ޓީމުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ވިދާޅުވީ މި ގާނޫނު ޑުރާފްޓް ކޮށް އިސްލާހު ކުރަން ހަވާލުކޮށްފައިވަނީ މިފަދަ ޔޫނިއަންތައް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދެއްވާ ޖަރުމަނުވިލާތުގެ ޖަމާޢަތަކާ ކަމަށެވެ. “މިގާނޫނު އަޅުގަނޑުމެން ޑުރާފްޓް ކޮށްފައިވަނީ ވަރަށް ބޮޑަށް ބަލައިގެން. އެޖަމާޢަތުން މިޑުރާފްޓުގެ ކުށް ރަނގަޅުކޮށް އިސްލާހު ކުރުމަށްފަހު ދެމަހެއްހާ ދުވަސްތެރޭގައި ލިބޭނެ ކަމަށް މިބަލަނީ” އަޙުމަދު ވިދާޅުވިއެވެ.
ރާއްޖޭގައި ލޭބަރޔޫނިއަންއެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޓީމުގެ ރައީސް ވިދާޅުވީ މިފަދަ ޑުރާފްޓެއް ފައިނަލް ވިޔަސް އަދި ޔޫނިއަންއެއް އުފެއްދޭނީ ކޮން ދުވަހަކު ކަމެއް ވިދާޅުވާން ދަތިކަމަށެވެ. “އަޅުގަނޑުމެން ބޭނުމެއް ނުވޭ ހަމައެކަނި ނަންބޯޑެއް ޖަހައިފައި ބަހައްޓަން. ބޭނުންވަނީ ވަރަށް ހަރަކާތްތެރިވެވޭ، ކަންކަންވެސް ކުރެވޭ އެކްޓިވް ޔޫނިއަންއެއް އުފައްދަން. ލޭބަރ ޔޫނިއަން އެއްގައި ހުންނަޖެހޭ ހުރިހާ ސިފަތަކެއް ހުންނަ ފަދަ ޔޫނިއަންއެއް އުފައްދަންވެގެން ވަގުތު މިނަގަނީ. އިރާދަ ކުރެއްވިއްޔާ މިޔޫނިއަން ފޯމްވާއިރު ވަރުގަދަ އެއްޗަކަށްވާނެ” އަޙުމަދު ވިދާޅުވިއެވެ.
ހިޔާލު (0)

ކިޔުންތެރިންގެ ހިޔާލު










