Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު އެމްވީކޭއަށް ސިއްރިޔާތުގައި ދޭން ހަމަޖެއްސި ދޫގަސް ގެސްޓް ހައުސް ނުދޭނެ ކަމަށް ވިދާޅުވެއްޖެ

އެމްވީކޭއަށް ސިއްރިޔާތުގައި ދޭން ހަމަޖެއްސި ދޫގަސް ގެސްޓް ހައުސް ނުދޭނެ ކަމަށް ވިދާޅުވެއްޖެ

ali_hashimއައްޑޫގައި ދަތުރު ފަތުރުގެ ހިދުމަތްދޭ އެމްވީކޭ އަށް ގަމުގައި ހުންނަ ދޫގަސް ގެސްޓް ހައުސް ދޭ ގޮތަށް ސަކާރުން ނިންމުމަށް ފަހު، މިހާރު އެތަން އެމްޓީސީސީއަށްދޭން ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަ އަލީ ހާޝިމް ވިދާޅުވެއްޖެ.

އިއްޔެ އޮތް ރައްޔިތުން މަޖިލީހުގައި މެންބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ އައްޑުއަތޮޅު ގަމުގައި ހުންނަ ދޫގަސް ގެސްޓް ހައުސްއާއި، އެބިން ދިނުމަށް މިހާރު ހަމަޖެހިފައިވަނީ އެމްޓީސީސީއަށް ކަމަށް. މިނިސްޓަރ އަލީ ހާޝިމް މިހެން ވިދާޅުވިނަމަވެސް އައްޑޫ އަތޮޅުގައި މިހާރު ދަތުރު ފަތުރުގެ ޚިދުމަތްދެމުންދާ އެމްވީކޭއަށް ދޫގަސް ގެސްޓް ހައުސް ދޭ ގޮތަށް ސަރުކާރުން ކުރިން ވަނީ ނިންމާފައި.

އައްޑޫއާއި ފުވައްމުލައް ހިމެނޭ ދެކުނު ޕްރޮވިންސްގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ފަންސާސް އަހަރަށް އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ސަރުކާރުން ހަވާލުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހު. ސަރުކާރުން އެމްވީކޭއަށް ދޫގަސް ދިނުމަށް ނިންމުމާއި ގުޅިގެން، އެޕްރޮވިންސްގައި ދަތުރު ފަތުރުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރިއިރު، އެ ބިޑްކާމިޔާބުކުރާ ފަރާތަކަށް ދޫގަސް ދިނުމަށް އިޢުލާން ކޮށްފައި ނުވާކަމަށްބުނެ ގިނަބަޔަކު ސަރުކާރަށް ފާޑުކިޔާ، އެކަމާއި ދެކޮޅުހަދާފައިވޭ.

އިއްޔެ އޮތް ރައްޔިތުން މަޖިލީހުގައި މެންބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އަލީ ހާޝިމް ވިދާޅުވީ ހދ. ހަނިމާދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ އެއާޕޯޓް ބޮޑުކުރަން ބޭނުންވެއްޖެ ހިނދެއްގައި، ހަނިމާދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ޖެހިދާނެ ކަމަށް. އަދި އެކަން ކުރަންޖެހިއްޖެނަމަ ސަރުކާރުން ބަދަލު ދެއްވާނެކަމަށްވެސް މިިނިސްޓަރ ވިދާޅުވި.

ހދ. ހަނިމާދޫގައި އެއާޕޯޓެއް ތަރައްޤީ ކުރުމަށް އިންޑިޔާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް ހަހާސް އެނދު ތިލަދުންމަތިން ދިނުމަށް ސަރުކާރުން ވިސްނާފައިވާ ކަމަށް ދެކެވިފައިވާ ވާހަކަތަކާއި ގުޅިގެން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ އެ ކުންފުންޏަށް ހަ ހާސް އެނދު ތިލަދުންމަތިން ދިނުމަށް ހަމަޖެހިފައިނުވާ ކަމަށް.
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް