Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ކުޅުދުށްފުށީ ދެކުނު ދާއިރާގެ މެމްބަރު ނަޝީދުގެ ސަބަބުން ސަރުކާރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ޕްރެސް ސެކްރެޓަރީ ވިދާޅުވެއްޖެ

ކުޅުދުށްފުށީ ދެކުނު ދާއިރާގެ މެމްބަރު ނަޝީދުގެ ސަބަބުން ސަރުކާރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ޕްރެސް ސެކްރެޓަރީ ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުށްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދުގެ ސަބަބުން ސަރުކާރަށް ހަތަރު ސަތޭކައެއްހާ މިލިޔަން

ރުފިޔާގެ ގެއްލުމެއް ލިބެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.

 

ނޫސްވެރިންނާ ބައްދަލު ކުރައްވައި ޕްރެސް ސެކްރެޓަރީ ވިދާޅުވީ ނަޝީދު ދައްކަވާ ވާހަކަފުޅުތަކާއި އަމަލު ކުރައްވާ ގޮތުން ދައުލަތަށް ނަޝީދުގެ ސަބަބުން އެހާބޮޑު މާލީ ގެއްލުމެއް ވަމުންދާއިރު ނަޝީދުގެ ދާއިރާއަށް އެއަށްވުރެ ބޮޑު އެއްޗެއް ސަރުކާރުން ދަނީ ހޭދަ ކުރައްވަމުންނެވެ.

އެހެންކަމުން ނަޝީދުގެ ދާއިރާގެ ރައްޔިތުންނަށް ނަޝީދުގެ ކިބައިގައި ހުރީ ކޮން އިޚްލާސްތެރިކަމެއްތޯ ޕްރެސް ސެކްރެޓަރީ ވަނީ ސުވާލު އުފައްދަވާފައެވެ. ނަޝީދަށް ނިސްބަތް ކުރައްވައި ޖޯކު ޖައްސަވަމުން ޕްރެސް ސެކްރެޓަރީ ވިދާޅުވީ "ކޭޝް" ތޯ ނޫނީ "ސަމް ކޭޝް" ތޯ ނޫނީ "އައި ނީޑް ސަމް ކޭޝް" ތޯވެސް ސުވާލު އުފެދޭ ކަމަށެވެ.

ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ މެމްބަރެކެވެ. ނަޝީދަކީ މިހާތަނަށް އިންފޮމޭޝަން މިނިސްޓަރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ހުޅުލާވިފައިވާ އެންމެ މިނިވަން ނޫސްވެރިކަމެއް ގެނެސްދިން މިނިސްޓަރު ކަމަށް ގިނަބަޔަކު ފާހަގަ ކުރެއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް