Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ސިވިލް ސަރވިސް ކޮމިޝަނުން ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމަށް ފިނޭންސުން ތުހުމަތުކޮށްފި

ސިވިލް ސަރވިސް ކޮމިޝަނުން ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމަށް ފިނޭންސުން ތުހުމަތުކޮށްފި


ali_hashimމުސާރައިގެ މައްސަލައިގާ ސިވިލް ސަރވިސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ކުރާ ދަޢުވާއަކީ ސަރުކާރު ހިންގުން ހުއްޓުމަށްކަށް ގެނެސް ސަރުކާރު ވައްޓާލަން ކުރާ މަސައްކަތެއް ކަމަށްބުނެ ފިނޭންސް މިނިސްޓްރީން ސިވިލްސާވިސް ކޮމިޝަނުގެ މެންބަރުންގެ އެ އަމަލުތައް ތަހްގީގުކޮށް ދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފި.

ސަރުކާރުގެ މާލީ ސިޔާސަތު ތަންފީޒުކުރުމަށް ސިވިލްސާވިސް ކޮމިޝަނުން ހުރަސް އަޅަމުންދާކަމަށް ބުނެ، އެކަން ތަހްގީގުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފިނޭންސް މިނިސްޓްރީން ހުށައަޅާފައިވާ މިމައްސަލައާ ބެހޭގޮތުން ފިނޭންސް މިނިސްޓަރ އަލީ ހާޝިމް ސޮއިކުރައްވާ

ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިވިލްސާވިސް ކޮމިޝަނުން މުސާރައިގެ މައްސަލައިގައި މަދަނީކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ސަރުކާރާއި ރައްޔިތުންނާއި ދެމެދު ފިތުނަ އުފައްދާ، ސަރުކާރު ހިންގުން ހުއްޓުމަކަށް ގެނައުމުގެ ބޭނުމުގައިކަމަށް. އަދި ސިވިލްސާވިސް ކޮމިޝަނުގެ ބައެއް މެންބަރުން، ނިވާފަތްގަނޑެއްގެ ގޮތުގައި އެކޮމިޝަން ބޭނުންކޮށްގެން ފޮރުވިފައިވާ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ނޫސްބަޔާނުގައި ތުހުމަތުކޮށްފައިވޭ.

ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުގެ މާލީ ސިޔާސަތު ތަންފީޒުކުރުމަށް ހުރަސް އަޅާ، މާލީ ސިޔާސަތައް ނުސީދާކޮށް އަސަރު ފޯރުވުމަށް ސިވިލްސާވިސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ މާލީގޮތުން ގައުމު ވަޅުގަނޑަކަށް ވައްޓާލުމަށްކަމަށް. އެގޮތުން މިކަމުގެ ސަބަބުން ދަރަނި ބޮޑުވެ، ޑޮލަރުގެ ރޭޓް ނުހިފެހެއްޓި، ރުފިޔާގެ އަގު ދަށަށް ދިޔުމުގެ އިތުރުން މުޅިގައުމު ހަމަނުޖެހުމުގެ ތެރެއަށް ދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނޭ. އަދި އޭގެ ސަބަބުން ސަރުކާރު ހިންގުން ހުއްޓުމަށްކަށް ގެނެސް ސަރުކާރު ވައްޓާލެވޭނެކަމަށް ބެލެވޭތީ، ސިވިލްސާވިސް ކޮމިޝަނުގެ މެންބަރުންގެ އެ އަމަލުތައް ތަހްގީގުކޮށް ދިނުމަށް އެދި ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ނޫސްބަޔާނުގައިވޭ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ އިއްޔެ ފިނޭންސް މިނިސްޓްރީން އެމައްސަލަ ހުށަހަޅުއްވާފައިވާކަމަށާއި ނަމަވެސް މިވަގުތު އިތުރު ތަފްސީލެއް ދެވެން ނެތްކަމަށް. ސިވިލްސާވިސް ކޮމިޝަނުގެ މެންބަރު މުހަންމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ މުސާރައިގެ މައްސަލަ ކޯޓަށް ހުށަހެޅި އެމައްސަލަ ހިންގަމުންދާއިރު، އެކަމާއިމެދު ކޮމިޝަނުން ވަކިއެއްޗެއް ބުނަން އަދި ބޭނުންނުވާކަމަށް.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 05:27 ބުރާސްފަތި, 25 ފެބްރުއަރީ 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް