ވިޔަފާރިވެރިންގެ އަތްމައްްޗަށް ގައުމު ދޫކޮށްގެން ނުވާނެ ކަމަށް ބުނާމީހުން ވަރަށް ގިނައެވެ. އެއީ އެމީހުން ނާޖާއިޒު ފައިދާނަގައި އެމީހުންގެ ވިޔަފާރި މުޅި ރާއްޖޭގައި ފަތުރައިފާނެތީއެވެ. ގާދޫކޮލުން ނެރެ އެއަށްވުރެ ދުރަށް ފަތުރައިފާނެތީއެވެ. ގައުމުގެ މަސްލަހަތާއި، ރައްޔިތުންގެ މަސްލަހަތަށްވުރެ ބޮޑަށް އަމިއްލަ މަސްލަތހަތު ކުރިއަށް ނެރެފާނެތީއެވެ.
ރާއްޖޭގައި މިހާރުހުންނެވި ރައީސަކީ ވިޔަފާރިވެރި
އެއްތޯއެވެ؟ ނޫނެކެވެ. ކުރިންހުންނެވީ ވިޔަފާރިވެރިއެއްތޯއެވެ؟ ނޫނެކެވެ. ކުރިން ގައުމަށް ލިބިފައިވަނީ ކިހާވަރެއްގެ ކުރިއެރުމެއްތޯއެވެ؟ މީގެ ޖަވާބު އެކިމިހުން ދޭނީ އެކިގޮތަށެވެ. މިހާރު ހުންނެވި ރައީސްގެ ޒަޢާމަތުގައި ރާއްޖެއަށް އެކަށީގެންވާ ކުރިއެރުންތައް ފާއިތުވި މުއްދަތަށް ބަލާއިރު އެކަށީގެންވާ ވަރަށް ލިބިފައިވޭތޯއެވެ؟ މިއަށް އެކިމީހުން ދޭނީ އެކި ޖަވާބެވެ.
ހަމަގައިމުވެސް ކުރެވިފައިވާ ކަންކަމަށްވުރެ ބޮޑަށް ނުކުރެވިހުރި ކަންކަން ގިނަކަމަށް އަބަދުވެސް ވާހަކަ ދެކެވެއެވެ. ފާއިތުވި 03 އަހަރުވެސް މިހެންނެވެ. ކުރެވުނު އެއްވެސް ކަމެއްނެތެވެ؟ ނުކުރެވޭ ކަމެއްވެސް ނެތެވެ. ކޮންމެ ބޭފުޅަކު ވެރިކަމަށް ވަޑައިގެންނެވިޔަސް މިކަންވާނީ ހަމަ މިހެންނެވެ. ކުރެވިފައިވާ ކަންކަމަށްވުރެ ބޮޑަށް ނުކުރެވި ހުރި ކަންކަން ވަރަށް ގިނަ ކަމަށް ބުނާނެއެވެ. އެހެން އެބުނަނީ ސަރުކާރު ވީމައެވެ. އޭގެ ބަދަލުގައި އަމިއްލަ މީހަކު ކޮށްދޭ ބޮޑެތި ކަންކަން ވަރަށް ބޮޑަށް މީހުން ބަލައިގަންނާނެއެވެ. އެއީ ފަރުދީ ގޮތުން ކޮށްދެއްވި ކަމަކަށްވާތީއެވެ. މިގޮތަށް މީހުންނަށް އެހީވާ މަހުޖަނުން ރާއްޖޭގައި އެބައުޅެއެވެ.
ތަފާތު ވިޔަފާރިކުރާ މަހުޖަނުން އެބައުޅެއެވެ. މިފަދަ ވިޔަފާރިވެރިން ތަޢުލީމް ކުރިއަރުވަން މަސައްކަތް ކުރެއެވެ. އިޖުތިމާޢީ ކަންކަން އިސްކޮށް މީހުންނަށް ތަފާތު އެހީތެރިކަން ފޯރުކޮށް ދެއެވެ. އެންމެ ގިނައިން ދެކެވޭ ވާހަކައަކީ ބޭސް ސިޓީއަށް ސަލާން ޖަހަންޖެހޭ ވާހަކައެވެ. މިފަދަ ކަންކަމަށްވެސް އެހީތެރިވާ މަހުޖަނުން ރާއްޖޭގައި އެބައުޅެއެވެ. ފަރުދެއްގެ ހައިސިއްޔަތުން ކޮށްެދެއްވާ މިފަދަ ކަންކަން ރައްޔިތުން ބަލައި ގަންނަނީ ހެޔޮހިތުންނެވެ.
މިފަދަ އެހީތައް ރައްޔިތުންނަށް ދެއްވާ ބޭފުޅުންނަށް ވެރިކަން ލިބިވަޑައި ގަތުމަކީ މައްސަލައެއް ބާވައެވެ. ވެރިކަން ލިބިވަޑައިގަތުން މިފަދަ ބޭފުޅުންނަށް ގައުމު ހިންގަން ފަސޭހަ ވާނެ ކަމަށް ބެލެވެއެވެ. އެހެންވީމާ މިފަދަ ބޭފުޅުންނަށް ވެރިކަން ލިބުމަކީ މައްސަލައެއް ނޫނެވެ. ބޭނުންވަނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ވެރިކަން ކުރާ ލީޑަރުންނެވެ.











