Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ސިވިލްސާވަންޓުން ގާނޫނަށް ހޭލުންތެރި ކުރުވަން ޖެހޭ

ސިވިލްސާވަންޓުން ގާނޫނަށް ހޭލުންތެރި ކުރުވަން ޖެހޭ


ސިވިލްސާވަންޓުން މިހާރަށްވުރެ ބޮޑަށް ގާނޫނަށް ހޭލުންތެރިކުރުވަން ޖެހިފައިވާ ކަމަށް ސިވިލްސާވަންޓު އެސޯސިއޭޝަނުން ބުނެފިއެވެ. އެ އެސޯސިއޭޝަންގެ ހިންގާ ކޮމީޓިގެ މެންބަރަކު ވިދާޅުވީ ސިވިލްސާވަންޓުން މިހާރު މަސައްކަތް ކުރަމުންދަނީ ސިޔާސީ ފިއްތުންތަކެއްގެ ތެރޭގައި ތިބެގެން ކަމަށް އޭނާ ވިދާޅުވިއެވެ. “ސިވިލްސާވަންޓުން މިހާރު މަސައްކަތް ކުރަމުން ދަނީ ސިޔާސީ ފިއްތުންތަކުގެ ތެރޭގައި ތިބެގެން.

އެމީހުންނަށް ދިމާވެފައިވާ ސިޔާސީ ފިއްތުންތަކުގެ ސަބަބުން ހަމަޖެހިލައިގެން މަސައްކަތެއް ނުކުރެވޭ. ވަޒީފާއިން ވަކިކޮށްލުމުގެ ބިރުވެސް އެމީހުންނަށް ބައެއް އޮފީސްތަކުގެ ސިޔާސީ ބޭފުޅުން ގެންދަވަނީ ދައްކަވަމުން” އޭނާ ވިދާޅުވިއެވެ.

ސިވިލްސާރވިސް މުވައްޒަފުން ވަޒީފާއިން ވަކިކޮށްލާނެ ކަމުގެ ބިރު ބައެއް އޮފީސްތަކުގެ މީހުން ދައްކަމުންދާ ކަމަށް ސިވިލްސާރވިސްކޮމިޝަނުންވެސްވަނީ ބުނެފައެވެ. އެކޮމިޝަނުގެ އިސްވެރިއަކު ވިދާޅުވީ ސިވިލްސާރވިސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ ދިނުމަކީ ގާނޫނު ބުނާ ގޮތުން ހަމައެކަނި ސިވިލްސާރވިިސް ކޮމިޝަނުގެ ޒިންމާއެއް ކަމަށެވެ. އެކަމާ އެހެން ފަރާތްތަކަށް ބާރެއް ނުފޯރުވޭނެ ކަމަށެވެ.

ސިވިލްސާވަންޓު އެސޯސިއޭޝަނުން ބުނި ގޮތުގައި ސިވިލްސާވަންޓުންކިތަންމެ ބޭނުންވިސް އެމީހުންގެ ހައްގުތައް ހޯދުމަށް މަގުމައްޗަށް ނިކުމެ އިހުތިޖާޖު ކުރަން އެމީހުންގެ ތެރެއިން ގިނަ މީހުންނަށް ނުކެރޭ ކަމަށެވެ. ނަމަވެސް ގާނޫ އެކަމަށް ހުރަސް ނާޅާ ކަމަށްވެސް އެ އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވިއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 20:19 އާދީއްތަ, 14 މާރޗް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް