އަދާލަތް ޕާޓީގެ ރައީސް ޝައިޚް ހުސެން ރަޝީދު ވިދާޅުވީ، އަލްހާން ފަހުމީއަކީ ފެށުނީއްސުރެ ޑީއާރުޕީއަށް މަރު ދެމުންއައި މީހެއް ކަމަށާއި، މިއަދު މާރަނގަޅުވެގެން އެމްޑީޕީއާއި އޭނާ ގުޅުނުކަމުގައި ވީނަމަވެސް އެއީ ހެޔޮ ހިތުން އޭނާ ކޮށްފައިވާ ކަމެއްކަމަށް އަދާލަތް ޕާޓީން ނުދެކޭކަމަށް ހުސެން ރަޝީދު ވިދާޅުވި. އަދި މިއަދު ސަރުކާރުގެ އެކި އެކި ކަންތައްތަކާ ބެހި އެމްޑީޕީގެ ޕޯޑިއަމްތަކުގައި އަލްހާން ދައްކާ ވާހަކަތަކަކީ އަދާލަތް ޕާޓީން ގަބޫލް ކުރާނެ ވާހަކަތަކެއް ނޫންކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސައިން ވިދާޅުވި.
އިތުރަށް ވާހަކަ ދައްކަވަމުން ހުސެން ރަޝީދު ވިދާޅުވީ، މިއަދު ރާއްޖޭގައި އުފެދިފައިވަނީ އިއްތިހާދުގެ ސަރުކާރެއް ކަމަށާއި، މިސަރުގައި ހިމެނޭ އެއްވެސް ޕާޓީއެއް އިސްތިއުފާ ދެއްވުމަށް ގޮވާލުމުގެ ހައިސިއްޔަތެއް އެމްޑީޕީގެ މެންބަރަކަށްވެސް އަދި އެހެން ޕާޓީގެ މެންބަރަކަށްވެސް ލިބިގެން ނުވާކަމަށ.
ހުސެން ރަޝީދު މިގޮތަކަށް ވާހަކަ ދެއްކެވިއިރު ދާދިފަހުން އެމްޑީޕީން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ސަރުކާރުގެ ކޯލިޝަންގައިވާ އަދާލަތުޕާޓީން ސަރުކާރަށް ބިރުދައްކާފަދަ ވިސްނުންތަކެއް ގެންގުޅޭކަމުގައިވާނަމަ އަދާލަތު ޕާޓީ ސަރުކާރުން އިސްތިއުފާ ދެއްވަން ޖެހޭކަމަށް. މި ސަރުކާރަށާއި ރައީސް ނަޝީދަށް ތާއިދުކުރައްވާ އަލްހާން ވާހަކަ ދެއްކެވިނަމަވެސް އަލްހާން ވަނީ ރައީސް ނަޝީދާއި އެމްޑީޕީއަކީ މުނާފިގުންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ.











