DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ބޭރު ޙަބަރު ކްރިސްޓިޔަން ދީނުގެ އެހެނިހެން ފައްޅިތަކުގައިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޢާއްމުކަމެއް:

ކްރިސްޓިޔަން ދީނުގެ އެހެނިހެން ފައްޅިތަކުގައިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޢާއްމުކަމެއް:

child abuse vatican

ކްރިސްޓިޔަން ދީނުގެ ރޯމަން ކެތަލިކް މަޒްހަބުގެ މައިފައްޅިކަމުގައިވާ "ވެޓިކަން"އާ ދިމާލަށް، ފައްޅިތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތަފާތު އެތައް މައްސަލައެއް ފެންމަތިވެ އިނގިލި ދިއްކުރެވެމުން ދާތީ، އެކަމަކީ ކްރިސްޓިޔަން ދީނުގެ އެހެން މަޒްހަބުތަކުގެ ފައްޅިތަކުގައިވެސް ޢާއްމުކޮށް ހިނގާ ކަމެއްކަމުގައި ބުނެފިއެވެ. ވެޓިކަންގެ ފަރާތުން އ.ދއަށް ކަނޑައަޅާފައިވާ ދާޢިމީ މަންދޫބު އާރކްބިޝޮޕް ސިލްވާނޯ ތޮމާސީ ބުނިގޮތުގައި އެމީހުން، އެމީހުންގެ ފައްޅިތައް މިބާވަތުގެ ކަންތައްތަކުން "ސާފުކުރަމުން" ދާއިރު، އެމައްސަލައަކީ އެހެނިހެން ފައްޅިތަކުގައި މާބޮޑަށް ފެތުރި އަށަގަނެފައިވާ ކަމެއްކަމަށެވެ. އޭނާގެ މިވާހަކަތަކަކީ އ.ދގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފައްޅިތަކުގައި ހިނގާ މިބާވަތުގެ ކަންތައްތައް އެފައްޅިން ފޮރުވަން އުޅޭކަމުގެ އިލްޒާމު އެޅުވުމުން އޭގެ ޖަވާބުގައި ދެއްކި ވާހަކައެކެވެ. އާރކްބިޝޮޕް އިތުރަށް ބުނިގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގިނަ މައްސަލަތައް ހިންގާފައިވަނީ "ޕްރޮޓެސްޓަން" މަޒުހަބުގެ ފައްޅިތަކުގައާއި ސިނަގޮގް (ޔަހޫދީންގެ ފައްޅި)ތަކުގައި ކަމަށް ފަހުގެ ދިރާސާތަކުން ދައްކާކަމަށެވެ. އާރކްބިޝޮޕްގެ މިވާހަކަތަކަކީ "އިންޓަރނޭޝަނަލް ހިއުމެނިސްޓް އެންޑް އެތިކަލް ޔޫނިއަން" ގެ މަންދޫބު ކެއިތު ޕޯރޓިއަސް ވޫޑް، ވެޓިކަންގެ ޢަމަލުތަކާމެދު އެޅުވި އިލްޒާމަކާ ގުޅިގެން ދެއްކިވާހަކައެކެވެ. ކެއިތުގެ ވާހަކާގައި ވެޓިކަންގެ ފަރާތުން ދިމާވާ މިފަދަ މައްސަލަތައް އަމިއްލައަމިއްލައަށް ނިންމާލުމުގެ ބަދަލުގައި ސީދާ އިޓަލީވިލާތުގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަންޖެހޭނެކަމަށެވެ. މިފަދަ މައްސަލަ ތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމުގެ ބަދަލުގައި އެމީހަކު ހުރި ރަށް ނޫން އެހެން ރަށަކަށް ވަޒީފާ ބަދަލުކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުން ގެންދާ އެފަދަ މީހުންނަށް އިތުރު ފުރުޞަތުތައް ހުޅުވާލަދޭކަމީ ވެޓިކަންގެ ޒިންމާދާރުކުޑަކަން ކަމަށް ކެއިތު ބުންޏެވެ. އަދި ގިނަ ފަހަރަށް މިފަދަ މައްސަލަތަކުގައި ގެއްލުން ލިބުނު ޢާއިލާއަށް މަޢާފަށް އެދުމުގެ ބަދަލުގައި ދޮގުހަދައި އަދި އެކަމެއް މަތިޖަހައި ފޮރުވުމަކީ ވެޓިކަންގެ އާދައެއްކަމުގައި އޭނާ ބުންޏެވެ. މިދޭތެރެއަކުން ބަޔަކުމީހުން އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގެ ފަސްގަނޑުގައިވެސް މިފަދަ ފައްޅިއެއް އެޅުމަށް އެދި ހުށަހެޅިއެވެ. އަދި ކްރިސްޓިޔަން ފައްޅިތަކުގެ ޙަޤީޤަތަކީ މިއީ ކަމުގައި ވީހިނދު އަޅުގަނޑުމެންގެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަށް އިތުރު ދޮރުތަކެއް ހުޅުވިގެން ދިޔުމަކީ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ދިވެއްސަކު ފުރާނަ ހުއްޓައި ދޫކޮށްލާނޭ ކަމެއްނޫނެވެ.

 

 

 

އެންމް މަގުބޫލު ޙަބަރުތައް