Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ޑީއާރްޕީއަށް އަދި ހާސިލު ކުރެވުނީ ވަރަށް ކުޑަ މިންވަރެއް- ތަސްމީން

ޑީއާރްޕީއަށް އަދި ހާސިލު ކުރެވުނީ ވަރަށް ކުޑަ މިންވަރެއް- ތަސްމީން


drp_evvunޑީއާރްޕީން ކުރަން ހަމަޖެހިފައިވާ ބޮޑެތި މަސައްކަތްތަކަށް ބަލާއިރު އިހަށްދުވަހު ހާސިލް ކުރެވުނީ ވަރަށް ކުޑަ މިންވަރެއްކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ލީޑަރުކަމަށް އިންތިހާބުކޮށްފައިވާ އަހުމަދު ތަސްމީނު އަލީ ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނަރަލް އިބްރާހިމް ނަޢީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ބާއްވަމުން ގެންދިޔަ ސިލްސިލާ ބައްދަލުވުންތަކުގެ އެންމެފަހު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަސްމީނު ވިދާޅުވީ ރައްޔިތުންނަށްޓަކައި ކުރަން ޖެހުނު ކޮންމެކަމެއްކުރުމަށް އަބަދުވެސް ރައްޔިތުންނާއެކު ދެމި ތިބޭނެކަމަށެވެ. އަދި މި މަސައްކަތްތައް އަވަސް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް ތަސްމީން ވިދާޅުވިއެވެ.

ތަސްމީނު ވިދާޅުވީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ބޭނުންކޮށް ޖަލްސާތަކާއި އެއްވުންތައް ބާއްވަމުންދާއިރު އެކިއެކި ފަރާތްތަކުން ހުރަސް އަޅަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ބައެއްކަހަލަ ހަމަނުޖެހުންތައް ހިނގައި ރައްޔިތުންނަށް އުދަގޫވެ، މަސްލަހަތު ބަލަހައްޓަން ތިބޭ ފުލުހުންނަށް ބޮޑެތި އުދަގޫތަކާއި، ގޮންޖެހުންތަކާއި ކުރިމަތިވަމުންދާކަމީ ވަރަށް ހިތާމަކުރައްވާ ކަމެއްކަމަށެވެ. އަދި މިފަދަ ހަރަކާތްތައް ހިންގަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމުގެ ފުރުސަތު ސަރުކާރުންވެސް ދެއްވުމަށް މިޖަލްސާގައި ތަސްމީނު ގޮވާލެއްވިއެވެ.

ތަސްމީނު ވިދާޅުވީ މިއަދު މިގޮތަށް ކަންތައްތައް ކުރަން ޖެހުނީ އެކަންކުރާނެ އެހެން ގޮތެއް ނެތިގެން ކުރަން މަޖުބޫރު ވެގެންކަމަށެވެ.

ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފަށް ކޮރަޕްޝަނުގެ އަމަލުތަކެއް ކޮށްފައިވާ ކަމުގެ ތުހުމަތުގައި މިހާރު މަގާމުން ވަކިކޮށްފައިވާ ކުރީގެ އޮޑިޓަރ ޖެނަރަލް އިބްރާހިމް ނައީމްގެ އިތުބާރުނެތްކަމުގެ ވޯޓް މަޖިލީސް ތެރެއިން ނެގެންދެން ޑީއާރްޕީން ވަނީ ހުއްޓާނުލާ ޖަލްސާތަކާއި އެއްވުންތައް ބާއްވާފައެވެ. ތަސްމީނު ވިދާޅުވީ ޑީއާރްޕީން ކުރި މަސައްކަތް ކާމިޔާބުވެގެންދިޔައީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަމިއްލަ މެންބަރުންނާއި އެހެން ޕާޓީތަކުގެ މެންބަރުންގެ ބުރަ މަސައްކަތުން ކަމަށެވެ.

އޮޑިޓަރ ޖެނަރަލް އިބްރާހިމް ނައީމް މަގާމުން ވަކި ކުރިއިރު، ނައީމް ވަނީ ކުރީގެ ސަރުކާރުގެ ޚިޔާނާތުގެ މައްސަލަތައް ފެންމަތިކޮށް ގިނަ އަދަދެއްގެ އޮޑިޓް ރިޕޯޓްތަކެއް ނެރެފައެވެ. އަދި މީގެ ތެރެއިން ބައެއް ރިޕޯޓްތަކުގައިވާ ޚިޔާނާތުގެ މައްސަލަތައް ބަލަންވެސް ވަނީ ފަށާފައެވެ. ނަޢީމް އެންމެ ފަހުންވެސް ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުގެ އިސް ވެރިންގެ ޚިޔާނާތުގެ ބޮޑުތި މައްސަލަތައް އެބަހުރި ކަމަށާއި ބޭރުގެ އެކި ބޭންކްތަކުގައި ފައިސާ ރައްކާކޮށް ބޭރު ގައުމު ތަކުން ގެދޮރު ގަނެފައިވާ ކަމަށެވެ. އަދި މިފައިސާ މިއަހަރު ނިމުމުގެ ކުރިން ހޯއްދަވާނެ ކަމުގެ ޔަގީންކަންވެސް ނަޢީމް ވަނީ ދެއްވާފައެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 14:29 އަންގާރަ, 30 މާރޗް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް