Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު
DhiMinivan | News

ދެފަރާތުން ގާއުކުމުގެ ސަބަބުން ގިނަބަޔެއްގެ ބޯ ފަޅައިގެން ގޮސްފި

ރޭގެ މުޒާހަރާގައި ދެފަރާތުން އެއްވެސް ބެލުމެއް ނެތި ގާއުކަމުން ދިޔުމުގެ ސަބަބުން ގިނަބަޔެއްގެ ބޯ ފަޅައިގެން ގޮސްފިއެވެ. ރޭ އާޓިފިޝަލް ބީޗް ސަރަހައްދަށް ނުކުތް އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުން ދަނިކޮށް އެމްޑީޕީގެ ބަޔަކު އެތަނަށް ވަނުމާއެކު ދެފަރާތުގެ ދެމެދުގައި މައްސަލަ ހޫނުވެ ގާއުކުމުގެ ތަޅާފޮޅުމަކަށް ދިޔައެވެ.

އިތުރަށް ވިދާޅުވުމަށް...
 

އައްޑޫގައި ހަދާ 700 ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ 700ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ނުފަށަނީސް އެތަންތަނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ

އިތުރަށް ވިދާޅުވުމަށް...
 

ފުވައްމުލަކުގައި އިމާރާތް ކުރަން ނުފަށާ ފްލެޓްތަކާއި ރޯ ހައުސްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި ހެދުމަށް ހަމަޖެހިފައިވާ ފްލެޓްތަކާއި ރޯ ހައުސްތައް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ނުފަށީސް އެތަންތަނަށް އެދުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.

ފުވައްމުލަކު ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ އަބްދުﷲ ފަލާހް ޝަރީފް ބުރާސްފަތި

އިތުރަށް ވިދާޅުވުމަށް...
 

އައްޑޫ ސްކޫލްތަކުގެ މުވައްޒަފުންނަށް މުސާރަ ނުލިބިގެން ޝަކުވާ ކުރަނީ

އައްޑޫ ސްކޫލްތަކުގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ނުލިބި ލަސްވަމުންދާތީ ކަންބޮޑުވުންފާޅު ކުރަން ފަށައިފި އެވެ.

އައްޑޫގެ ބައެއް ސްކޫލްތަކުން "ހަވީރާ" ވާހަކަ ދެއްކި ބައެއް ޓީޗަރުންނާއި ސްކޫލްތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ބުނިގޮތުގައި މުސާރަ ލިބުން ލަސްވުމުގައި ފަހަކަށް އައިސް

އިތުރަށް ވިދާޅުވުމަށް...
 

ޝަރްޢީ ދާއިރާ ވަނީ ޤާނޫނީ އިމުން ބޭރުގައި ކަމަށްވާނަމަ، ރައީސް ނަޝީދުއާއި، ރައްޔިތުންގެ މަޖިލީހާއި އަދި ލޯކަލް ކައުންސިލްތައް ވަނީވެސް ތިޔަ ޤާނޫނީ އިމުން ބޭރުގައި ޢަބްދުﷲ އާދަމް

ފަނޑިޔާރުން ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 285 ވަނަ މާއްދާއާއި 149 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް ވިދާޅުވެ، ރައީސް މުޙައްމަދު ނަޝީދު މިހާރު އެންމެ ގިނައިން ވިދާޅުވާ އެއް ވާހަކައަކީ ޝަރްޢީދާއިރާވަނީ ޤާނޫނީ އިމުން ބޭރުގައެވެ. ހަޖަމްކުރަން ދަތިވިނަމަވެސް ގަދައަޅައި ހިއްމަތްކޮށްގެން ކޯޝިޝްކޮށްގެންވިޔަސް ހަޖަމްކުރަންޖެހޭ ޙަޤީޤަތަކީ ރައީސް

އިތުރަށް ވިދާޅުވުމަށް...
 

އިދިކޮޅު އިއްތިހާދުން ގާސިމް އިބްރާހިމްއަށް ތާއީދު ކުރުމަށް ޖުމްހޫރީ ޕާޓީން އެދިއްޖެ

2013 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އިއްތިހާދުން އެންމެ ކެންޑިޑޭޓެއް ނެރުމަށާއި އެކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އިތުރަށް ވިދާޅުވުމަށް...
 

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ގާސިމް އިބްރާހިމް ނެރެން ނިންމައިފި

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް ކަމުގެ ޓިކެޓުގައި ޖުމްހޫރީ ޕާޓީން ނެރުއްވާނީ 2008 ވަނަ އަހަރުވެސް ނެރުއްވި ރިޔާސީ ކެންޑިޑޭޓް ކަމުގައިވާ ގާސިމް އިބްރާހިމް ކަމަށް އެޕާޓީން ނިންމައިފިއެވެ. ޖުމްހޫރީ ޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި މިގޮތަށް ނިންމާފައި ވަނީ ކައުންސިލްގެ އިއްތިފާގުންނެވެ.

އިތުރަށް ވިދާޅުވުމަށް...
 

މަގުމައްޗަށް ނުކުމެގެން ސަރުކާރު ވައްޓާލާކަށް ނުކެރޭނެ- ރައީސް ނަޝީދު

އިދިކޮޅު ފަރާތްތަކުން މަގު މައްޗަށް ނުކުމެ ކިތަންމެ ވަރަކަށް އުޅުނަސް މިސަރުކާރު ވައްޓާނުލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ މިރޭ ލ. އަތޮޅުގައި ބޭއްވި ޖަލްސާއެއްގައެވެ.

އިތުރަށް ވިދާޅުވުމަށް...
 

އައްޑޫގައި ޓްރޭނިން ފުލައިޓެއް ވެއްޓި، ގެއްލުންތަކެއް ވެއްޖެ

ޭޝިއަން އެކެޑަމީ އޮފް އެއޮރޮނޮޓިކްސް(އޭއޭއޭ) އިން ސ. ގަމުގައި ހިންގާ ފްލައިން ސްކޫލްގެ ދަރިވަރަކު، ތަމްރީނަށް ބޯޓް ދުއްވަނިކޮށް ބޯޓް ރަންވޭ އަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި، ބޯޓުގެ ކުރީކޮޅު ރަންވޭގައި ތާށިވެ، ގެއްލުންތަކެއް ވެއްޖެ އެވެ.

އިތުރަށް ވިދާޅުވުމަށް...
 

ޝައުރީ ދާއިރާ އިސްލާޙު ކުރުމަށް ބޭރުގެ ފަނޑިޔާރުން ގެނައުމަށް ތާއީދެއް ނުކުރަން- ތަސްމީން

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކޮށް ބަޔެއް ކަންކަން ހަމަ މަގަށް އެޅުވުމަށް ކަމަށްބުނެ ސަރުކާރުން ބޭރުގެ ފަނޑިޔާރުން ފޮނުވުމަށް އަދ. ގައި އެދިފައިވާ އެދުމަކީ ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ޑީއާރުޕީގެ ލީޑަރ އަޙްމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ.

ތަސްމީން ވިދާޅުވީ ޖުޑިޝަރީގެ ތެރޭގައި ވެސް އިސްލާޙު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންކޮންމެ މުއައްސަސާއެއްގައިވެސް ހުންނާނެ ކަމަށެވެ. އެގޮތުން އިސްލާޙީ ފިޔަވަޅު އަޅަންއެންމެ ބޮޑަށް ޖެހެނީ ސަރުކާރުގެ ތެރޭގައި ކަމަށްވެސް ތަސްމީން ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވުމަށް...
 


Page 1 of 71

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް