Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ކުއްލި ޙަބަރު ހިތަދޫ ފަޅުގެ އެއްގެ ތެރެއިން މާރާމާރީހިންގުމަށް ބެނުންކުރާ ސާމާނުތަކެއް ފުލުހުން އަތުލައިފި

ހިތަދޫ ފަޅުގެ އެއްގެ ތެރެއިން މާރާމާރީހިންގުމަށް ބެނުންކުރާ ސާމާނުތަކެއް ފުލުހުން އަތުލައިފި

ސ.ހިތަދޫ ފަޅުގެއެއްގެ ތެރެއިން މާރާމާރީ ހިންގުމަށް ބޭނުންކުރާ ސާމާނުތަކެއް ރޭފުލުހުން އަތުލައިފިއެވެ ދެގުރޫޕެއްގެ ބަޔަކު މާރާމަރީ ހިންގަން އުޅޭކަމުގެމައުލޫމާތެއް ފުލުހުންނަށް ލިބުމާއި ގުޅިގެންއެސަރަހައްދަށްފުލުހުން ގޮސް މާރާމާރީ އަކަށްފެށުމުގެ ކުރިން އެކަންހުއްޓުވައި އެރަށުގައި ގުރޫޕެއްގެ ބަޔަކު އުޅޭފަޅުގެއެއް ހޯދައި ބެލުމުގެ ތެރޭގައިމާރާމާރީ އަކަށްތައްޔާރުކޮއްފައިވާލަކުޑިބުރި އާއި ދަގަނޑު ބުރިފަދަތަކެތި ގިނައަދަދަކަށް ފުލުހުން ވަނީ ހޯދާފައެވެ އިހަކަށްރޭ ހިތަދޫ އެމްޑީޕީ އޮފީސް ކައިރީގައި ވެސް ވަނީ ވަރަށްނުރައްކާ ތެރި މާރަމަރީ އެއް ހިންގާފައެވެ މިމާރާމާރީގައި އެރަށު 22 އަހަރުގެ ޒުވާނަކަށް ވަރަށް ބޮޑަށް ހާނިއްކަ ވެފައިވެއެވެ އޭނަޔަށްލިބުނުގެއްލުން ތަކުގެ ތެރޭގައި އޭނާގެ މޭމަތިން ބޮޑު ބައެއް ކަފައިގެން ގޮސްފައި ވެއެވެ އަދި ޢޭގެފަހުން ހިނގި މާރާމާރީ އެއްގައި ޒުވާނެއްގް ބޮލަށް އިސްކުރު އަނބުރާ ކަށިގަނޑެއް ހަރާލައި ޒަހަމް ކޮއްލާފައިވެއެވެ އެޒުވާނާޔަށް މިހާރުވެސް ހިތަދޫ ހޮސްޕިޓަލުން ފަރުވާ ކުރަމުން ދާއިރު މިމައްސަލަ އައްޑު ޕޮލިސްޓޭޝަނުން ގެންދަވަނީތަހުގީގު ކުރައްވަމުންނެވެފަހަކަށް އައިސް މިފަދަހާދިސާ ތައް ހިނގަނަމެދުވެރިވަނީ މަސްތުތަކެތީގެ ސަބަބުން އުފެދޭ މައްސަލަތަކުގެތެރެއިންނެވެ
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 16:17 ހޯމަ, 07 ސެޕްޓެމްބަރ 2009  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް