އައި.އެފް.ޖޭގެ މެންބަރުންގެ ގޮތުގައި އެފްރިކާ ބައްރާއި، ޔޫރަޕާއި، ލެޓިން އެމެރިކާއާއި، މެދު އިރުމައްޗާއި، އުތުރު އެމެރިކާގެ އިތުރުން އޭޝިޔާ ޕެސިފިކުގެ ޤައުމުތައް ހިމެނެއެވެ. އައި.އެފް.ޖޭ އަކީ ޔޫ.އެން ފަދަ ބައިނަލްއަޤުވާމީ ޖަމާއަތްތަކުން ބަލައިގަންނަ، ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ނޫސްވެރިންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، ފިއްތުންތަކާއި، މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭ ކަންކަމުގައާއި އެނޫންވެސް ކަންކަމުގައި އެހީތެރިވެދޭ އަޑުއުފުލާ ޖަމާއަތެކެވެ.
ބައިނަލް އަޤުވާމީ ގޮތުން ބަލައިގެންފައިވާ މިޖާޢަތުގެ މެންބަރުކަން އެމް.ޖޭ.އޭ އަށް ލިބުމުގެ އުފަލުގައި އެމް.ޖޭ.އޭގެ އެންމެހާ މެންބަރުންނަށް ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަމެވެ. އަދި އެމް.ޖޭ.އޭގެ މެންބަރުންގެ ގޮތުގައި ނުހިމެނި ތިބި ނޫސްވެރިންނަށްވެސް މިފުރުޞަޠުގައި ހިތްވަރު ދެމުން، އެމް.ޖޭ.އޭގެ މެންބަރުންނަށް ވުމަށް ފުރުޞަޠު އޮތްވާހަކަ ދަންނަވަމެވެ.


English | ދިވެހި
