Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ފަސް އަހަރުގެ ތެރޭގައި ބާއްވަންޖެހޭ ތިން ކޮންގްރެސް ނުބޭއްވޭ ކަމަށް އެމްޑީޕީން ބުނުން

ފަސް އަހަރުގެ ތެރޭގައި ބާއްވަންޖެހޭ ތިން ކޮންގްރެސް ނުބޭއްވޭ ކަމަށް އެމްޑީޕީން ބުނުން

mdpސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ މައި ޕާޓީކަމަށްވާ އެމްޑީޕީގެ އަސާސީ ގަވާޢިދުގައި ވާގޮތުގެ މަތީން ކޮންމެ ފަސް އަހަރެއްގެ ތެރޭގައި ތިން ފަހަރު ބާއްވަން ޖެހޭ ކަމަށްބުނާ ގައުމީ ބައްދަލުވުމުގެ ތެރެއިން މިހާތަނަށް ބޭއްވިފައިވަނީ އެންމެ ގައުމީ ބައްދަލުވުމެއްކަމަށް އެޕާޓީން ބުނެފި.
އެމްޑީޕީ އުފެދުނުތާ ފަސްއަހަރު ފުރެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު އެޕާޓީގެ ދެވަނަ ކޮންގްރެސްއެއް ބޭއްވުމަށްޓަކައި މިހާރު ތައްޔާރުވަމުންދާކަމަށް އެޕާޓީގެ ސެކެރެޓަރީ ޖެނެރަލް ވިދާޅުވި. ދިޓީވީއަށް މައުލޫމާތު ދެއްވަމުން ޝާހް ވިދާޅުވީ، ކޮންގްރެސް ބޭއްވުމަަށްޓަކައި ތާރީޚެއް ކަޑައެޅުމާއި، އެކަމާއި ބެހޭގޮތުން ޚިޔާލް ބަދަލުކުރުމަށް އަންނަ ހަފްތާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މިހާރު ނިންމާފައިވާކަމަށް. އަދި އެމްޑީޕީގެ އިސްމަގާމްތަކުގައި ތިއްބެވި ގިނަ ބޭފުޅުންގެ މަގާމްތަކަކީ ވަގުތީ މަގާމްތަކެއްކަމުން އެކަމާއި ދޭތެރޭގައި ގޮތެއްނިންމުމަށްވެސް މިބައްދަލުވުމުގައި ވާހަކަ ދެކެވޭނެކަމަށް ޝާހް ވިދާޅުވި. އެމްޑީޕީގެ އިސް މަގާމްތަކުގެ ތެރެއިން ރައީސްގެ މަގާމާއި، ޕާލިމަންޓްރީ ގްރޫގެ ލީޑަރުގެ މަގާމްތައް ފަދަ އިސްމަގާމްތަކުގައި ތިއްބެވި ބޭފުޅުންނަކީ ވަގުތީ ބޭފުޅުންކަންވެސް ފާހަގަކޮށްލެވޭ.
ދެހާސް ފަސްވަނަ އަހަރުގެ ޖޫން މަހުގެ ސައްބީސް ވަނަ ދުވަހު އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ އެމްޑީޕީން މަސައްކަތް ކުރަނީ އަސާސީ ގަވާއިދުގައިވާ ކަންކަން ފުރިހަމަކުރެވޭތޯ ކަމަށް އެ ޕާޓީން ބުނޭ.
އެންމެ ރީތި ޑިމޮކްރެސީގެ އުސޫލުން ހިންގާ ކަމަށް ދަޢުވާ ކުރާ އެމްޑީޕީގައި ވަގުތީ ރައީސަކު ހުންނަތާވެސް މިހާރުވަނީ އަހަރު ތަކެއް ވެފަ.
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް