Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު އެމްޑީޕީން މީހުން ޖަލަށް ލުމުގެ އުސޫލު ގެންގުޅޭނަމަ ޕީޕީއެމްގެ ކުރީސަފު އެކުގައި އޮންނާނީ ޖަލުގަ- އަލީ ވަޙީދު

އެމްޑީޕީން މީހުން ޖަލަށް ލުމުގެ އުސޫލު ގެންގުޅޭނަމަ ޕީޕީއެމްގެ ކުރީސަފު އެކުގައި އޮންނާނީ ޖަލުގަ- އަލީ ވަޙީދު

އެމްޑީޕީގެ ސަރުކާރުން އިދިކޮޅު މީހުން ޖަލަށް ލުމުގެ އުސޫލު ތަކެއް ގެންގުޅޭނަމަ އިދިކޮޅު ޕީޕީއެމްގެ އެންމެ ކުރީސަފު އެކުގައި މިހާރު އޮންނާނީ ދޫނިދޫ ޖަލުގައި ކަމަށް ކުރީން ސަރުކާރާ ދެކޮޅަށް ހުންނެވުމަށް ފަހު މިހާރު އެމްޑީޕީގައި ހުންނެވި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަލީ ވަޙީދު ވިދާޅުވީ ރައީސް ނަޝީދު ދިގު މުއްދަތަކަށް ޖަލަށް ފޮނުވާނެ ކަމުގެ ބިރު އިދިކޮޅު

ފަރާތްތަކުން ދެއްކިޔަސް އެއީ ނުވާނެ ކަމެއް ކަމަށެވެ. އެގޮތުން 30 އަހަރު ވެރިކަންކުރި މީހާ ޖަލަށް ނުލެވިގެން އުޅެނީވެސް މިހާރުގެ ގާނޫނު އަސާސީން އެކަމަށް ފުރުޞަތު ނުދޭތީ ކަމަށާއި އެހެންވެ އެންމެ 3 އަހަރު ވެރިކަން ކުރެއްވި ރައީސް ޖަލަށް ލުމުގެ ފުރުޞަތު މިގާނޫނޫން ނޯންނާނެ ކަމަށް އަލީ ވަޙީދު ވަނީ ވިދާޅުވެފައެވެ.

 

އަލީ ވަޙީދު ވިދާޅުވީ އެއްވެސް މީހަކު ޖަލަށްލައި ހައްޔަރު ކުރަން ސަރުކާރުން ނޫޅޭ ކަމަށާއި ނަމަވެސް ސަންދާނު އަހަންމައިދީ އާއި ޑރ. ޖަމީލް ހައްޔަރު ކޮށްފައި ވަނީ ގާނޫނާއި ޚިލާފު ވުމުން ކަމަށާއި ނަމަވެސް އެދެބޭފުޅުންވެސް ދިގު މުއްދަތެއްގައި ޖަލުގައި ބަހައްޓަން ސަރުކާރުން ނޫޅޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް