ނޫސް ބަޔާނުގައި ބުނެފައިވަނީ އައިއެފްޖޭ ގެ މެންބަރަކަށް އެމްޖޭއޭ ވުމަކީ ޒިންމާދާރު ނޫސްވެރިކަމަކަށް އިތުރަށް އިތުރަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. މިއީ މިނިވަން ނޫސްވެރިކަމަށް ހުޅުވިގެންދިޔަ އިތުރު ދޮރެއް ކަމުގައިވެސް އެމްޑީޕީން ބުނެފައިވެއެވެ.
“މިޕާޓީން ދެކޭ ގޮތުގައި އެމްޖޭއޭ ބައިނަލް އަގުވާމީ ނޫސްވެރިންގެ ޖަމިއްޔާގެ މެންބަރަކަށް ވުމަކީ ޒިންމާދާރު ނޫސްވެރިކަމަކަށް އިތުރަށް މަގުފަހިވެގެންދާނޭ ކަމެކެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށް ހުޅުވިގެން ދިޔަ އިތުރު ދޮރެއް ކަމުގައިވެސް އެމްޑީޕިން ދެކެމެވެ.” އެބަޔާނުގައި ބުނެފައިވެއެވެ.
އެމްޖޭއަށް އައިއެފްޖޭ މެންބަރުކަން ލިބުމަކީ އެމްޑީޕިން އިސްނަގައިގެން ރާއްޖެއަށް ގެންނަމުންދާ އިސްލާހީ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. “ދިވެހި ލޮބުވެތި ރައްޔިތުންގެ މިންނެތް މަސައްކަތުން، ޚާއްސަކޮށް އެމްޑީޕީ މެންބަރުން އެތައް ގުރުބާނީއެއް ވެގެން ރާއްޖެއަށް ގެނައި ޑިމޮކްރަސީގެ 4 ވަނަ ތަނބު ކަމަށްވާ ނޫސްވެރިކަމުގެ ދާއިރާއަށް ލިބުނު ކާމިޔާބީއަކީ ދިވެހި ކޮންމެ ރައްޔިތަކުމެ ފަޚުރުވެރިވުން ހައްގު ކާމިޔާބީއެކެވެ.” އެބަޔާނުގައި ވެއެވެ.
ހިޔާލު (0)

ކިޔުންތެރިންގެ ހިޔާލު










