ކުރީގެ ފިނޭންސް މިނިސްޓަރު އަޙްމަދު އީނާޒަށް ކޮންމެވެސް މިނިސްޓްރީއެއް ވަރަށް އަވަހަށް ޙަވާލު ކުރައްވާނެ ކަމުގެ މައުލޫމާތު މުއުތަބަރު ފަރާތަކުން ދެއްވައިފިއެވެ.
އެންމެ ފުރަތަމަ އެމްޑީޕީގެ ސަރުކާރުގައި އިކޮނޮމިނިސްޓަރުގެ ނައިބު ކަމުގައި ހުންނެވިއިރު މިހާރުގެ ރައީސް ޑރ. ވަޙީދުގެ ޕާޓީ ކަމަށްވާ ގައުމީ
އިއްތިހާދުގައި ހުންނެވި ނަމަވެސް ވަކި ހިސާބަކުން ގައުމީ އިއްތިހާދުން ވަކިވެވަޑައިގެން އެމްޑީޕީއަށް ސޮއި ކުރެއްވި ހިސާބުން ފިނޭންސް މިނިސްޓަރުކަން ލިބިފައިވާ އީނާޒް މިހާރު ވަނީ އެމްޑީޕީންވެސް ވަކިވެފައެވެ. އެކަން އީނާޒްވެސް ކަށަވަރު ކޮށްދެއްވައެވެ.
މިވަގުތު އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގެން ހުންނެވި އީނާޒް ހަމަޖެއްސުމަށް އެންމެ އެކަށީގެން ވަނީ ހުސްކޮށް އޮތް ފިނޭންސް މިނިސްޓަރު ކަމަށް ކަމަށްވެސް ޚަބަރު ލިބިފައިވެއެވެ. ނަމަވެސް އަދި އީނާޒަށް ދެއްވާނެ މިނިސްޓްރީއެއް މުޅިން ނުނިމޭ ކަމަށްވެއެވެ.











