Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ކަންކަން ފަސްކުރަން ދެން ގައުމުގައި ވަގުތެއް ނެތް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ

ކަންކަން ފަސްކުރަން ދެން ގައުމުގައި ވަގުތެއް ނެތް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ

މިހާރުގެ ސަރުކާރުގެ އަމަލުތައް އަނިޔާވެރިކަމާއި ޚުދުމުޚްތާރު ކަމުގައި ހައްދުން ނައްޓައިފި ކަމަށާއި ދެން ކަންކަން ފަސްކުރަން ގައުމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ގުޅިގެން ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މިއީ

އެންމެން އެއްލަވަޔެއް ކިޔަންޖެހޭ ވަގުތު ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ބޭނުން ވަނީ އިހަށް ދުވަހު ދުއް ކަހަލަ މުހައްމަދު ތަކުރުފާނެއް. އަދި އެއަށްވުރެ ވެސް ގަދަ ހިއްވަރާއެކީގައި. އެދުވަހު އޮތް ނުފޫޒާއި ބާރުވެރިކަން މިއަދު މިއޮތީ ވަރަށް ދަށު ދަރަޖައިގަ، ހައިރާނެއް ފަހެ ނުވާނެތޯ. ކީކޭތޯ މި ބުނަނީ. އަޅުގަނޑުމެން މިތިބީ ބީތާބެފާތޯ. އަޅުގަނޑަށް ކަށަވަރު އަޅުގަނޑުމެން މިތިބީ ބީތާވެފައެއް ނޫން. ހަމަހޭގަތޯ މިތިބީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ ހަމަހޭގައި،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ވާހަކަފުޅުތަކާ ގުޅިގެން ގާނޫނީ ހަމަތަކުގެ މަތިން ކުރަންޖެހޭ ކަންތައްތައް "ލަސްކުރާކަށް ފަސްކުރާކަށް [ވަގުތެއް] ނެތް ކަމަށާއި ސިޔާސީ ޕާޓީތަކުގެ ގުޅިގެން އަތާއަތް ގުޅާލާނެ ކަމަށެވެ.

"
އަޅުގަނޑުމެންވީ އެއް ލަވައެއް ކިޔަން އެކައްޗެކޭ ކިޔަންއޮތީ. ދެންފަހެއް ނެތޭ އިނގޭތޯ. ފަސްކުރެވޭކަން މިގައުމެއް ނެތޭ،" ސަރުކާރާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ފަސް ކުރެވޭކަން ނެތް ކަމަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

 

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް