Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު މަސައްކަތްތެރިންގެ ހައްގު ހޯދައިދިނުމަށް މިސަރުކާރުންވެސް މަސައްކަތް ނުކުރޭ-ޓީމް

މަސައްކަތްތެރިންގެ ހައްގު ހޯދައިދިނުމަށް މިސަރުކާރުންވެސް މަސައްކަތް ނުކުރޭ-ޓީމް

ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ޙައްގުތައް ހޯދައި ދިނުމަށް މިސަރުކާރުންވެސް އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވުސް (ޓީމް) އިން ބުނެފިއެވެ.
ޓީމުގެ ރައީސް އަދި  ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު ޢީސާ ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައުމުން މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރެވުނު ކަމަށެވެ. ނަމަވެސް މިކަމަށް މާބޮޑު އަހައްމިއްޔަތު ކަމެއް މިސަރުކާރުން ދެމުން ގެންދާ ތަނެއް ނުފެންނަ ކަމަށް އޭނާ ވިދާޅުިވިއެވެ.
“އަޅުގަނޑަށް ނޭގޭ ބުނާނެ އެއްޗެއްވެސް. އެމްޑީޕީއަކީ އެންމެެ ފުރަތަމަ މޭޑޭފާހަގަ ކުރަން މުޒާހިރާ ކުރިމީހުން. އެމީހުންނަކީ މަސައްކަތްތެރިންގެ ހައްގުތަކަށް އެންމެ ބާރަށް ގޮވައިލެއްވި މީހުން. ނަމަވެސް އެކަމެއް މިހާރަކު ފެންނާކަށްނެތް. އެމްޑީޕީ ވެރިކަމަށް އައިސް އެޕާޓީގެ ސަރުކާރުގެ ލޭބަރ މިނިސްޓްރީންވެސް މަސައްކަތްތެރިންގެ ހައްގުތަކަަށް އެކަށީގެންވާ ސަމާލުކަމެއް ދެއްވާ ތަނެއް ނުފެނޭ. މިއީ ވަރަށް ދެރަކަމެއް. މިއީ މިސަރުކާރުން ކުރަންޖެހޭ ކަމެއް” އަޙުމަދު ވިދާޅުވިއެވެ.
އަޙުމަދު ޢީސާ ވިދާޅުވީ ސަރުކާރުގެ އިތުރަށް މިގައުމުގެ ހިޔުމަންރައިޓުސް ކޮމިޝަނާއި، ރައްޔިތުންގެ މަޖިލީހުންވެސް މަސައްކަތްކުރާ މީހުންގެ ހައްގުތައް ހޯދައިދިނުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރައްވާ ކަމަށެވެ. ނަމަވެސް މަޖިލިސް ތެރޭގައިވެސް ވަރަށް ހެޔޮވިސްނޭ މެންބަރުން އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު ކޮންމެވެސް ކަމެއް މެދުވެރިވެގެން އެމެންބަރުންނަށްވެސް އެންމެ އެކަށީގެންވާ ގޮތަށް މިމައްސަލައަށް ބަހުސް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސައްކަތްތެރިންގެ ހައްގުތަކަށް މަސައްކަތްކުރާއިރު އެކަމަށް އެންމެ ބޮޑަށް ދެކޮޅު ހަދަނީ މަޖިލީހުގައި ތިއްބަވާ ބައެއް ވިޔަފާރިވެރިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. “ވިޔަފާރިވެރިން އަޑީގައި ތިއްބަވައިގެން މިކަން އެންމެ އެދެވޭ ގޮތަށް ނުކުރެވިގެން މިއުޅެނީ” މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވަމުން މަޖިލިހަށް ވަޑައިގެންނެވި އަޙުމަދު ވިދާޅުވިއެވެ.
އަޙުމަދު ވިދާޅުވީ ޚާއްސަކޮށް ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި، އަމިއްލަ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމެއް މިގައުމުގައި ނެތްކަމަށެވެ. ސިވިލްސާރވަންޓުންގެ މުސާރަ ކުޑަކުރުމުން އެކަމަށް އިހުތުޖާޖު ކުރަންއެތައް ބަޔަކު ނިކުތްއިރު އަމިއްލަ ތަންތަނުގައި މަސައްކަތް ކުރާ މީހުންނާއި ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ލިބެންވާ ހައްގު ހޯދައިދޭން އެއްވެސް ބަޔަކު ނުނިކުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް