
ސަރުކާރުން ސިވިލްސަރވިސް މުވައްޒަފުންގެ މުސާރަ ކުޑަކުރުމުގެ މައްސަލާގައި ސިވިލް ސާވިސް ކޮމިޝަނުން ފިނޭސް މިނިސްޓްރީގެެ މައްޗަށް ކުރާ ދަޢުވާގެ މިއަދުއޮތް ޝަރީޢަތުގެ މަޖިލީހަށް ދައުލަތުގެ ވަކީލް ހާޒިރުނުވެގެން އެޓާރނީ ޖެނެރަލް އޮފީސް ޖޫރިމަނާ ކޮށްފި.
ބަންޑާރަ ނައިބް އޮފީސް ޖޫރިމަނާކުރީ އެންމެފަހުން އޮތް ޝަރީޢަތުގެ މަޖްލިހުގައި ސިވިލް ސާވިސް ކޮމިޝަނުގެ ދައުވާ އަށް ދައުލަތުން ޖަވާބުދާރީވުމަށްޓަކައި ދިގުމުއްދަތެއް ބޭނުންވާކަމަށް އޭޖީ އޮފީހުން
އެދުމުގެ މަތިން މައްސަލަ ބެއްލެވި ފަނޑިޔާރު އެކަށީގެންވާ މުއްދަތެއް ދެއްވުމަށް ފަހު މިއަދަށް ޝަރީއަތްބޭއްވުމަށް ތާވަލް ކުރުމުން ވެސް ދައުލަތުގެ ވަކީލް ހާޒިރުނުވެގެންކަމަށްވޭ. މިއަދުގެ ޝަރީއަތުގެ މަޖިލިހުގައި އޮތީ ދައުލަތުން ބަޔާން ހުށަހެޅުމަށް ކަމަށްވެފައި، އަދި އެޓާރނީޖެނެރަލްގެ އޮފީހުން ދިގުމުއްދަތެއް ނެންގެވުމަށްފަހު މިއަދުގެ ޝަރީއަތުގެ މަޖްލިހަށް ހާޒިރުނުވުމަކީ މައްސަލަދިގުދަންމައި މައްސަލަ ލަސްކުރުމަށް އެޓާރނީޖެނެރަލްގެ އޮފީހުން ގަސްތުގައި ކުރައްވާކަމެއްކަމަށް މިމައްސަލާގައި ވަކާލާތު ކުރައްވާ ލޯޔަރުން ހާމަކޮށްފައިވޭ. މިއަދަށް ތާވަލްކޮށްފައިވާ ޝަރިއަތުގެ މަޖިލިސް ނުބޭއްވުނު ނަމަވެސް މި މަހުގެ ބާވީސް ވަނަ ދުވަހަށް މިހާރު ވަނީ މައްސަލަ ތާވަލްކޮށްފަ.