DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު މަސްތުވާތަކެތީގެ ވިޔަފާރީގެ މައި މުގޫ ގެއަށް ބަދަލުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ މައި މުގޫ ގެއަށް ބަދަލުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާ ހަ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނެފައިވާ ހ. ރެހި ހުސައިން މުހައްމަދު މަނިކު، މިއަދުން މިއަދަށް ގޭ ބަންދަށް ބަދަލުކުރުމަށް، ޖިނާއީ ކޯޓުން މިއަދު އަމުރުކުރުމާއެކު އޭނާ ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

ފުލުހުންގެ ފަރާތުން ވާހަކަ ދެއްކި މީޑީޔާ އޮފިޝަލް ވިދާޅުވީ މިދިޔަ އެޕްރީލް މަހުގެ ނަވާރަ ވަނަ ދުވަހު ހައްޔަރުކުރި ހުސައިން ގެ މައްސަލަ، އެއް މަސް ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ނިންމުމަށް އެންގުމުގެ އިތުރުން، މިއަދުން މިއަދަށް ގޭ ބަންދަށް ބަދަލުކުރުމަށްވެސް ކޯޓުން އެންގި ކަމަށެވެ. ފުލުހުންގެ ތާރީހުގައި ތަހުގީގު ކުރާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި

ހިމެނޭ މައްސަލައިގައި ތުހުމަތު ކުރާ ހުސައިންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު، ރާއްޖެ އިން ބޭރުން ހޯދަމުންދާކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ތަހުގީގު ކުރިއަށްދަނީ ބޭރުގެ ކަމާ ބެހޭ ފަރާތްތަކުގެ އެހީތެރިކަމާއެކުގައި ކަމަށާއި އެހެން ކަމުން މި ފަދަ މައްސަލައެއްގެ ތަހުގީގު އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކޯޓުންކުރި އަމުރާ އެއްގޮތަށް ކަންކަން ކުރާނަމަ، ތަހުގީގު ފުރިހަމައަށް ނުކުރެވޭނެކަމަށެވެ.

މި މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ހަ މީހުންގެ ތެރޭގައި ހިމެނޭ ހުސައިން މައްސަލަ، ވަކި މުއްދަތެއްގައި ނިންމުމަށް ކޯޓުން އަމުރު ނެރުނީ، އެ މައްސަލައިގެ ތަހުގީގަށް އެކަށީގެންވާ މުއްދަތު ދެވިފައިވާކަމަށް ގަބޫލު ކުރެވޭތީކަމަށް، ޖިނާއީ ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ވަނީ ވިދާޅުވެފައެވެ. ފުލުހުން ބުނީ މިހާ ބޮޑު މައްސަލައެއް ތަހުގީގު ނިންމުމަށް ލިބުނު މުއްދަތު ކުރުކަމަށާއި މި މައްސަލައަކީ ހީކުރާ ފަދަ ކުޑަ މައްސަލައެއް ނޫން ކަމަށް. ފުލުހުންގެ މީޑީޔާ އޮފިޝަލް ވިދާޅުވީ ހުސައިންގެ މައްސަލަ ކުރިއަށްގެންދާއިރު ބޭރު ގައުމަކާ ކޯޑިނޭޓް ކުރަމުންދާކަމަށާއި އެގޮތަށް އެކަން ކުރަނިކޮށް ކުއްލިއަކަށް ގޭ ބަންދަށް ބަދަލުކުރުމުން ދަތިތަކާ ކުރިމަތިވާނެކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ވެސް ރެޑްހޭންޑްކޮށް ކަމަށާއި އެވަރުގެ ބޮޑު މައްސަލައެއްގައި ހިމެނޭ މީހަކު ގޭ ބަންދަށް ބަދަލުކުރުމަކީ މަސްތުވާތަކެތި ކޮންޓްރޯލްކުރުމަށް ކަމާބެހޭ ފަރާތްތަކާގުޅިގެން ހިންގާ ހަރަކާތަށް ދަތިތަކެއް ކުރިމަތިވާނެކަމެއް ކަމަށެވެ. މަސްތުވާތަކެތީގެ އެންމެ ބޮޑު އެއް މައްސަލައިގައި ހިމެނޭ މީހާ، ގޭ ބަންދަށް ބަދަލުކުރުމުން، ބައެއް އާންމުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ހުސައިން އަކީ މަސްތުވާތަކެތީގެ ވިޔަފާރީ ކުރުމުގެ އެންމެ ކުރީގައި އުޅޭ މީހުންގެ ތެރޭގައި ހިމެނޭ މީހެއްކަމަށާއި އޭނާ އަތުލައިގަނެވުނީ ފުލުހުން އޭނާ އަށް ފާރަލަމުންދަނިކޮށް މިދިޔަ އެޕްރީލް މަހުގެ ސޯޅަ ވަނަ ދުވަހުއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 18:08 އަންގާރަ, 08 ސެޕްޓެމްބަރ 2009  

 

 

އެންމް މަގުބޫލު ޙަބަރުތައް