Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ސަންދާނު އަހަންމައިދީ އާއި ޑރ. ޖަމީލުގެ މައްސަލައެއް ބަލައިދިނުމަށް ރައީސް ނަޝީދު ފުލުހުންގެ ކިބައިން އެދިއްޖެ

ސަންދާނު އަހަންމައިދީ އާއި ޑރ. ޖަމީލުގެ މައްސަލައެއް ބަލައިދިނުމަށް ރައީސް ނަޝީދު ފުލުހުންގެ ކިބައިން އެދިއްޖެ

ސަންދާނު އަހަންމައިދީ އާއި ގައުމީ ޕާޓީގެ ނައިބް ރައީސް ޑރ. ޖަމީލުގެ މައްސަލަ ބަލައިދިނުމަށް ރައީސް ނަޝީދު ފުލުހުންގެ ކިބައިން އެދިއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ފުލުހުންނަށް އަންގާފައި ވަނީ ދިޓީވީގެ ޕްރޮގްރާމެއްގައި އެދެބޭފުޅުން ދެއްކެވި ވާހަކަފުޅު ތަކުންނެވެ. އެގޮތުން މިހާރުގެ ސަރުކާރަކީ ޔަހޫދީ ދައުލަތާއި ގުޅުންހުރި އަދި ފާދިރީންގެ ލަފާ ހޯދާ ވާހަކަވެސް ވަނީ ވިދާޅުވެފައެވެ. އެހެންވެ މިކަންކަންކަމަކީ

ސަރުކާރުގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައިގެން ދައްކާފައިވާ ވާހަކަތަކެއް ކަމަށްވެސް ރައީސް ނަޝީދުގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

 

މިއީ ފަހަކަށް އައިސް ސިޔާސީ ބަޔެއް ލީޑަރުންނަށް ސަރުކާރުން ދައްކަވަމުން އަންނަ ބިރު ދެއްކުންތަކެއް ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. މިމައްސަލައިގައި ޑރ. ޖަމީލް ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ މިފަދަ ވާހަކައަކުން ޖެހިލުމެއް ނެތް ކަމަށްވެސް ވިދާޅުވެފައެވެ. އަދި ސަންދާނު އަހަންމައިދީ ވިދާޅުވީ ރައީސް ނަޝީދަކީ ބައްޔެއް ޖެހިފައި ހުރި ބޭފުޅެއް ކަމަށާއި ރައީސް ނަޝީދު ހިފައި ހައްޔަރު ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް