DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު އައްޑޫގައި ހަދާ 700 ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާ

އައްޑޫގައި ހަދާ 700 ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ 700ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ނުފަށަނީސް އެތަންތަނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ

ފްލެޓްތަކަށް އެދުމުގެ ފުރުސަތު މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް އެދޭ ފޯމް ހައުސިން މިނިސްޓްރީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލް އިދާރާއިންނާއި އަވަށްތަކުގެ ޑިޕާޓްމަންޓްތަކުން މިހާރު އަންނަނީ ދޫކުރަމުންނެވެ.

 

ޗައިނާގެ އެގްޒިމް ބޭންކުގެ އެހީގައި ޗައިނާގެ ނެޝަނަލް މެޝިނަރީ އެންޑް އިކްއިޕްމަންޓް، އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން(ސީއެމްއީސީ) އިން އައްޑޫގައި ހަދާ007 ފްލެޓްތަކުގައ ހުންނާނީ ތިން ކޮޓަރި އާއި ދެ ފާހާނާގެ އިތުރުން ސިޓިން ރޫމާކާއި ބަދިގެ އެކެވެ. އަދި ފްލެޓްތައް ހުންނާނީ ހަތަރު ބުރިއަށެވެ.

އެތަންތަނަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ބަލާ އިރު ޑައުން ޕޭމަންޓުގެ ގޮތުގައި 000،30ރ. ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ފްލެޓްތައް އިމާރާތް ކުރާ ދުވަހުން ފެށިގެން އެތަނެއްގެ މަސައްކަތް ނިމެންދެން ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން އެތަންތަނަށް މަހުން މަހަށް ދައްކަން ޖެހޭ ފައިސާ 15 އަހަރު ދުވަހުގެ މުއްދަތަށް ބަހާލާފައިވާ އިރު، މަހެއްގެ މައްޗަށް ދައްކަން ޖެހެނީ 500،4ރ. އެވެ.

އައްޑޫގައި ހެދުމަށް ހަމަޖެހިފައިވާ  ފްލެޓްގެ ތެރެއިން400 ފްލެޓް ހެދުމަށް ހަމަޖެހިފައި ވަނީ ހިތަދޫ މާކިޅި ސަރަހައްދުގަ އެވެ. އަދި ހުޅުމީދޫގައި 501 ފްލެޓް ހެދުމަށް ހަމަޖެހިފައިވާ އިރު ފޭދު އާއި މަރަދޫފޭދޫ ގުޅޭ ހިސާބުގައި[އަލަށް މަގު ހަދައިގެން ގުޅުވާލެވޭ ހިސާބުގައި] 150 ފްލެޓް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް(ސޯބެ) މިއަދު ވިދާޅުވީ އައްޑޫގައި އިމާރާތް ކުރާ 700 ފްލެޓްގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށވެ. އަދި އެ މަސައްކަތް ފަށާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމުގެ އުންމީދު ވެސް ބޮޑު ކަމަށް މޭޔަރު ވިދާޅުވި އެވެ.

ސީއެމްއީސީން އައްޑޫގައި ފްލެޓް ހަދާ އިރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން އަންނަނީ ފޭދޫގައި 52 ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި އެތަންތަނަށް އެދޭ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ކުރިމަތިލައިފަ އެވެ. އެކަމަށް ކުރިމަތިލި ފަރާތްތައް މިހާރު އަންނަނީ އިވެލުއޭޓް ކުރަމުން ކަމަށް އައްޑޫގެ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗާ ޑީވެލޮޕްމަންޓުން ބުންޏެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމް މަގުބޫލު ޙަބަރުތައް