އެމެރިކާގެ އިންވެސްޓަރުން ރާއްޖެއަށް އައުމަށް މަގުފަހިކޮށް ދިނުމަށް ބޭނުންވާ އެގުރީމެންޓެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޑޮކްޓަރ އަޙުމަދު ޝަހީދު ވިދާޅުވެއްޖެއެވެ. "ދިމިނިވަން ވެބުސައިޓަށް "މަޢުލޫމާތު ުދެއްވަމުން އެމަނިކުފާނު ވިދާޅުވީ މިއެގުރީމެންޓަކީ އެމެރިކާގެ އޯވަސީސް ޕްރައިވެޓް އިންވެސްޓްމެންޓް ކޮޕަރޭޝަން (އޯޕިކް) އާ ދިވެހި ސަރުކާރާ ދެމެދު ކުރެވޭ އެގުރީމެންޓްެއް ކަމަށެވެ. މިއެގުރީމެންޓާ ބެހޭގޮތުން ދެގައުމުގެ މެދުގައި ވާހަކަ ދައްކަން ފަށާފައިވަނީ
މިދިޔަ އަހަރު ޖެނުއަރީމަހު އެމެރިކާގެ އެސިސްޓެންޓް ސެކްެރެޓަރީއޮފް ސްޓޭޓު ރިޗަރޑު ބައުޗާއާ ދެއްކެވި ވާހަކަފުޅުގައި ޑޮކްޓަރ ޝަހީދު އެދިވަޑައިގެންނެވި އެދިވަޑައި ގަތުމުގެ މަތިން ކަމަށެވެ.
އެދަތުރުފުޅުގައި އެމެރިކާ ސަރުކާރުގައި ރާއްޖެއިން ތިންކަމަކަށް އެދިވަޑައިގެންނެވި ކަމަށާއި އެތިންކަމަކީ އެމެރިކާއިން ކުރިން ރާއްޖެއަށް އޮތް ވިޔަފާރީގެ އިނާޔަތް އަލުން ހަމައްޖައްސައި ދިނުން، އޯޕިކް އެގުރީމެންޓެއް ރާއްޖެއާ އެކު ކުރުން، އެމެރިކާގެ ހިލޭއެހީދޭ މިލޭނިއަމް ޗެލެންޖު ޕްރޮގްރާމުގައި ރާއްޖެ ބައިވެރިކޮށް ދެއްވުމެވެ.
މިމަހުގެ 15 ވަނަދުވަހު އޯޕިކާއެކު ސޮއިކުރެވޭ އިރު ރާއްޖެއިން އެދުނު ދެކަން ފަހިވިމުގެ އިތުރަށް ހިލޭ އެހީގެ ޕްރޮގްރާމުގެ ތެރެއަށް ރާއްޖެއިން ވަދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޝަހީދު ވިދާޅުވިއެވެ. މިކަމުން ދޭހަވަމުން މިދަނީ އެމެރިކާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާ ކަން ކަމުގައިވެސް ޑޮކްޓަރ ޝަހީދު ވިދާޅުވިއެވެ.
މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާނީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ރަޝީދެވެ. އެމެރިކާ ފަރާތުން ސޮއިކުރައްވާނީ އެމެރިކާންއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރެވެ.










