DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ފުވައްމުލަކުގައި އިމާރާތް ކުރަން ނުފަށާ ފްލެޓްތަކާއި ރޯ ހައުސްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ފުވައްމުލަކުގައި އިމާރާތް ކުރަން ނުފަށާ ފްލެޓްތަކާއި ރޯ ހައުސްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި ހެދުމަށް ހަމަޖެހިފައިވާ ފްލެޓްތަކާއި ރޯ ހައުސްތައް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ނުފަށީސް އެތަންތަނަށް އެދުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.

ފުވައްމުލަކު ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ އަބްދުﷲ ފަލާހް ޝަރީފް ބުރާސްފަތި

ދުވަހު ވިދާޅުވީ ހައުސިން މިނިސްޓްރީން އެ ފުރުސަތު މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި ފްލެޓްތަކާއި ރޯ ހައުސްތަކަށް އެދޭ ފޯމް ރަށު ކައުންސިލް އިދާރާތަކުން މިހާރު ދޫކުރަން ފަށާފައިވާ ކަމަށް ވެސް ފަލާހް ވިދާޅުވި އެވެ.

 

ފުވައްމުލަކު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އެ ރަށުގައި 300 ހައުސިން ޔުނިޓް ހެދުމަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި އެތަންތަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އިރު، އެއިން އެއްވެސް ތަނެއްގެ އަމަލީ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެ އެވެ. އެހެން ނަމަވެސް ފްލެޓާއި ރޯ ހައުސް އިމާރާތް ކުރާނެ ތިން ސަރަހައްދެއް ވަނީ ކަނޑައަޅައިފަ އެވެ.

ޗައިނާގެ އެގްޒިމް ބޭންކުގެ އެހީގައި ޗައިނާގެ ނެޝަނަލް މެޝިނަރީ އެންޑް އިކުއިޕްމަންޓް، އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން(ސީއެމްއީސީ) އިން ފުވައްމުލަކުގައި ހަދާ ފްލެޓާއި ހައުސް ޔުނިޓްތަކުގައި ހުންނާނީ ތިން ކޮޓަރި އާއި ދެ ފާހާނާގެ އިތުރުން ސިޓިން ރޫމާކާއި ބަދިގެ އެކެވެ. ފްލެޓްތައް ހަތަރު ބުރިއަށް ހަދާ އިރު، ރޯ ހައުސްތައް ހަދާނީ ދެ ޔުނިޓްވެގެން އިންނަ ގޮތަށް ދެ ބުރިއަށެވެ.

އެތަންތަނަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ބަލާ އިރު ޑައުން ޕޭމަންޓުގެ ގޮތުގައި 000،30ރ. ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ޔުނިޓްތައް އިމާރާތް ކުރާ ދުވަހުން ފެށިގެން އެތަނެއް ނިމެންދެން ބަހާލައިގެން. ފައިސާ ދެއްކޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން އެތަންތަނަށް މަހުން މަހަށް ދަްއކަން ޖެހޭ ފައިސާ 15 އަހަރު ދުވަހުގެ މުއްދަތަށް ބަހާލާފައިވާ އިރު، މަހެއްގެ މައްޗަށް ދައްކަން ޖެހެނީ 500،4ރ. އެވެ.

ފަލާހް ވިދާޅުވީ 000،10 އަށް ވުރެ ގިނަ މީހުންގެ އާބަދީއެއް އޮތް ފުވައްމުލަކުގައި އިމާރާތް ކުރާ ފްލެޓާއި ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ކުރިއަށް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް އުންމީދު ކުރެއްވޭ ކަމަށެވެ. އަދި އެތަންތަނުގެ ޑީޓެއިލް ޑްރޯވިން ވެސް މިހާރު ނިމިފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމް މަގުބޫލު ޙަބަރުތައް