Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ބޭރުގެ މީޑިޔާ ތަކުގައި ރައީސް ނަޝީދު އިތުރުފުޅު ހައްދަވާތީ ރާއްޖެއަށް ވަރަށް ބޮޑަށް ގެއްލުން ވަމުން އެބަދޭ- ގައުމީ ޕާޓީ

ބޭރުގެ މީޑިޔާ ތަކުގައި ރައީސް ނަޝީދު އިތުރުފުޅު ހައްދަވާތީ ރާއްޖެއަށް ވަރަށް ބޮޑަށް ގެއްލުން ވަމުން އެބަދޭ- ގައުމީ ޕާޓީ

ބޭރުގެ މީޑިޔާ ތަކުގައި ރައީސް ނަޝީދު ފަހަކަށް އައިސް ދައްކަވަމުން އަންނަ (ދޮގު) ވާހަކަ ތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑަށް ގެއްލުން ވަމުން އަންނަ ކަމަށް ގައުމީ ޕާޓީން ބުނެފިއެވެ.

ގައުމީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މީޑިޔާ ތަކަށް އިންޓަވިއު ދެއްވުމަކީ ރައީސް ނަޝީދު މާކުރައްވާ ހިތްވާ ކަމެއް ކަމަށެވެ.


 

"މިގޮތުން ދެއްވާ އިންޓަރވިއުތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، ވާހަކަފުޅުދައްކަވާއިރު ދައްކަވާވާހަކަފުޅުތަކުގައި ހަގީގަތް ނުވަތަ ތެދު މައުލޫމާތު ހިމެނުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާކަމަމެވެ. ނުވަތަ ކަނޑައެޅިގެން އިތުރުފުޅު ހެއްދެވުމެވެ. މިގޮތަށް އެމަނިކުފާ ހައްދަވާފައިވާ އިތުރުފުޅު ތަކުގެ ސަބަބުން ރާއްޖެއަށް މިދަނީ އިންތިހާއަށް ބޮޑެތި ގެއްލުން ލިބެމުންނެވެ. ވެރިކަމުގެ ކުރީކޮޅު އެމަނިކުފާނު ބައިނަލް އަގުވާމީ މީޑީއާގައި ދެއްކެވި ފާހަކަފުޅުތަކުގެ ސަބަބުން ހީވީ ހަމަ ދެންމެ ދެންމެ ރާއްޖެ އަޑީއަށް ހިގައިދާނެ ހެނެވެ. މިކަމުގެ ސަބަބިން އިންވެސްޓަރުންނާއި ފަތުރުވެރިން ރާއްޖެއާއި ދުރުވާން ފެށިއެވެ. އެއަށް ފަހު ނަޝީދު ވިދާޅުވީ ދިވެހިންނަކީ ބޮންގޮއްވާ ޓެރަރިސްޓުންނެވެ. މިކަމުގެ ސަބަބުން ބޭރުގައުމުތަކަށް ދަތުރުފަތުރުކުރުމަށް ދިވެހިންނަށް ދަތިވެމ އެންމެ އަވަށްޓެރިގައުމުތަކުންފެށިގެން ދުނިޔޭ އެތައްގައުމަކަށް ދަތުރުކުރުމަށް ވިސާހޯދުމުގައި ދިވެހިންނަށް އިންތިހާއަށް އުދަގޫވެގެންދިއައެވެ. ގައުމުގެ ވަލިއްޔުލް އަމްރުއަކީ ދެއިރު ދެގޮތަށް ވާހަކަދައްކާ، އިތުރުފުޅު ހައްދަވާ ބޭފުޅަކަށް ވުމުގެ ސަބަބުން ގައުމަށް ނުވެނުދާނެ ކިތައްމެ ގެއްލުމެއް މިދަނީ ވަމުންނެވެ." ގައުމީ ޕާޓީން ބުނެފައިވެއެވެ.

ގައުމީ ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރައީސް ނަޝީދުގެ ވާހަކަފުޅުތަކާއި އަމަލުފުޅުތައް އަމާޒުވެފައިހުރީ ކޮންމެހެންގައުމަށް ފައިދާހުރި، ރައްޔިތުންނަށް ލާބަލެބިނިވި ގޮތަކަށްނޫން ކަމަށެވެ. ނަމަވެސް ބައިނަލް އަގުވާމީ އިނާމް ހޯއްދެވުމާއި، ބޭރުގައުމުތަކުގައި ތިބި ކޮންމެވެސް ބައެއްގެ ރުހުން ހޯދުމަށް ކަމަށެވެ.

" ދާދި ފަހުން އިސްޓްރޭލިއާގެ ނޫހެއްކަމުގައިވާ ދަ ސަޓަޑޭ އޭޖަށް ރައީސް ނަޝީދު ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ކޮންމެ އަހަރަކު ރާއްޖެއިން 3 ރަށް ގެއްލޭ ކަމަށެވެ. މިފަދަ ބޮޑު ދޮގު (އިތުރުފުޅު) އެމަނިކުފާނު މިހެއްދެވީ، ރާއްޖޭގެ ރިޒޯޓްތަކުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާކަމށް ބުނެ އެމަނިކުފާނު ދެއްކެވި ފާހަކަފުޅުތަކުގެ ސަބަބުން ބައިނަލް އަގުމާވީ ދުނިޔޭގައި ރާއްޖޭގެ އަގު ވަރަށްބޮޑަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ. ދަ ސަންޑޭ އޭޖަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުގައި، ރާއްޖެ އަޑިއަށް ދާވާހަކައާޢި، ބޭރުގައުމުކަނުން ބިންގަންވާހަކައާއި، ކޮންމެ އަހަރަކު އެޔައް ރަށެއް ގެއްލޭކަމަށް އެމަނިކުފާނު ވިދާޅުވުމުން، އެއިންޓާވިއުމަށް ކޮމެންޓް ކޮށްފައިވާ ފަރާތްތަކުން އެމަނިކުފާނުގެ ވާހަކަފުޅަށް މަލާމާތްކޮށް ރާއްޖެގެ ރީތިނަމަށް ހުތުރުވާގޮތަށް ވަރަށްބޮޑަށް ޚިޔާލުފާޅުކޮށްފައިވެއެވެ. މިފަދަ ޚިޔާލު ފާޅުކުރުންތަކުން އެގި ހާމަވަނީ ރައީށް ނަޝީދުގެ ވާހަކަފުޅުތަކާއި އަމަލުތައް ހުންނަނީ ދުނިޔޭގެ އެތަންމިތަނުގެ މަލާމާތާއި ހުތުރުބަސް އަމާޒުވާގޮތަށްވެ. އަދި އެމަނިކުފާނުގެ މިފަދަ ބަސްފުޅުތަކުގެ ޝިޚަރައަކަށްވަނީ ދިވެހި ރައްޔިތުންކަމަށްވުމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް