މިއީ ރައީސް ނަޝީދު ތަރައްގީ ސިފަކުރައްވާ ގޮތް ކަމަށްވާނަމަ މިހާއުފަލުގައި އުޅެން ބޭނުން ނުވާނެ އެއްވެސް ދިވެއްސަކު ނުހުންނާނެއެވެ. މިގޮތަށް އުޅުމަށް އެންމެނެް ބޭނުންވާއިރު ރައީސް ނަޝީދުގެ ވެރިކަމަށް ދެއަހަރު ފުރެމުންދާއިރު މިފަ"ތަރައްގީއަކީ އަޅުގަނޑު ބައެއްފަހަރަށް ހަމަ ސިފަކުރާ ގޮތުގައި އަންހެނުންނާ އެކީގައި ހަފްތާއަކު އެއްފަހަރު އައިސްކުރީން ބޯން ދެވޭވަރުވުން. އުފަލުން އުޅެވޭނެ ގޮތެއް ހޯދުން. ހާސްކަންމަތީގައި މީހާ ނުހުރުން. ބިލްތައް ނުދެއްކިގެން ކަންމަތީ ސްޓޯރަށް ދަރާ އޮވެގެން، ތިމަންނާ ހާސްކަންމަތީގައި ނުހުންނާނެމީހާ، ރައްޔިތުމީހާ ހާސްކަންމަތީގައި ނުހުންނާނެގޮތެއް އަޅުގަނޑުމެން މިހޯދަނީ"
2009 ވަނަ އަހަރު ޑިސެންބަރމަހުގެ 71 ވަނަ ދުވަހު ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ދަ އެއްވެސް ނިޝާނެއް ފެނިފައިވޭ ހެއްހެވެ؟ ހަމަގައިމުވެސް ދަތުރުފަތުގެ ނިޒާމަކުން ރަށްރަށް ގުޅިައލުން ފިޔަވާ އެހެން ކަމެއް ވެފައެއްނެތެވެ. އެކަމުގެވެސް އެންމެ ފަސޭހަ ހިސާބަށް އަދިވެސް ނުދެއެވެ.
އަދިވެސް ގޭގެ ކުލި ނުދެއްކިގެން އުޅެނީ ކިތަން މީހުންތޯއެވެ؟ ފެންބިލާއި، ކަރަންޓު ބިލް ނުދެއްކިގެން އުޅެނީ ކިތައް މީހުން ހެއްޔެވެ؟ ކަންމަތީ ސްޓޯރުގެ ދަރަނީ އަދާ ނުކުރެވި ތިބީ ކިތައް މީހުންނަށްހެއްޔެވެ؟ އަނބިދަރިން އުފާ ކޮށް ދިނުމަށްޓަކައި އެވިދާޅުވި އައިސްކްރީމް ބޯންދޭން ބޭނުންވެފައި އެކަން ނުކުރެވި ތިބީ ކިތައް މީހުން ހެއްޔެވެ؟ އެތައް ބައިވަރު މީހުން އެބައުޅެވެ. މިކަން ރައީސަށް އެނގި ވަޑައިގަންނަވާނީ ބެއްލެވީ މައެވެ.
މާލޭގައު ކުއްޔަށް އުޅޭ މީހުންނަށް ލިބޭ ހުރިހާ ފައިސާއެއް ޚަރަދުކުރަން ޖެހެނީ ކުއްޔަށެވެ. ފެނާއިމ ކަރަންޓަށެވެ. އެހިސާބުން ކާނެ އެއްޗެއްވެސް ނޯވެއެވެ. މިޙާލުގައި ތިއްބާ އިސްވެ ދެންނެވި ގޮތަށް ޙާލަތު ބަދަލު ކުރައްވަން މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވުމުން އެކަމަށް އެންމެންވެސް އުންމީދު ކުރެއެވެ. ނަމަވެސް އަދިވެސް އެކަމެއް ހާސިލް ވުމުގެ ފެހިސިގުނަލް ނުފެނެއެވެ.
ފައިސާގެ ދަތިކަމާ ހެދި ވެސް ޢާއިލާތައް ރޫޅިފައި އެބަހުއްޓެވެ. ދުނިޔެއަށް ދިމާވީ އިގުތިސާދީ ހީނަރުކަމާ ގުޅިގެން ކޮރެއާގައި ކައިވެނިކުރުން މަދުވެ ވަރި އިތުރުވެފައިވެއެވެ. ރާއްޖޭގައިވެސް ފައިސާގެ މައްސަލަ ދިމާވުމުން ކައިވެނިތައް ރޫޅިފައި އެބަހުއްޓެވެ. މިކަން ޔަގީން ކުރުމަށްޓަކައި ދިރާސާއެއް ހެދުމުން މީގެ ފައިނަލް ނަތީޖާ ފުރިހަމައަށް ނިކުންނާނެކަން ޔަގީނެވެ.
މިފަދަ ފޮނިހުވަންފެން ތައް ރައީސް ވެސް ރައްޔިތުންނަށް ދެއްކެވުމުގެ ބަދަލުގައި މިފަދަ ކަންކަން ކުރެއްވުމަށްފަހު އިޢުލާން ކުރައްވާށެވެ. ނުކުރެވޭ ކަމަށްވާނަމަ ގައުމުގައި ތިބީ ކަންކުރެވޭ މުއްސަނދި މަހުޖަނުންގެ އެހީ ހޯއްދަވާށެވެ. ވެރިކަން ކާމިޔާބު ކުރެއްވުމަށް ހޯއްދެވި ގޮތަށެވެ. އޭރުން މިހުރިހާ ކަމެއްވާނެއެވެ.










