Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ރެޕް ލަވަކިޔުންތެރިޔާ އޭކަންގެ ޝޯ ރާއްޖޭގައި ބާއްވަނީ

ރެޕް ލަވަކިޔުންތެރިޔާ އޭކަންގެ ޝޯ ރާއްޖޭގައި ބާއްވަނީ


ސްރީލަންކާގައި ނakon2ުބޭއްވުނު މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އޭކަންގެ ޝޯ ދިވެހި ރާއްޖޭގައި ބާއްވަން ނިންމައިފިކަން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު ކަށަވަރު ކޮށްދީފިއެވެ.

ޒުހައިރު އޭއެފްޕީއަށް ފޯނުން ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ރެޕް ލަވަކިޔުންތެރިޔާ އޭކަންގެ ޝޯއެއް ރާއްޖޭގައި ބޭއްވޭގޮތް ވުމަކީ ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި މި ކޮންސެޓް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ކުރަމުން ގެންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެެވެ.

ސްރީ ލަންކާގައި އޭކަންގެ ކޮންސެޓް ނުބޭއްވުނީ ބުދު ދީންގެ މީހުން އެކަމާ ދެކޮޅު ހަދައި ކޮންސެޓް ބޭއްވުމަށް ހުރަސް އެޅުމުން ކަމަށް މީޑިޔާތަކުން ހާމަކޮށްފައި ވެއެވެ. މިހިނގާ އެޕްރީލް މަހުގެ ސައްވީހުގައި ބާއްވަން ހަމަޖެހިފައި އޮތް މި ކޮންސެޓް ސްރީ ލަންކާގައި ބޭއްވުމަށް ބުދު ދީނުގެ ފާދިރީން ދެކޮޅު ހަދާފައިވަނީ އޭކަންގެ ވީޑިއޯ ލަވައެއްގައި ބިކިނީގައި ނަށަމުންދާ މަންޒަރެއްގެ ފަހަތުން ބުދު ދީނުގެ ކަލާނގެއެއް ފެންނާތީ ކަމަށް ވެއެވެ.

220 އެމެރިކާ ޑޮލަރަށް ޓިކެޓެއް ވިއްކާފައިވާ މި ކޮންސެޓް މާލޭގައި ބާއްވަން ތާވަލު ކޮށްފައިވަނީ މިހިނގާ އެޕްރީލް މަހުގެ ތޭވީހުގައި ކަމަށް ބައިނަލްއަޤްވާމީ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައި ވެއެވެ.

Normal 0 false false false EN-MY X-NONE AR-SA MicrosoftInternetExplorer4 /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-priority:99; mso-style-qformat:yes; mso-style-parent:""; mso-padding-alt:0cm 5.4pt 0cm 5.4pt; mso-para-margin-top:0cm; mso-para-margin-right:0cm; mso-para-margin-bottom:10.0pt; mso-para-margin-left:0cm; line-height:115%; mso-pagination:widow-orphan; font-size:11.0pt; font-family:"Calibri","sans-serif"; mso-ascii-font-family:Calibri; mso-ascii-theme-font:minor-latin; mso-fareast-font-family:"Times New Roman"; mso-fareast-theme-font:minor-fareast; mso-hansi-font-family:Calibri; mso-hansi-theme-font:minor-latin; mso-bidi-font-family:Arial; mso-bidi-theme-font:minor-bidi;}

ގްރެމީ އެވޯޑަށް ނޮމިނޭޓްވި އޭކަންއަކީ އާންމު ގޮތެއްގައި ވެސް ހަމަބުއްދީގައި ހުރެގެން ޝޯ ހުށަހަޅައިދޭ ތަރިއެއްނޫން ކަމަށް ބައެއް މަޖައްލާތަކުން ބުނެފައިވެއެވެ.

 

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 04:36 އާދީއްތަ, 04 އެޕްރީލް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް