ސާކު ސަމިޓާއި ގުޅިގެން އައްޑޫ ސިޓީގައި ސަރަހައްދީ ގައުމުތަކުން ބަހައްޓާފައިވާ ބުދުގެ މޮނިއުމެންޓްތައް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫ ސިޓީން ބުނެފައި ވަނީ އެތަކެތި ނަގަން ނިންމާފައި ވަނީ އެކަމާދެކޮޅަށް ވަރަށްގިނަ ދިވެހިން އަޑު އިއްވުމާއިއެކު އިސްލާމިކް
މިނިސްޓްރީގެ ލަފާވެސް ހޯދައިގެން ކަމަށެވެ. އިސްލާމިކް މިނިސްޓްރީން މިކަމުގައި އައްޑޫ ސިޓީއަށް ލަފާ ދީފައި ވަނީ މޮނިއުމެންޓްތައް ނެގުމަށެވެ.
އައްޑޫ ސިޓީގައި ބަހައްޓާފައިވާ މޮނިއުމެންޓްތައް ނެގުމަށް ސަރުކާރަށް ޕްރެޝަރު ކޮށްފައި ވަނީ ދީނީ ޖަމާއަތްތަކުންނެވެ. އަދި އެކަމުގައި ބަޔެއް ސިޔާސީ އިދިކޮޅު ފަރާތްތަކާއި ސަރުކާރުގައި ހިމެނޭ ބަޔެއް ފަރާތްތަކުންވެސް ވަނީ ފާޑު ކިޔައި ބުދުތައް ނަގަން ގޮވާލާފައެވެ.











