ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކޮށް ބަޔެއް ކަންކަން ހަމަ މަގަށް އެޅުވުމަށް ކަމަށްބުނެ ސަރުކާރުން ބޭރުގެ ފަނޑިޔާރުން ފޮނުވުމަށް އަދ. ގައި އެދިފައިވާ އެދުމަކީ ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ޑީއާރުޕީގެ ލީޑަރ އަޙްމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ.
ތަސްމީން ވިދާޅުވީ ޖުޑިޝަރީގެ ތެރޭގައި ވެސް އިސްލާޙު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންކޮންމެ މުއައްސަސާއެއްގައިވެސް ހުންނާނެ ކަމަށެވެ. އެގޮތުން އިސްލާޙީ ފިޔަވަޅު އަޅަންއެންމެ ބޮޑަށް ޖެހެނީ ސަރުކާރުގެ ތެރޭގައި ކަމަށްވެސް ތަސްމީން ވިދާޅުވިއެވެ.
ތަސްމީންވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުންނަކީ ވަރަށް މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު މަސައްކަތް ކުރައްވަމުން އަންނަބޭފުޅުން ކޮޅެއް ކަމަށާއި އެހެންކަމުން ޖުޑިޝަރީގައި އިސްލާޙު ކުރަންޖެހޭ ކަންކަން ކުރުމުގެ ގާބިލްކަން ހުރި ދިވެހި ފަނޑިޔާރުންވެސް ތިއްބެވި ކަމަށެވެ.











