Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ލާމަރުކަޒީ ބިލުގައި ދެވަނަ ވިސްނުމަކަށް ދާކަށް ބޭނުމެއްނޫން - ތަސްމީން

ލާމަރުކަޒީ ބިލުގައި ދެވަނަ ވިސްނުމަކަށް ދާކަށް ބޭނުމެއްނޫން - ތަސްމީން


thasmeen_anniލާ މަރްކަޒީ އުޞޫލުން އިދާރީ ދާއިރާތައް، ހިންގުމުގެ ބިލްގެ މައްސަލާގައި ޑީއާރުޕީން ސަރުކާރާއިއެކު ދެވަނަ ވިސްނުމަކަށް ދާން ބޭނުންނުވާކަމަށާއި، މިމައްސަލާގައި ޑީއާރުޕީން ކުރިއަށް އޮތްތާގައި އަމަލުކުރާނީވެސް މިހާރުވެސް އަމަލުކުރަމުން މިދާގޮތަށް ކަމަށް ޑީއާރުޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ވިދާޅުވެއްޖެ.

އިންޑިޔާ ސަރުކާރުން، ޑީއާރުޕީއަށް ލިބުނު ޚާއްޞަ ދަޢުވަތެއްގައި،

ޑީއާރުޕީގެ ޒަޢީމް އާއި ނައިބު ޒަޢީމް، އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެވަޑައިގެން ދެއްވި އިންޓަރވިއުއެއްގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އަދި އަންނަންއޮތް ޑީއާރުޕީގެ ކޮންގްރެސްގައި ޑީއާރުޕީގެ ޒައީމްކަމަށް ކުރިމަތި ލައްވާފައިވާ އަހުމަދު ތަސްމީން އަލީ ވިދާޅުވީ، ޑީއާރުޕީއަކީ ރައްޔިތުން އިތުބާރުކުރާ ޕާޓީއެއްކަމަށާއި، އެހެންކަމުން ޑީއާރުޕީން ނިންމާ ނިންމުންތަކުގައި ސާބިތުކަމާއިއެކު ތިބުމަކީ ޑީއާރުޕީގެ މެންބަރުން ގަބޫލް ކުރާގޮތްކަމަށް. އަދި ޑީއާރުޕީއާއި ޕީއޭގެ ޕާލިމަންޓްރީ ގްރޫޕުން އަބަދުވެސް ބުނަމުން ގެންދަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބިލުގެ މައްސަލާގައި އިތުރަށް ސަރުކާރާއި ވާހަކަ ދައްކައި މަޝްވަރާ ކުރުމުގެ ފުރުސަތެއް ނެތްކަމުގައި ތަސްމީން ވިދާޅުވި. އިދާރީ ދާއިރާތައް ހިންގަންވީ ގޮތް ވަރަށް ސާފްކޮށް ގާނޫނު އަސާސީގައި ބަޔާކޮށްފައިވާއިރު، މިމައްސަލާގައި އިތުރު މަޝްވަރާއަކަށް ޑީއާރުޕީން ދާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ތަސްމީން ވިދާޅުވި.

ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން މިބިލުގެ މައްސަލައިގާ ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރުންނާއި، އިދިކޮޅު ޑީއާރުޕީގެ މެންބަރުންގެ މެދުގައި މަޖިލިސް ތަޅުމުގައި ވަނީ ވަރަށް ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލުކުރެވި މަޖިލީހުގެ ތަޅުން ހޫނުވެ ޖަލްސާތައް ކުރިއަށް ނެގެންދެވިފައި. އެންމެ ފަހުން އިދިކޮޅު މެންބަރުން މިމައްސަލައިގާ އެންމެ ތަންފުކެއްވެސް ސަރުކާރަށް ދޫނުދިނުމުން ސަރުކާރުން ވަނީ ބިލު އަނބުރާ ގެންގޮސްފައި. އަދި އެއަށްފަހު ޑީއާރުޕީން ބާއްވަމުންދާ ގިނަ ޖަލްސާތަކުގައި ޑީއާރުޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުން ވިދާޅުވެފައިވަނީ ލާމަރުކަޒީ ބިލްގެ މައްސަލާގައި ޑީއާރުޕީން ސަރުކާރާ މަޝްވަރާކުރަން ބޭނުންނުވާކަމަށް.

ދާދިފަހުން ރައީސް އޮފީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ލާމަރްކަޒީ ބިލް ބައްޓަންކޮށްގެން ކުރިއަށް ގެންގޮސް އަވަހަށް އެބިލް ފާސްކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި، އަދި . ހުރިހާ ފަރާތަކަށް ހަމަޖެހޭގޮތަކަށް މިކަން ނިންމޭނެ ފުރްޞަތެއް ޑީ.އާރު.ޕީ.ގެ ފަރާތުންވެސް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށް. ޑީއާރުޕީ މިހާރުވަނީ ވަރަށް ބޮޑަށް އާވެފައިކަމަށާއި، އެހެންކަމުން ސަރުކާރުން ޑީއާރުޕީއާއިއެކު އެއްމޭޒެއްގައި އިށީނދެތިބެ، ވާހަކަ ދައްކައިގެން، މިކަން ކުރިއަށް ގެންދިއުމަކީ މިވަގުތު ލިބިފައިއޮތް ވަރަށްބޮޑު ފުރްޞަތެއްކަމަށް ރައީސް ނަޝީދު ވިދާޅުވި. އަދި އެ ފުރްޞަތުގެ ބޭނުން ވީ އެންމެ އަވަހަކަށް ހިފައި، މިކަން ވީއެންމެއަވަހަކަށް ނިންމޭނެ ގޮތެއް ހޯދައި، ރައްޔިތުންގެ މަޖިލިސް ހަމަ ފެށުމާއެކު، އިދާރީ ދާއިރާތައް، ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ބިލް ނިންމައި، އިންތިޚާބަކަށްގޮސް، އެންމެހާ ޚިދްމަތްތައް އެމަގުން ރައްޔިތުންނަށް ފޯރުކޮށްދެވޭނޭ ގޮތް ހަމަޖެހިގެންދާނެކަމާމެދު ކުޑަކޮށްވެސް ޝައްކު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދަޅުވި.

ލާމަރުކަޒީ ބިލުގެ މައްސަލައިގާ އެންމެ ބޮޑު އިދިކޮޅު ޕާޓީން ބުނަމުން ދަނީ އެބިލު ސަރުކާރުން އެކުލަވާލާފައިވަނީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފަށް ކަމަށް. އެހެން ކަމުން ގާނޫނު އަސާސީގައިވާ ގޮތަށް ދާއިރާތައް ބެހިގެން އައުމުން ނޫނީ ބިލާމެދު އާނބަސް ނުބުނާނެ ކަމުގައި އެޕާޓީން ބުނޭ. އަދި ސަރުކާރުން ބޭނުންވާ ގޮތަށް ބިލުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ސަރުކާރާއެކު ވާހަކަ ދައްކައިގެން މައްސަލައަށް ހައްލެއް ހޯދަން ބޭނުން ނުވާކަމަށް ވެސް އިދިކޮޅު ޑީއާރްޕީން ބުނޭ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 05:47 އާދީއްތަ, 31 ޖެނުއަރީ 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް