Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު އެމްޑީޕީއަށް ލިބޭނެ އިތުރު ގޮނޑިއެއް މަޖިޅިހަކު މިހާރުނެތް-އިލްހާމް

އެމްޑީޕީއަށް ލިބޭނެ އިތުރު ގޮނޑިއެއް މަޖިޅިހަކު މިހާރުނެތް-އިލްހާމް


ވެރިކަން ހިންގަމުންދާ އެމްޑީޕީއަށް ރައްޔިތުންގެ މަޖިޅިހުން އިތުރަށް ދެންލިބޭނެ އެންމެ ގޮނޑިއެއްވެސް ނެތް ކަމަށް ގއ. ގެމަނަފުށީދާއިރާގެ މެންބަރު އިލްހާމް އަޙުމަދު ވިދާޅުވެއްޖެއެވެ. ޑިއާރުޕީގެ ނާއިބު ޒަޢީމަކަށްވެސް މިހާރު އިންތިޚާބު ކުރެވިފައިވާ އިލްހާމް މިހެން ވިދާޅުވީ ދެން މަޖިލީހުގައި ނަގާ ކޮންމެ ވޯޓަކީ އެމްޑީޕީ ކޮޅަށް ނިމޭނެ ވޯޓެއް ކަމަށް ބުނެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ. ކާނަލް ވިދާޅުވީ ވަރަށް އަވަހަށް އެމްޑީޕީއަށް އިތުރު ތިން މެންބަރުން ސޮއިކުރައްވާނެ ކަމަށެވެ. އެހިސާބުން މަޖިލީހުގެ

މެޖޯރިޓީ އެޕާޓީއަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހިސާބުން ރައްޔިތުންގެ މަޖިލީހުގައި ނަގާ ކޮންމެ ވޯޓެއްވެސް ނިމޭނީ އެމްޑީޕީ ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑު ބުނާނީ ދެން އެމްޑީޕީއަށް ދާނެ މެންބަރަކު ނެތޭ. އެއީ އެމީހުންނަށްވެސް އެބައެނގޭ މިސަރުކާރަކީ ނުކުޅެދޭ ސަރުކާރެއްކަން. ދިޔަވަމުންދާ އޮޑިއެއްކަން. އެފަދަ އޮޑިއަކަށް އެއްވެސް މީހަކު އަރަން ބޭނުންނުވާނެ. އޭގެ ބަދަލުގައި މީހުން ބޭނުންވާނީ ނަލަ ވައިގައި ރީތިކޮށް ދުވެފައިވާދާ އޮޑިއަކަށް އަރަން. ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ވޯޓު ދެމުންދާ ގޮތް ވަރަށް ރަނގަޅަށް ރައްޔިތުންދަނީ ބަލަމުން. މިނިވަންކެންޑިޑޭޓުންގެ ތެރޭގައިވެސް ރައްޔިތުންގެ ވިންދު އެއްފަރާތް ކުރުމަށްފަހު ސީދާ އެމްޑީޕީ ރޫޙުގައި ވޯޓުދެމުންދާ މެންބަރުން އެބައުޅޭ. އެފަދަ މެންބަރަކު އެމްޑީޕީއަށް ދިޔަސް އަޣުލަބިއްޔަތު އެމްޑީޕީއަށް ނުލިބޭނެ. އޭރުވެސް ކާމިޔާބު ކުރާނީ ޑީއާރުޕީން. އެންމެފަހުން މަޖިލީސް ތެރެއިން ނަގައިފައިވާ ވޯޓުތަކުން އެކަން ވަރަށް ބޮޑަށް އެނގިގެންގޮސްފިއިލްހާމް ވިދާޅުވިއެވެ. އިލްހާމް މިހެން ވިދާޅުވިކަމުގައި ވިޔަސް ކުރިން އެޕާޓީ އަށް ސަނާ ކިޔުއްވި ސ.ފެދޫ ދައިރާގެ މެމްބަރު އަލްހާން ފަހުމީ ގެ ކުއްލި ބަދަލުވުމާ އެކު އިތުރު މެމްބަރުން ތަކެއްވެސް އެބީދައިން ބަދަލު ވެގެން ނުދާނެ ކަމަކަށް ޔަގީން ކުރާކަށް ނުވާނެ އެވެ ފައިސާ ޔަކީއަޒުމް ގުޑުވައިލާ މީހުންގެ ބޭރުފުށުގެ ފޭރާން ބަދަލު ކޮށްލާ ވިހަގަދަ ހަތިޔާރެއް ކަން ވެސް އަޅުގަނޑު މެން ދަންނަން އެބަޖެހެ އެވ
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 19:39 ބުދަ, 31 މާރޗް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް