Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު އުމަރު ނަސީރު ހައްޔަރު ކުރުމަށް ސަރަނގު އާދަމް މަނިކު ގޮވާލައިފި

އުމަރު ނަސީރު ހައްޔަރު ކުރުމަށް ސަރަނގު އާދަމް މަނިކު ގޮވާލައިފި

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރ އުމަރު ނަސީރު މިހާރުން މިހާރަށް ހައްޔަރު ކުރުމަށާއި ސިފައިންގެއަށް ޙަމަލާދީ އެތަނަށް ވަދެ އިންގިލާބަކަށް ފާޅުގައި އޭނާ ގޮވާލުމުން އޭނާ ހައްޔަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު ސަރަނގު އާދަމް މަނިކު ގޮވާލައިފިއެވެ.


 

އެމްއެންބީސީ ވަންގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ އުމަރަކީ އަލިފާންޖަހާ ބޭފުޅެއް ކަމަށާއި އެވާހަކަތައް އުމަރު ދެއްކީ ހަމަހޭގައި ހުރެ ކަމަށް ވަންޏާ އިތުރު ތަހްގީގެއްވެސް އޮނަންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން އެމްއެންޑީއެފުން އޭނާ ހައްޔަރުކޮށް ގޮޅިއަކަށް ލުމަށް އާދަމް މަނިކު ގޮވާލެއްވިއެވެ.

މުޒާހަރާގައި އުމަރު ވިދާޅުވެފައި ވަނީ ދެން ލޭއޮހުރާވައިލައިގެންވެސް މިކަން ކުރައްވެއްޖެ ކަމަށެވެ. އަދި އޭނާގެ ޚިޔާލުގައި މިހާރުގެ ވެރިކަން ނިންމާލަން ބޭނުން ދެހާސް ވޮލަންޓިއަރުން ކަމަށެވެ. އެމީހުން މާލެ ތެރެއަށް ތިރީސް މީހުންގެ ގްރޫޕްތަކަކަށް ބެހި ތަންތަނަށް ދިމާކޮށް ނިންމާލުމުން ސިފައިން ވަރުބަލިވެ ދޫދޭ ވަގުތު ސިފައިންގެއަށް އިޝާރާތް ކޮށް އުމަރު ވިދާޅުވީ އެތަނުގެ ފާރު މަތިން ހަރުގަނޑެއް ބޭނުންކޮށް އަރާނީ ކަމަށެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް