންގަމުން ދިޔަ ހަރަކާތްތައް މެދުކަނޑާލާފައިވަނީ އެޕްރީލް މަހުގެ ތެރޭގައި ސިވިލް ސާވިސް މުވައްޒަފުންގެ މައްސަލައަށް ހައްލެއް ގެނެސް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ އޮނަތިރީސްވަނަ ދުވަހު ދެއްވި ރޭޑިޔޯ ޚިތާބުގައި ރައީސް މުހައްމަދު ނަޝީދު ވަނީ ސިވިލް ސާވަންޓުންގެ މުސާރަ އެޕްރީލް މަހު ބޮޑުކުރެވިދާނެކަމަށް ދޭހަވާފަދަ އިބާރާތަކުން ވާހަކަފުޅު ދައްކަވާފައެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 02:41 ހޯމަ, 05 އެޕްރީލް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް