Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު އައިޖީއެމްއެޗްގެ ބަދަލުގައި އެޕޯލޯ ކުންފުންޏަށް ރިސޯޓްހަދަން ދެރަށް ވަނީ ދީފަ- ޕީއޭ

އައިޖީއެމްއެޗްގެ ބަދަލުގައި އެޕޯލޯ ކުންފުންޏަށް ރިސޯޓްހަދަން ދެރަށް ވަނީ ދީފަ- ޕީއޭ

igmh1-thumb1އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ހިންގުން އިންޑިޔާގެ އެޕޯލޯ ކުންފުންޏާ ހަވާލުކޮށްފައިވަނީ އެޕޯލޯ ކުންފުންޏަށް ރިޒޯޓް ހިންގުމަށް ދެ ފަޅުރަށާއި އިތުރު އިނާޔަތްތަކެއް ދޭގޮތައްކަމަށް ޕީއޭއިން ބުނެފި.
ޕީޕަލްސް އެލަޔަންސްގެ އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއޭގެ ސެކެޓްރީ ޖެނެރަލް އަހުމަދު ޝަރީފް ވިދާޅުވީ، ރިޒޯޓް  ހިންގުމަށް ދެ ފަޅުރަށެއް ދިނުމުގެ  އިތުރުން ރާއްޖެ އެތެރެކުރާ، ސިއްޙީ ދާއިރާއަށް ބޭނުންވާ ސާމާނު އެތެރެކުރުމަށް އެއްވެސް ބިޑަކާ ނުލައި އެޕޯލޯ ކުންފުންޏަށް ދިނުމަށްވެސް އެޕޯލޯ ކުންފުންޏާއެކު ދިވެހި ސަރުކާރުން އެއްބަސްވެފައިވާމަށް.
އައިޖީއެމް ހޮސްޕިޓަލް ހިންގުމަށް އިންޑިޔާގެ  އެޕޯލޯ ކުންފުންޏަށް ހަވާލު ކުރި އެއްބަސްވުމުގައި ހިމެނޭ ކަންތައް ހޯދުމަށް ރާއްޖޭގެ މީޑިޔާއަކުން ކުރިމަސައްކަތް ނާކާމިޔާބް ވެފައިވާއިރު، ޕީޢޭއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު، ފޮނުއްވާފައިވާ ސިޓީއަށްވެސް ޖަވާބް ލިބިފައި ނުވާކަމަށް ޕީއޭގެ ސެކެޓްރީ ޖެނެރަލް ވިދާޅުވި. އަދި މިފަދަ ގިނަ ސަބަބު ތަކަށްޓަކައި އައިޖީއެމް ހޮސްޕިޓަލް ހިންގުން އިންޑިޔާގެ އެޕޯލޯ ކުންފުންޏަށް ހަވާލުކުރުމުގައި އަޑި ނުފެންނަ ނުވަތަ ކޮރަޕްޝަނުގެ އަމަލްތަކެއް ހިގާފައިވާކަން ޤަބޫލް ކުރެވޭތީ މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ހުށައަޅާފައިވާކަމަށް ޝަރީފް ވިދާޅުވި. އަދި ސަރުކާރުން މި ފަދަ ބޮޑު ހޭދަައެއްކޮށްގެންވެސް ރައްޔިތުން ބޭނުންވާ ފެންވަރުގެ ސިއްޚީ ހިދުމަތް ދެވެމުން ނުދިއުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަން ހާމަވާ ކަމެއްކަމަށް ޝަރީފް ވިދާޅުވި.
އައިޖީ އެމް ހޮސްޕިޓަލް ހިންގުމަށް އިންޑިޔާގެ އެޕޯލޯ ކުންފުންޏާއެކު ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވި އެއްބަސްވުމާއި ބެހޭގޮތުން ޖެނުއަރީ މަހުގެ ފަންސަވީސްވަނަ ދުވަހު  އައިޖީއެމް ހޮސްޕިޓަލުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހެލްތް މިނިސްޓަރ ޑރ އައިމިނަތު ޖަމީލް ވިދާޅުވެފައިވަނީ ކުރިންވެސް ސަރުކާރުން ސޮއިކޮށްފައިވާ އެމްއޯޔޫ ތަކަށް ބަލާއިރު އައިޖީއެމް އެޗުން    ސިޔާސަތެއް ނިންމާއިރު އިންޑިޔާގެ ސަރުކާރާއެކު މަޝްވަރާ ކުރާކަމަށް. އަދި ގޮތެއް ނިންމަން ޖެހެނީ އިންޑިޔާގެ ރުހުމާ އެކުކަމަށް ވެސް މިނިސްޓަރު ވިދާޅުވި.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް