Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ސިއްހީދާއިރާގައު މަސައްކަތް ކުރައްވާ މީހުންގެ އަގުވައްޓާލުމަށް ހެލްތު މިނިސްޓަރ މަސައްކަތް ކުރައްވާ

ސިއްހީދާއިރާގައު މަސައްކަތް ކުރައްވާ މީހުންގެ އަގުވައްޓާލުމަށް ހެލްތު މިނިސްޓަރ މަސައްކަތް ކުރައްވާ

Normal 0 false false false EN-US X-NONE AR-SA /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-priority:99; mso-style-qformat:yes; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin-top:0in; mso-para-margin-right:0in; mso-para-margin-bottom:10.0pt; mso-para-margin-left:0in; line-height:115%; mso-pagination:widow-orphan; font-size:11.0pt; font-family:"Calibri","sans-serif"; mso-ascii-font-family:Calibri; mso-ascii-theme-font:minor-latin; mso-fareast-font-family:"Times New Roman"; mso-fareast-theme-font:minor-fareast; mso-hansi-font-family:Calibri; mso-hansi-theme-font:minor-latin;}

ސިއްހީދާއިރާގައި ބުރަކޮށް މަސައްކަތްކުރައްވާ ދިވެހި މުވައްޒަފުންނަށް ލިބޭ މުސާރައިގެ އިތުރަށް އިތުރުގަޑީގައި މަސައްކަތްކޮށްގެން 15000 ރުފިޔާއާއި 19000ރުފިޔާއާ ދެމެދުގެ މުސާރަ އެމީހުން ނަގަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ހެލްތު މިނިސްޓަރ ޑޮކްޓަރ އާމިނަތު ޖަމީލް ވިދާޅުވުމުން

ދިވެހި ގައުމީ ޕާޓީން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ. “ހެލްތު މިނިސްޓަރ ޑޮކްޓަރ ޑޮކްޓަރ އާމިނަތު ޖަމީލް ވިދާޅުވި މިދާޅުވުމަކީ ވަރަށް ބޮޑަށް ހަގީގަތާ ޚިލާފަށް އަދި ޣައިރު ޒިންމާދާރު ގޮތެއްގައި ވިދާޅުވި ވާހަކަފުޅެއް ކަމަށް މިޕާޓީން ދެކެމެވެ. އަދި މިދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ އަގު ވައްޓާލައި އަދި އެބޭފުޅުންގެ އިތުބާރު ރައްޔިތުންގެ ހިތްތަކުގައި ކުޑަކުރުމުގެ ގޮތުން ހެލްތު މިނިސްޓަރ ކުރެއްވި މިޢަމަލު މިޕާޓީން ކުށްވެރި ކުރަމެވެ.” އެބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ފާއިތުވި އެތައް އަހަރުތަކުގައި ކުޑަކުޑަ މުސާރައެއް ލިބުނު ކަމަށްވިޔަސް ސިވިލްސާވަންޓުން ޖުމްލަ ގޮތެއްގައި އެބޭފުޅުން މަސައްކަތް ކުރައްވަމުން އައީ ގައުމީ ޒިންމާއެއްގެ ގޮތުގައި ކަމަށްވެސް އެބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި އެކަން ކުރަމުން އައީ އިޖުތިމާޢީ ޚިދުމަތެއްގެ ގޮތުގައި ކަމަށްވެސް ވެފައި އެކަން މިސަރުކާރުގެ އިސްބޭފުޅުންނަށާއި، އަދި ސަރުކާރަށް ތާއިދު ކުރާ ބައެއް ފަރާތްތަކަށް އެނގިވަޑައި ނުގަންނަވާކަމީވެސް އެޕާޓީން ނިހާޔަތަށް ހިތާމަ ކުރާ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

ގައުމުގެ އިޖުތިމާޢީ ފޭރާމާއި އިގުތިސާދީ ފޭރާން ހަރުދަނާ ކުރެވޭނީ ގައުމުގައި މަސައްކަތްކުރާ މަސައްކަތްތެރިންނާއި، ފަންނީ ބޭފުޅުންގެ ބުރަ މަސައްކަތް ހެޔޮގޮތުގައި ބަލައިގަންނަ ސަރުކާރަކާއި ރައްޔިތުން ތިބެގެން ކަމަށް ވިދާޅުވެފައިވެއެވެ. މިކަން އޮތީ މިހެން ކަމަށް ސަރުކާރަށާއި ސަރުކާރަށް ތާއީދު ކުރާ ހުރިހާ ފަރާތްތަކަށް ގައުމީ ޕާޓީން ހަނދާން ކޮށްދޭ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. ދިވެހި މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް އެއްވެސް ފަސްޖެހުމެއްނެތި އެޕާޓީން ކޮށްދެއްވާނެ ކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް