Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު މިސަރުކާރުން މަސައްކަތް ކުރަނީ ދީނީ ޢިލްމްވެރިންގެ އަގު ވައްޓާލަން - ޖަމީލް

މިސަރުކާރުން މަސައްކަތް ކުރަނީ ދީނީ ޢިލްމްވެރިންގެ އަގު ވައްޓާލަން - ޖަމީލް

އަދުގެ ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ކުރިމަތީގައި ދީނީ އިލްމުވެރިންގެ އަގުވައްޓާލުމަށް ކަމަށް ގައުމީ ޕާޓީގެ ކައުންސިލް މެމްބަރު އަދި މިސަރުކާރުގެ ސިވިލްއޭވިއޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ.

ޑރ ޖަމީލު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ދީނީ ޢިލްމްވެރިންގެ މަސައްކަތްތައް ވަޅުޖެހުމަށް ކަމަށް. ރައްޔިތުންގެ ކުރިމަތީގައި އެފަދަ ބޭބޭފުޅުންގެ އަގުވައްޓާލަން ސަރުކާރުން މަސައްކަތް ކުރަމުންދާކަން ދޭހަވާފަދަ ތަފާތު ކަންކަން ސަރުކާރުން ކުރަމުންގެންދާކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި.

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަނުކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުންނާއި ދީނީ ޢިލްމްވެރިން ގޮވާާލައްވަމުންދަނިކޮށް، މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަދޭގޮތަށް ގަވާއިދެއް ހަދައި އެގަވާޢިދު އާންމުކުރުމަކީ ދީނީ ޢިލްމްވެރިންގެ އަޑު އައްސަވަން ބޭނުންފުޅުނުވާކަން ދޭހަވާކަމެއް ކަމަށްވެސް ޑރ ޖަމީލު ވިދާޅުވި.

ޑރ. ޖަމީލްގެ ވާހަކައިގާ ދީނީ ޕާޓީއެއްގެ ހައިސިއްޔަތުން މިހާރުގެ ސަރުކާރު ހިންގަމުންގެންދާ ކޯލިޝަންގައި ހަރަކާތްތެރިވަމުން އަންނަ އަދާލަތު ޕާޓީން އަބަދުވެސް ސަރުކާރުގެ މިފަދަ އަމަލުތަކާ ދެކޮޅު ހަދަމުންދާ ކަމަށާއި، އެބޭފުޅުންނަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރައްވަމުން ގެންދަވާ މަންޒަރު ފެނިވަޑައިގަންނަވާކަން ފާހަގަ ކުރެއްވި. އަދި ކުރިއަށް އޮތްތަނުގައި ސަރުކާރުން މިފަދަ އަމަލުތައް ތަކުރާރު ކުރާނަމަ އަދާލަތު ޕާޓީ ވެރިކަން ހިންގާ ކޯލިޝަނާއެކު ދެމި އޮންނާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ޑރ ޖަމީލު ވިދާޅުވި. މި ސަރުކާރުގައިވެސް ވަޒީރުކަން ކުރައްވާފައިވާ ޑރ. ޖަމީލް، އަދާލަތު ޕާޓީއާބެހޭ ގޮތުން ވާހަކަ ދެއްކެވިއިރު، އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، ޑީއާރްޕީން ވަނީ ވެރިކަން ހިންގާ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވުމަށް ގޮވާލާފައި.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 16:10 ހުކުރު, 26 ފެބްރުއަރީ 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް