Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ކުއްލި ޙަބަރު ޑީއާރުޕީން ފާސްކުރަންއުޅޭ ބިލަށް އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ޑީއާރުޕީން ފާސްކުރަންއުޅޭ ބިލަށް އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި


ރައީސްކަން ކުރެއްވި މީހަކަށް ދޭންޖެހޭ އިނާޔަތްތަކާއި ބެހޭގޮތުން ޑީއާރުޕީން ފާސްކުރުމަށް މަސައްކަތްކުރަމުންދާ ބިލާއިބެހޭގޮތުން، ވެރިކަންކުރާ މޯލޑިވިއަންreko ޑިމޮކްރެޓިމް ޕާޓީ (އެމްޑީޕީ)ން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ހޮވިފަހުން އިއްޔެ ބޭއްވި ފުރަތަމަ ޕްރެސްކޮންފަރެންސްގައި، އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާމަނިކު ވިދާޅުވީ، އެބިލަކީ ވަރަށް ކުއްލިގޮތަކަށް މަޖިލީހަށް ލާފައިވާ ބިލެއް ކަމަށާއި، މުޅި ބިލް އަމާޒުފައިއޮތީ 30 އަހަރުވަންދެން ވެރިކަންކުރެއްވި މައުމޫން އަބްދުލް ޤައްޔޫމަށް ކަމަށެވެ. އަދި މިކަން މަޖިލީހުގެ ގިނަ މެމްބަރުން ޤަބޫލުކުރައްވާކަމަށްވެސް ރީކޯ މޫސާމަނިކު ވިދާޅުވިއެވެ.
ބިލް ކޮމެޓީއަކަށް ގެންދެވުނުއިރު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ 3 މެމްބަރުން އެކޮމިޓީގައި ހިމެނޭ
ކަމަށާއި، ކޮމެޓީ އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށް ކަމަށްވުމުން، ކޮމެޓީގެ މެޖޯރިޓީއޮތީ ޑީއާރުޕީއަށް ކަމަށްވެސް މޫސަ ވިދާޅުވިއެވެ. ނޭނގޭ ކަހަލަގޮތަކަށް ކޮމެޓީން ބިލް ނިންމައި، ކޮމެޓީގެ ރިޕޯޓް އައިކަމަށްވެސް މޫސަ ވިދާޅުވިއެވެ. "ކަންބޮޑުވާ މައްސަލައަކީ، މިބިލުން ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް 3 ލައްކަރުފިޔާ މަހަކު ފައިސާގެގޮތުގައި ދޭންޖެހޭކަން. މިބިލް ތަސްދީޤްވެއްޖެނަމަ، އެދުވަހުންފެށިގެން 2.7 މިލިއަން ރުފިޔާ ދިނުމަށް މިޤާނޫނު ލާޒިމްކުރާނެ." ރީކޯ މޫސަ ވިދާޅުވިއެވެ  .މީގެއިތުރުން، ސަލާމަތީ ޚިދުމަތްތަކާއި، ދަތުރުފަތުރަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް މިބިލްގައި ކަނޑައަޅާފައިވާއިރު، މިކަމަށް ދައުލަތުގެ ބަޖެޓުން މިލިއަނެއް ނުވަތަ ދޮޅު މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށާއި، މިފަދަ ބިލެއް ޕާލިމަންޓް މެޖޯރިޓީ އޮތްބަޔަކު މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން ފާސްކޮށްފާނެތީ، އެކަމާއި ނިހާޔަތަށް ކަންބޮޑުވާކަމަށްވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުންވަނީ ހާމަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ ޚަރަދުކުޑަކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި، އަދި އިޤްތިޞާދު މިހާދަށަށް ގޮސްފައިވަނިކޮށް، ބަޖެޓްގައި ފައިސާ ނެތިގެން އެވާހަކަދައްކަމުން ގެންދާއިރު، ރައީސަކަސް، ނައިބްރައީސަކަސް، އަދި ރައީސްކަން ކޮށްފައިވާ މީހަކަށްވެސް ދޭންޖެހޭ އިނާޔަތްތަށް ހުންނަންޖެހޭނީ ޤައުމަށް ލިބޭ އާމްދަނީއަކާއި އެއްވަރަށް، އަޅުގަނޑުމެންގެ އަތްފޯރާ ފަށެއްގައިކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ޤަބޫލުކުރާކަމަށް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބްގެ މަޤާމް އަދާކޮށްފައިވާ މީހަކަށް މިބިލްގައި އެއްވެސް އިނާޔަތެއް ނެތްކަމަށެވެ. އަދި ކަންބޮޑުވާ މައްސަލައެއްކަމަށް އަސްލަމް ފާހަގަކުރެއްވީ، މިބިލްގައި ރައީސްކަން ކުރެއްވި މީހެއްގެ މުސާރައަށް މަހަކު  75 ހާސް ރުފިޔާ ދިނުމަށް ކަނޑައަޅާފައިވުމުންނެވެ. އެއީ، ރައީސްކަން ކުރެއްވިމީހަކަށް މުސާރައެއްގެގޮތުގައި ދިނުމަށް ބޮޑު އަދަދެއް ކަމަށްވެސް އަސްލަމް ފާހަގަކުރެއްވިއެވެ. މިމުސާރައަކީ ކުރީގެ ރައީސްގެ މުސާރަކަންވެސް އަސްލަމް ފާހަގަކުރެއްވިއެވެ. މިއަދަދަކީ ރައީސުލްޖުމްހޫރިއްޔާގެ މިހާރުގެ މުސާރައިގެ 4 ބައިކުޅަ 3 ބައި ކަމަށެވެ.

މިބިލްގެ 9 ވަނަ މާއްދާވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް، އެމާއްދާއާއި ތައާރުޒުވާ ގޮތަށްކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އެގޮތުން މިބިލުގެ 9 ވަނަ މާއްދާގެ (ހ)ގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރިމީހަކު ޤާނޫނީ ހަމަތަކުގެމަތިން ކުށްވެރިނުވެ، މަޤާމުގެ ހައްސިއްޔަތުން ކޮށްފައިވާ ކަންތަކާއި، އަދި ނުކޮށް ދޫކޮށްލާފައިވާ ކަމަކާމެދު، މިމާއްދާގެ (ށ) ގައިވާ ގޮތުގެމަތީން އެއްވެސް ޝަރުޢީ ކޯޓެއްގައި ދަޢުވާ ނުކުރެވޭނެ ކަމަށެވެ. މިބިލުގެ (ށ) ގައިވަނީ، މިކަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު މިކަމަކަށް ލިބިގެން ފާސްވެގެން ކަމަށެވެ. ޤާނޫނުއަސާސީ ބަދަލުވެގެން ގޮސްފައިވާއިރު، ކޮންމެފަދަ މަޤާމެއްގައި ހުރި މީހެއްނަމަވެސް، ޤާނޫނާ ޚިލާފް ކަމެއްކޮށްފިނަމަ އެކަން ބެލޭނެކަމަށް ޤާނޫނުގައި ވާކަމަށާއި، މިއީ ޤާނޫނުއަސާސީން ބާރުލިބިދޭ ޝަރުޢީ ދާއިރާއަށް ގޮންޖެހުންކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ޕާލަމެންޓްރީ ގްރޫގެ މެމްބަރ އަދި ރައްޔިތުންގެ މަޖިލީހުގެ ފ. ބިލެއްދޫ ދާއިރާގެ މެމްބަރ އަޙުމަދު ހަމްޒާ ވިދާޅުވީ، ރައީސްކަން ކުރެއްވި މީހަކަށް ދިނުމަށް ކަނޑައަޅާފައިވާ އިނާޔަތްތަކަކީ ދައުލަތުގެ ބަޖެޓަށް އެކަށީގެންވާ މިންވަރެއް ނޫންކަމަށެވެ. ހަމްޒާ ވިދާޅުވީ، މަޖިލީހުގެ އަޣްލަބިއްޔަތު ލިބިގެން، ރައީސްކަން ކުރެއްވިމީހަކު ގޮވައިގެން ކޯޓަށް ދާންޖެހޭގޮތަށް އޮތުމަކީ، މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީއަށްވެސް ވަރަށްބޮޑު ގޮންޖެހުމެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހަކީ މައްސަލަތައް ތަހުޤީގްކުރަން އޮތްތަނެއް ނޫންކަމަށެވެ.

އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޫސަވަނީ، ބައެއް ސިޔާސީ ފަރާތްތަކުން ނޫސްވެރިން ގޮވައިގެން ކޯޓަށްދާތީ، އެކަމާއި ކަންބޮޑުވާކަން ފާޅުކުރައްވާފައެވެ. އަދި ނޫސްވެރިންވެސް ޤާނޫނުގައިވާ ގޮތަށް އަބުރަށް ބަލައިގެން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. މިނިވަންކަމާއިއެކު ނޫސްވެރިން މަސައްކަތް ކުރަމުންދާއިރު، ސިޔާސީ ފަރާތްތަކުން ނޫސްވެރިން ކޯޓަށް ގެންދިއުމަކީ ހިތާމަޔާއެކު ޕާލަމެންޓްރީ ގްރޫޕުން ފާހަގަކުރާ ކަމެއްކަމަށްވެސް މޫސަ ވިދާޅުވިއެވެ
ހިޔާލު (1)Add Comment
...
ލިޔެފައިވަނީ މިދޭ, سبتمبر 06, 2009
ދި މިނިވަން އިނގިރޭސިންވެސް އިނުން މުހިންމު ދޯ

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 18:04 ހޯމަ, 07 ސެޕްޓެމްބަރ 2009  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް