Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ރާއްޖޭގައި މިހާރު އޮތް ދީނީ ޚިޔާލު ތަފާތުވުން ތަކުގެ އަސްލަކީ އަދާލަތު - އެމްޑީޕީ

ރާއްޖޭގައި މިހާރު އޮތް ދީނީ ޚިޔާލު ތަފާތުވުން ތަކުގެ އަސްލަކީ އަދާލަތު - އެމްޑީޕީ

ރާއްޖޭގައި މިއަދު އުފެދެމުންދާ ދީނީ ޚިޔާލް ތަފާތުވުންތަކާއި، ދީނީ އެއްބައިވަންތަކަން ނެތުމުގެ އެންމެ ބޮޑު އަސްލަކީ އިސްލާމިކް މިނިސްޓްރީގެ ބޮޑުންނަށް ތިއްބެވި އަދާލަތު ޕާޓީގެ މެންބަރުންނާއި، ރާއްޖޭގެ ދީނީ އިލްމުވެރިންގެ ޖަމްއިއްޔާތަކާއި، އޮންނަންޖެހޭ  ގުޅުންނެތުމުން ދިމާވާ މައްސަލަތަކެއްކަމުގައި އެމްޑީޕީން ބުނެފި.
އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ދީނީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، ހާފިޒް އަހުމަދު ވިދާޅުވީ، ރާއްޖޭގައި ދީނީ އިލްވެރިން ހިމެނޭ ގިނަ ޖަމްއިއްޔާތަކެއް މިހާރު ހަރަކާތްތެރިވަމުން ދާކަމަށާއި، އެހެންނަމަވެސް އެފަދަ ޖަމްއިއްޔާތަކާއި، ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅުންނާއި، އެއްވެސް ގުޅުމެއްނެތްކަމީ މިއަދު މި މުޖުތަމަޢަށް ދިމާވެފައިވާ ވަރަށް ހިތާމަވެރި މައްސަލައެއް ކަމަށް.
ހާފިޒް ވިދާޅުވީ، އެއްވެސް އިންތިޒާމެއް ރޭވުންތެރިކަމެއް ނެތި އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ބާއްވަމުންދާ ގިނަ ދީނީ ފަތުވާތަކުންނާއި، ބައެއްް މީހުން ދައްކަމުންދާ ވާހަކަތަކުން ގައުމުގައި ދީނީ ބޮޑެތި ޚިޔާލް ތަފާތުވުންތަކެއް ކުރިމަތި ވަމުންދާ މި ދަނޑިވަޅުގައި، އިސްލާމިކް މިނިސްޓްރީން އިތުރަށް ސަމާލުވާން ވެއްޖެކަަމަށް.
މިފަހަކަށް އައިސް އެމްޑީޕީން ބާއްވާ ތަފާތުއެކި ޖަލްސާތަކުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުންނާއި، އާންމު މެންބަރުން އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ދާކަން ފާހަގަކޮށްލެވޭ. މިގޮތުން މިއަދު ރާއްޖޭގެ ދީނީ ކަންކަން ބަލަހައްޓައި ހިންގުމަށް އިސްކޮށްތިބި އަދާލަތު ޕާޓީގެ މެންބަރުން ސަރުކާރުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވަމުންގެންދަވާކަންވެސް ފާހަގަކޮށްލެވޭ.
އެމްޑީޕީގެ މިވާހަކަތަކަށް ރައްދު ދެއްވަމުން އަދާލަތް ޕާޓީގެ ރައީސް އައްޝައިޚް ހުސެން ރަޝީދު ވިދާޅުވެފައިވަނީ، މިއަދު ރާއްޖޭގައި އުފެދިފައިވަނީ އިއްތިހާދުގެ ސަރުކާރެއް ކަމަށާއި، މިސަރުކާރުގައި ހިމެނޭ އެއްވެސް ޕާޓީއެއް އިސްތިއުފާ ދިނުމަށް ގޮވާލުމުގެ ހައިސިއްޔަތެއް އެމްޑީޕީގެ މެންބަރަކަށްވެސް އަދި އެހެން ޕާޓީއެއްގެ މެންބަރަކަށްވެސް ލިބިގެން ނުވާކަމަށް.
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 10:57 ހޮނިހިރު, 13 މާރޗް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް