Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ކުއްލި ޙަބަރު ހަބީބް ބޭންކްގެ ކަންޓްރީ މެނޭޖަރަށް ތޫނުއެއްޗަކުން ހަމަލާދީ ފޭރިގެންދި

ހަބީބް ބޭންކްގެ ކަންޓްރީ މެނޭޖަރަށް ތޫނުއެއްޗަކުން ހަމަލާދީ ފޭރިގެންދި

ހަބީބް ބޭންކްގެ ކަންޓްރީ މެނޭޖަރ ދިރިއުޅެމުންދާ ގެއަށް ބަޔަކު މީހުން ވަދެ ތޫނުއެއްޗަކުން ހަމަލާދީ ބައެއް ތަކެތި ފޭރިގެންފި.
ފުލުހުން މަޢުލޫމާތުދޭ ގޮތުގައި މިއަދު ހަވީރު ފަސްގަޑި ތިރީސް ހާއިރު ހިނގި މި ހާދިސާގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ އުމުރުން ފަންސާސް ހަ އަހަރުގެ ޕާކިސްތާނު މީހެއް. އަދި ހަމަލާދިން މީހުންވަނީ އޭނާގެ ބައެއް ތަކެއްޗާއި ފައިސާ ފޭރިގަނެގެން ފިލާފަ ކަމަށް ފުލުހުން މަޢުލޫމާތުދޭ. ދިޓީވީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ހަބީބް ބޭންކުގެ ކަންޓްރީ މެނޭޖަރ ގެއަށް ވަން ވަގުތު ބަޔަކު އޭނާ އެޕާޓްމަންޓަށް ވައްދާ، ކަޓަރުން ހަމަލާދީ ބަނުމަށްފަހު އޭނާގެ ލެޕްޓޮޕާއި ކްރެޑިޓް ކާޑު އަދި ފައިސާތައް ހިފައިގެން އެޕާޓްމަންޓް ބޭރުން ތަޅުލުމަށްފަހު ފިލީކަމަށް.
އޭނާ ޒަޚަމް ކޮށްލާފައި ވަނިކޮށް ފެނުނީ އެވަގުތު ބޭރުން އައިސް ގެއަށް ވަން އެގޭގައި ގެންގުޅޭ އަންހެން މީހާއަށް ކަމަށް މަޢުލޫމާތު ލިބިފައިވޭ. މިހާދިސާގައި ޒަޚަމްވި ހަބީބް ބޭންކުގެ ކަންޓްރީ މެނޭޖަރަށް އޭޑީކޭ ހޮސްޕިޓަލުން މިހާރު ދަނީ ފަރުވާ ދެމުން.


ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް