މިޑުޓާރމް އިލެކްޝަނެއް ބާއްވާން ޖެހެނެ ކަމަށް ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ. އެއީ ރިޔާސީ ކެންޕޭންތެރޭގައި ރައިސް މުޙައްމަދު ނަޝީދު ވެވަޑައިގެންފައިވާ ވަޢުދެކެވެ. މިވަޢުދު މިގޮތަށް ކުރެއްވިކަން އެންމެންނަށް މިހާރު އެނގެއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު އެހެން
ވިދާޅުވެފައިވަނީ އެހެން ވިދާޅުވެވުނީ ޑޮކްޓަރ ޙަސަން ސަޢީދުމެން ޕުރެޝަރ ކުރެއްވުމުން ކަމަށެވެ. ނަމަވެސް ޑޮކްޓަރ ޙަސަންވަނީ މިކަން ވަރަށް ބޮޑަށް ދޮގުކުރައްވައި ރައީސް ނަޝީދަށް ފާޑުވެސް ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހާރުވަނީ މިޑުޓާރމް އިލެކްޝަނެއް ނުބާއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ރައީސް ނަޝީދަކީ ވަޢުތައް ފުއްދެވުމުގައި ނާކާމިބު ބޭފުޅެއް ކަމަށް ވަރަށް ގިނަ މީހުން ގަބޫލު ކުރެއެވެ. ނުވަތަ ވަޢުދު ފުއްދަން ބޭނުންފުޅާވާ ބޭފުޅެއް ނޫންކަމަށްވެސް ބައެއް މީހުން ބުނެއެވެ.
ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގެންނެވީ ހަމައެކަނި އެމަނިކުފާނުގެ ކުޅަދާނަފުޅު ކަމުން ކަމަށް މިހާރު ގަބޫލެއް ނުކުރެވޭނެއެވެ. އެމަނިކުފާނުގެ ކުޅަދާނަފުޅުކަމުން ނަމަ ފުރަތަމަ ބުރުން އެއްވަނަ ހޯއްދެވީހެވެ. ނުވަތަ އިންތިޚާބު ކާމިޔާބު ކުރެއްވީހެވެ.
ދެވަނަ ބުރުގައި އިންތިޚާބު ކާމިޔާބު ކުރެވުނީ ޑޮކްޓަރ ޙަސަން ސަޢީދުގެ މަސައްކަތްޕުޅުންނެވެ. އެމަނުކުފާނުގެ ސަޕޯޓަރުންގެ ވޯޓޫ ނަޝީދަށް ދެއްވަން ވިދާޅުވެގެންނެވެ. ޚާއްސަކޮށް ޖޫމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ މަސައްކަތްފުޅު ފާހަގަ ކޮށްލަން ޖެހެއެވެ. އެމަނިކުފާނަކީ މުޅި ރާއްޖެ އެންމެ ރަނގަޅަށް ދަންނާނެ ބޭފުޅާއެވެ. އެތައް ބަޔަކަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެއްވާފައިވާ ބޭފުޅެކެވެ. އެހެން އެހެންކަމުން އެމަނިކުފާނުގެ ސަޕޯޓަރުންގެ ވޯޓު ނަޝީދަށް ހޯއްދަވައި ދެއްވީ މީޑިއާ މެދުވެރިކޮށްނާއި، ރަށްރަށަށް ވަޑައިގެން މީހުންނާ އެތައް ވާހަކައެއް ދައްކަވައި ގެންނެވެ. އެތައް ގުރުބާނީ އެއް ވެވަޑައިގެންނެވެ.
މިބޭފުޅުންނަކީ ރާއްޖޭގެ މަޝްހޫރު ބޭފުޅުންނެވެ. އެންމެންވެސް ދަންނަ ޓުރޭޑު މާކުތަކެވެ. ދައުރުގެ މެދުތެރެއިން އިންތިޚާބު ބާއްވައި ރައީސް ނަޝީދުގެ ބަސްފުޅު ތެދު ކުރައްވަން އެބަޖެހެއެވެ. މިއީ މިހާރު ކޮންމެ ގޮތެއް ހަދަިއގެންނަމަވެސް ސަރުކާރުން ކުރަން ޖެހޭނެ ކަމެކެވެ. އެހެން ނޫނީ އިތުބާރު ގެއްލޭނެއެވެ.
“އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުޙައްމަދު ނަޝީދު (އަންނި) އެވިދާޅުވާ ވާހަކައަކީ (މިޑުޓާރމް އިލެކްޝަނަކަށް ފުރުސަތު ހުޅުވާލުމަކީ) އެއްގޮތަކަށްވެސް ޤާނޫނު އަސާސީގެ ރޫޙާ ޚިލާފު ކަމެއްނޫން. އަދި އެއީ މިހާރު މިއޮތް ސިޔާސީ މަސްރަހުގައި ކުރައްވަން ވަރަށް ރަނގަޅުވެސް ކަމެއް” ޤާނޫނީ ވަކީލު އަދި މިހާރު ސްޕޯޓުސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.











