DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ކުއްލި ޙަބަރު އެއާރޕޯޓް ބޭރު ބަޔަކަށްދޭން ކެބިނެޓުގައި ފުރަތަމަ ވާހަކަ ދެއްކި ދުވަހުވެސް އަޅުގަނޑު އެކަމާ ދެކޮޅު ހެދިން- ގާސިމް އިބްރާހިމް

އެއާރޕޯޓް ބޭރު ބަޔަކަށްދޭން ކެބިނެޓުގައި ފުރަތަމަ ވާހަކަ ދެއްކި ދުވަހުވެސް އަޅުގަނޑު އެކަމާ ދެކޮޅު ހެދިން- ގާސިމް އިބްރާހިމް

މާލޭ އިންޓަރނޭޝަނަލް އެއާރޕޯޓް ބޭރު ބަޔަކަށް ދިނުމަށް ކެބިނެޓުގައި ރައީސް ނަޝީދު ފުރަތަމަ ވާހަކަ ދެއްކި ދުވަހުވެސް އެކަމާ ދެކޮޅު ހައްދަވާފައިވާނެ ކަމަށާއި އެއާރޕޯޓް ބޭރު ބަޔަކަށް ދޭން ނިންމައިފިނަމަ އެދުވަހަކުން އެމަނިކުފާނު ފެންނާނީ ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް މަގު މަތީގައި ހުއްޓާ ކަމަށް ވިދާޅުވެފައިވާނެ ކަމަށް އޭރު ހޯމް މިނިސްޓަރުކަން ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ

.

 

"އިސްލާމް ދީނުގެ ޙިމާޔަތުގައި ދިވެހިން" މިނަމުގައި ބޭއްވި ބޮޑު މުޒާހަރާގައި އެއްވެތިބި އެތަކެއްހާސް މީހުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ދިވެހިންގެ އަމިއްލަ މަސައްކަތުން އުފައްދާފައިވާ ދިވެހިންގެ އަގު ހުރި އެއާރޕޯޓް ބޭރު ބަޔަކަށް ސަރުކާރުން ދީފައި ވަނީ ދިވެހިންގެ ވިންދާ އެއްގޮތަށް ނޫން ކަމަށެވެ. އަދި އެއީ ސަރުކާރުން ވަރަށް ބޮޑަށް ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ސަރުކާރުން މިހާތަނަށް ދިވެހިންނަށް ފައިދާ ހުރި ބޮޑެތި ހުރިހާ ކުންފުންޏެއް ވިއްކާލާފައިވާ ކަމަށެވެ. އެގޮތުން ދިރާގުގެ ޙިއްސާ ބޭރު ބަޔަކަށް ވިއްކާލުމާއި ފެންކުންފުނި ބޭރު ބަޔަކަށް ވިއްކާލުމަށް ސަރުކާރުން ގެންގުޅު ޕްލޭންތައް ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިހާރުގެ ސަރުކާރުން ދެން ކުޅެމުން އެދަނީ ދިވެހިންގެ ދީނާ ކަމަށެވެ. އެގޮތުން އިސްލާމް ދީން ރާއްޖެއިން ފުހެލުމަށް ރައީސް ނަޝީދުގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމް މަގުބޫލު ޙަބަރުތައް