Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ޝަރުޢީ ދާއިރާގެ އަގު ވައްޓުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް ޑީއާރްޕީން ބުނެފި

ޝަރުޢީ ދާއިރާގެ އަގު ވައްޓުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް ޑީއާރްޕީން ބުނެފި


ދައުލަތުގެ އަދުލުއިންސާފް ގާއިމްކުރުމުގެ އިދާރާތަކުގެ އަގު ވައްޓާލާ، ބަދުނާމްކޮށް އެފަރާތްތަކުގެ މަސްއޫލިއްޔަތާއި ވާޖިބަށް ހުރަސްއަޅާ އެދާއިރާގެ މައްޗަށް ނުފޫޒު ފޯރުވުމަށް އަދުގެ ސަރުކާރުން އަތުކުރި އޮޅާލައިގެން ކުރަމުންދާ މަސައްކަތް ދިވެހި ރައްޔިތުންގެ ޕާޓީން ވަރަށް ބޮޑަށް ކުށްވެރިކޮށްފި.

ޑީއާރްޕީ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެޕާޓިގެ ނައިބް ލީޑަރުކަމަށް އިންތިހާބުވެފައިވާ، އިބްރާހިމް ޝަރީފް ވިދާޅުވީ ދައުލަތުގެ އަދުލު އިންސާފްގެ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވުމާއި އެދާއިރާގައި މަސައްކަތްކުރާ ގާޒީންނަށާއި ފަޑިޔާރުންނަށް ބިރުދެއްކާ ހެދުމަކީ ވަރަށް

 

 

ހިތާމަހުރި ކަމެއްކަމަށާއި މިސަބަބުން އަދުލުއިންސާފް ގާއިމްކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އިންސާފްވެރިކަމާއެކު ޝަރީއަތް ކުރުމުގެ ފުރުސަތު ހަނިވެފައިވާކަމަށް.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ މިއަދުގެ ސަރުކާރުން އަދުލު އިންސާފްކުރުމުގެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ގާނޫނު ހެދުމަށްވުރެ ބޮޑަށް އިސްކަމެއް ދެއްވާފައިވަނީ އިންސާނީ ހައްގުތަކުގެ ނަމުގައި ބޮޑެތި ކުށްކުރާ މީހުންނަށް ލުއިފައްސޭހަގޮތް ހޯދައިދީ ކުށްކުރުން މަނާކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ކުށްކުރުމަށް މަގުފަހިވާ މާހައުލެއް ގާއިމްކުރުމަށް ކަމަށް.

ޝަރީފް އިތުރަށް ވިދާޅުވީ ދައުލަތުގެ އެންމެ އިސްވެރިޔާއިން ފެށިގެން އެމްޑީޕީ ތަމްސީލްކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އެމްޑީޕީގެ އެކްޓިވެސްޓުން ޑިމޮކޮރަސީގެ ހަތަރުވަނަ ތަބު ކަމަށްވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާގޮތަށް މިހާރަކަށް އައިސް ބިރު ދައްކްމުންދާކަމަށް. އަދި ނޫސްތައް ބަންދުކޮށް ރޭޑިއޯ ސްޓޭޝަންތަކުގެ ލައިސަންސް އަތުލާނެކަމުގެ ބިރު ދައްކަމުންދާ ދިއުން ދިވެހި ޑީއާރްޕީން ވަރަށް ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށް ވެސް ޝަރީފް ވިދާޅުވި.

ބަދުނާމްކޮށް އެފަރާތްތަކުގެ މަސްއޫލިއްޔަތާއި ވާޖިބަށް ހުރަސްއަޅާ އެދާއިރާގެ މައްޗަށް ނުފޫޒު ފޯރުވުމަށް އަދުގެ ސަރުކާރުން އަތުކުރި އޮޅާލައިގެން ކުރަމުންދާ މަސައްކަތް ދިވެހި ރައްޔިތުންގެ ޕާޓީން ވަރަށް ބޮޑަށް ކުށްވެރިކޮށްފި.

 

ޑީއާރްޕީ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެޕާޓިގެ ނައިބް ލީޑަރުކަމަށް އިންތިހާބުވެފައިވާ، އިބްރާހިމް ޝަރީފް ވިދާޅުވީ ދައުލަތުގެ އަދުލު އިންސާފްގެ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވުމާއި އެދާއިރާގައި މަސައްކަތްކުރާ ގާޒީންނަށާއި ފަޑިޔާރުންނަށް ބިރުދެއްކާ ހެދުމަކީ ވަރަށް ހިތާމަހުރި ކަމެއްކަމަށާއި މިސަބަބުން އަދުލުއިންސާފް ގާއިމްކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އިންސާފްވެރިކަމާއެކު ޝަރީއަތް ކުރުމުގެ ފުރުސަތު ހަނިވެފައިވާކަމަށް.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ މިއަދުގެ ސަރުކާރުން އަދުލު އިންސާފްކުރުމުގެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ގާނޫނު ހެދުމަށްވުރެ ބޮޑަށް އިސްކަމެއް ދެއްވާފައިވަނީ އިންސާނީ ހައްގުތަކުގެ ނަމުގައި ބޮޑެތި ކުށްކުރާ މީހުންނަށް ލުއިފައްސޭހަގޮތް ހޯދައިދީ ކުށްކުރުން މަނާކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ކުށްކުރުމަށް މަގުފަހިވާ މާހައުލެއް ގާއިމްކުރުމަށް ކަމަށް.

ޝަރީފް އިތުރަށް ވިދާޅުވީ ދައުލަތުގެ އެންމެ އިސްވެރިޔާއިން ފެށިގެން އެމްޑީޕީ ތަމްސީލްކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އެމްޑީޕީގެ އެކްޓިވެސްޓުން ޑިމޮކޮރަސީގެ ހަތަރުވަނަ ތަބު ކަމަށްވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާގޮތަށް މިހާރަކަށް އައިސް ބިރު ދައްކްމުންދާކަމަށް. އަދި ނޫސްތައް ބަންދުކޮށް ރޭޑިއޯ ސްޓޭޝަންތަކުގެ ލައިސަންސް އަތުލާނެކަމުގެ ބިރު ދައްކަމުންދާ ދިއުން ދިވެހި ޑީއާރްޕީން ވަރަށް ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށް ވެސް ޝަރީފް ވިދާޅުވި.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 05:09 ހޯމަ, 22 ފެބްރުއަރީ 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް