ދެފަރާތުން ގާއުކުމުގެ ސަބަބުން ގިނަބަޔެއްގެ ބޯ ފަޅައިގެން ގޮސްފި
20:35 ހޯމަ, 06 ފެބްރުއަރީ 2012
މީމުސީނު
ރޭގެ މުޒާހަރާގައި ދެފަރާތުން އެއްވެސް ބެލުމެއް ނެތި ގާއުކަމުން ދިޔުމުގެ ސަބަބުން ގިނަބަޔެއްގެ ބޯ ފަޅައިގެން ގޮސްފިއެވެ. ރޭ އާޓިފިޝަލް ބީޗް ސަރަހައްދަށް ނުކުތް އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުން ދަނިކޮށް އެމްޑީޕީގެ ބަޔަކު އެތަނަށް ވަނުމާއެކު ދެފަރާތުގެ ދެމެދުގައި މައްސަލަ ހޫނުވެ ގާއުކުމުގެ ތަޅާފޮޅުމަކަށް ދިޔައެވެ.
އިތުރަށް ވިދާޅުވުމަށް...
|
އެމްޑީޕީއަށް އޭރު ގާސިމް ވަރުގެ ރަނގަޅު މީހަކު ނެތެވެ. މިއަދު ގާސިމް ވަރުގެ ގޯސް މީހެއް ނެތެވެ؟
20:34 ހޯމަ, 06 ފެބްރުއަރީ 2012
މީމުސީނު
2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ނުކުތްއިރު އެވެރިން ކިޔަމުން ދިޔައީ ވިޔަފާރިވެރިން ތިބެންޖެހޭނީ ފިހާރައިގެ ވަތްގަނޑު ކައިރީގައި ކަމަށެވެ. މިފަދައިން އެންމެ ސާފުކޮށް ވިދާޅުވި ބޭފުޅަކީވެސް އޭރު ފުރަތަމަ ބުރުގައި ވާދަ ކުރައްވަމުން އައި އެމްޑީޕީގެ ކެންޑިޑޭޓް މުހަންމަދު ނަޝީދެވެ. މިހާރުގެ ރައީސް ނަޝީދެވެ
އިތުރަށް ވިދާޅުވުމަށް...
ވަކި ލާރީގައި ބަގުނޑި ބައްދަނީ ކޮން ބައެއް؟
20:31 ހޯމަ, 06 ފެބްރުއަރީ 2012
އައްޑޫ ސަން
ފަހަކަށް އައިސް ވިޔަފާވެރިންނާއި ހިދުމަތްތައް ފޯރުކޮށްދޭ ގިނަ ތަންތަނަނުން ދަނީ ވަލި ލާރި ނުލިބޭ ކަމުގެ ޝަކުވާތައް ވަރަށް ބޮޑަށް ކުރަމުންނެވެ. އަދި ބޭންކުން ވެސް އެކަށީގެންވާ ވަރަށް ވަކި ލާރި ނުލިބޭ ކަމަށާއި ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ދަތިވާ ހިސާބަށް ވަކި ލާރީގެ މައްސަލަ ގޮސްފައިވާ ކަމަށް ވިޔަފާރިވެރިން ދަނީ ބުނަމުންނެ
އިތުރަށް ވިދާޅުވުމަށް...
އައްޑޫގައި ހަދާ 700 ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާ
20:31 ހޮނިހިރު, 04 ފެބްރުއަރީ 2012
އައްޑޫ ސަން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ 700ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ނުފަށަނީސް އެތަންތަނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހައުސިން މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ
އިތުރަށް ވިދާޅުވުމަށް...
އައްޑޫ ސްކޫލްތަކުގެ މުވައްޒަފުންނަށް މުސާރަ ނުލިބިގެން ޝަކުވާ ކުރަނީ
20:27 ހޮނިހިރު, 04 ފެބްރުއަރީ 2012
އައްޑޫ ސަން
އައްޑޫ ސްކޫލްތަކުގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ނުލިބި ލަސްވަމުންދާތީ ކަންބޮޑުވުންފާޅު ކުރަން ފަށައިފި އެވެ.
އައްޑޫގެ ބައެއް ސްކޫލްތަކުން "ހަވީރާ" ވާހަކަ ދެއްކި ބައެއް ޓީޗަރުންނާއި ސްކޫލްތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ބުނިގޮތުގައި މުސާރަ ލިބުން ލަސްވުމުގައި ފަހަކަށް އައިސް
އިތުރަށް ވިދާޅުވުމަށް...
ވިޔަފާރިތަކަށް މަރަދޫން ބިން ކުއްޔަށް ދޫކުރަނީ
20:24 ހޮނިހިރު, 04 ފެބްރުއަރީ 2012
އައްޑޫ ސަން
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން މަރަދޫން ކުއްޔަށް ބިން ދޫކުރަން ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލްފެ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މަރަދޫން ދޫކުރަން ހަމަޖެހިފައިވާ ބިންތަކަށް އެދޭ ފޯމާއި މައުލޫމާތު ޝީޓް ޑިޕާޓްމަންޓް އޮފް ސޯޝަލް ސާވިސްގެ ޖެނެރަލް ސެކްޝަނުން މިހާރު ގަންނަން ލިބެން ހުންނާނެ ކަމަށެވެ. މައުލޫމާތު ޝީޓް ވިއްކަނީ 50ރ. އަށެވެ.
އިތުރަށް ވިދާޅުވުމަށް...
ސަލްމާން ގައިދީންތަކެއް މިނިވަން ކުރަނީ
20:17 ހޮނިހިރު, 04 ފެބްރުއަރީ 2012
އައްޑޫ ސަން
ސަލްމާން ހާނުގެ “ބީން ހިއުމަން” ފައުންޑޭޝަކީ އެކި ގޮތް ގޮތުން އެކިއެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ދީލަތި ފައުންޑޭޝަނެކެވެ.
އެގޮތުން އިންޑިއާގެ އުއްތަރުޕްރަދޭޝްގެ 63 ޖަލެއްގައި ތިބި 400 ގައިދީން މިނިވަން ކުރުމަށް ސަލްމާން މިހާރު ވަނީ ނިންމައިފަ އެވެ. އެ މީހުން މިނިވަން ކުރުމަށް ސަލްމާން 40 ލައްކަ ރުޕީސް ހަރަދު ކުރާނެ އެވެ. އަދި
އިތުރަށް ވިދާޅުވުމަށް...
އަލީމުއްދީން މެޝިންތައް އިޖާދު ކުރުމުގައި!
20:15 ބުރާސްފަތި, 02 ފެބްރުއަރީ 2012
އައްޑޫސަން
މީގެ 17 އަހަރު ކުރިން އައްޑޫގައި ތައްޔާރުކޮށް އަތްތެރި މަސައްކަތުގެ މައުރަޒުގައި ބައިވެރިކޮށްގެން ދެވަނަ ވެސް ހޯދި ފޯއް ކޮށާ މެޝިނުގެ ސަބަބުން މަސައްކަތަށް ލިބުނު އިތުރު ހިތްވަރާ އެކު މިހާރު އެއް މަސައްކަތުގައި ދެ މި ހުރި މީހަކީ ސ. ފޭދޫ ވިކްޓަރީ އަލީމުއްދީން، 41، އެވެ.
އިތުރަށް ވިދާޅުވުމަށް...
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ގާސިމް އިބްރާހިމް ނެރެން ނިންމައިފި
20:11 ބުދަ, 01 ފެބްރުއަރީ 2012
މީމުސީނު
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް ކަމުގެ ޓިކެޓުގައި ޖުމްހޫރީ ޕާޓީން ނެރުއްވާނީ 2008 ވަނަ އަހަރުވެސް ނެރުއްވި ރިޔާސީ ކެންޑިޑޭޓް ކަމުގައިވާ ގާސިމް އިބްރާހިމް ކަމަށް އެޕާޓީން ނިންމައިފިއެވެ. ޖުމްހޫރީ ޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި މިގޮތަށް ނިންމާފައި ވަނީ ކައުންސިލްގެ އިއްތިފާގުންނެވެ.
އިތުރަށް ވިދާޅުވުމަށް...
އައްޑޫގައި ޓްރޭނިން ފުލައިޓެއް ވެއްޓި، ގެއްލުންތަކެއް ވެއްޖެ
20:07 ބުދަ, 01 ފެބްރުއަރީ 2012
އައްޑޫ ސަން
ޭޝިއަން އެކެޑަމީ އޮފް އެއޮރޮނޮޓިކްސް(އޭއޭއޭ) އިން ސ. ގަމުގައި ހިންގާ ފްލައިން ސްކޫލްގެ ދަރިވަރަކު، ތަމްރީނަށް ބޯޓް ދުއްވަނިކޮށް ބޯޓް ރަންވޭ އަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި، ބޯޓުގެ ކުރީކޮޅު ރަންވޭގައި ތާށިވެ، ގެއްލުންތަކެއް ވެއްޖެ އެވެ.
އިތުރަށް ވިދާޅުވުމަށް...
މަރަދޫފޭދުއަކީ މަރަދޫފޭދޫ އަވަށް ކަމަށް ކޯޓުން ހުކުމްކޮށްފި
20:25 އަންގާރަ, 31 ޖެނުއަރީ 2012
އައްޑޫ ސަން
ސަރުކާރުން އައްޑު އަށް ސިޓީގެ ދަރަޖަ ދިނުމާ ގުޅިގެން އައްޑޫގައި މިހާރު އޮތީ މީހުން ދިރިއުޅޭ ހަ ރަށުގެ ބަދަލުގައި ހަތަރު އަވަށް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައި މަރަދު އާއި މަރަދޫފޭދުއަކީ މަރަދޫ އަވަށް ކަމަށް ނިންމައި އެކަން ލޯކަލް ގަވަރަމަންޓް އޮތޯރިޓީ(އެލްޖީއޭ) އަށް އައްޑޫ ސިޓީ ކައުންސިލުން ހުށަހެޅުމާ ގުޅިގެން ރަށްވެހިކަން ގެއްލޭ ކަމަށް
އިތުރަށް ވިދާޅުވުމަށް...
"އަގްނީޕަތު" އަށް ހޫނު ތަރުހީބެއް!
20:13 އަންގާރަ, 31 ޖެނުއަރީ 2012
އައްޑޫސަން
ކަރަން ޖޯހަރުގެ ބައްޕަގެ ދަރްމާ ޕްރޮޑަކްޝަނުން މީގެ 22 އަހަރު ކުރިން ބެލުންތެރިންނަށް ގެނެސް ދިން “އަގްނީޕަތު” އަކީ ވިޔަފާރީގެ ގޮތުން މާ ކާމިޔާބް ފިލްމެއް ނޫނެވެ. ފިލްމަށް ފާޑު ކިޔާ ފަރާތްތަކުން އެ ފިލްމަކީ މޮޅު ފިލްމެއް ކަމަށް ފާހަގަ ކުރި އެވެ.
ވިޔަފާރީގެ ގޮތުން “އަގްނީޕަތު” އަކީ ކާމިޔާބް ފިލްމަކަށް ނުވި ނަމަވެސް އެ ފިލްމުގައި ވިޖޭ ދީނާނާތު ޗޯހަންގެ ރޯލް އަދާކޮށްގެން އަމީތާބް ބައްޗަން ވަނީ ގައުމީ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.
އިތުރަށް ވިދާޅުވުމަށް...
އުމަރު ނަސީރު ހައްޔަރު ކުރުމަށް ސަރަނގު އާދަމް މަނިކު ގޮވާލައިފި
19:58 ބުދަ, 25 ޖެނުއަރީ 2012
މީމުސީނު
ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރ އުމަރު ނަސީރު މިހާރުން މިހާރަށް ހައްޔަރު ކުރުމަށާއި ސިފައިންގެއަށް ޙަމަލާދީ އެތަނަށް ވަދެ އިންގިލާބަކަށް ފާޅުގައި އޭނާ ގޮވާލުމުން އޭނާ ހައްޔަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު ސަރަނގު އާދަމް މަނިކު ގޮވާލައިފިއެވެ.
އިތުރަށް ވިދާޅުވުމަށް...
ޖާބިރު އަލުން ޖުމްހޫރީ ޕާޓީއާ ގުޅެން ނިންމައިފި
19:54 ބުދަ, 25 ޖެނުއަރީ 2012
މީމުސީނު
ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރުކަން ކުރިންވެސް ކުރެއްވުމަށް ފަހު އެޕާޓީއާ ވަކިވެވަޑައިގެން ވެރިކަންކުރާ އެމްޑީޕީއާ ގުޅުނު ނަމަވެސް
އިތުރަށް ވިދާޅުވުމަށް...
|
100 ގޭގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެ: އަމީން
20:33 ހޯމަ, 06 ފެބްރުއަރީ 2012
އައްޑޫ ސަން
އަމީން ކޮންސްޓްރަކްޝަނުގެ މެނެޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު އައްޑޫގައި އަޅުއްވައި ދެއްވުމަށް ހަމަޖެހިފައިވާ 100 ގޭގެ އަމަލީ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އިތުރަށް ވިދާޅުވުމަށް...
ހުޅުދޫމީދުގައި ވެސް މި މަހު 17 ގައި ބޮޑު އެއްވުމެއް
20:31 އާދީއްތަ, 05 ފެބްރުއަރީ 2012
މީމުސީނު
މި މަހުގެ 17ވަނަ ދުވަހު އެމްޑީޕީން މާލޭގައި ބާއްވާ ބޮޑު އެއްވުން ހިގަމުންދާވަގުތު އައްޑޫސިޓީ ހުޅުމީދޫގައިވެސް އެދުވަހު ބޮޑުއެއްވުމެއް ބޭއްވުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތަކާއި މަޝްވަރާތައްކުރުމަށްޓަކައި އެމްޑީޕީ ހުޅުމީދޫއޮފީހުން ރެއިންފެށިގެން ކޮންމެރެއަކު އެއޮފީހުގައި
އިތުރަށް ވިދާޅުވުމަށް...
ފުވައްމުލަކުގައި އިމާރާތް ކުރަން ނުފަށާ ފްލެޓްތަކާއި ރޯ ހައުސްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
20:29 ހޮނިހިރު, 04 ފެބްރުއަރީ 2012
އައްޑޫ ސަން
ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި ހެދުމަށް ހަމަޖެހިފައިވާ ފްލެޓްތަކާއި ރޯ ހައުސްތައް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ނުފަށީސް އެތަންތަނަށް އެދުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.
ފުވައްމުލަކު ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ އަބްދުﷲ ފަލާހް ޝަރީފް ބުރާސްފަތި
އިތުރަށް ވިދާޅުވުމަށް...
ހިތަދޫ ޝަރަފުއްދީނުގައި ސްކޫލެއް ހިންގާނެ ބަޔަކު ހޯދުމަށް އަނެއްކާވެސް ބީލަމަށް
20:26 ހޮނިހިރު, 04 ފެބްރުއަރީ 2012
އައްޑޫ ސަން
ސ. ހިތަދޫ ޕަބްލިކް ލައިބްރަރީ ހިންގަމުން އަންނަ ޝަރަފުއްދީން(ހުސައިނިއްޔާ) ބިލްޑިންގްގައި ލައިބްރަރީ އާ އެކު ސްކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާން ކުރުމާ ގުޅިގެން ސުންގަނޑި ހަމަވި އިރު ކުރިމަތިލާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ ދެވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.
އިތުރަށް ވިދާޅުވުމަށް...
އިކޮނޮމިކް މިނިސްޓްރީގެ 20 ހިދުމަތެއް އައްޑޫން ދޭން ފަށަނީ
20:23 ހޮނިހިރު, 04 ފެބްރުއަރީ 2012
އައްޑޫސަން
އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން 20 ހިދުމަތެއް މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އައްޑޫގައި ގާއިމުކޮށްފައިވާ ޑިޕާޓްމަންޓްތަކުން ދޭން ފަށާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ
އިތުރަށް ވިދާޅުވުމަށް...
ޝަރްޢީ ދާއިރާ ވަނީ ޤާނޫނީ އިމުން ބޭރުގައި ކަމަށްވާނަމަ، ރައީސް ނަޝީދުއާއި، ރައްޔިތުންގެ މަޖިލީހާއި އަދި ލޯކަލް ކައުންސިލްތައް ވަނީވެސް ތިޔަ ޤާނޫނީ އިމުން ބޭރުގައި ޢަބްދުﷲ އާދަމް
20:43 ބުރާސްފަތި, 02 ފެބްރުއަރީ 2012
މީމުސީނު
ފަނޑިޔާރުން ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 285 ވަނަ މާއްދާއާއި 149 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް ވިދާޅުވެ، ރައީސް މުޙައްމަދު ނަޝީދު މިހާރު އެންމެ ގިނައިން ވިދާޅުވާ އެއް ވާހަކައަކީ ޝަރްޢީދާއިރާވަނީ ޤާނޫނީ އިމުން ބޭރުގައެވެ. ހަޖަމްކުރަން ދަތިވިނަމަވެސް ގަދައަޅައި ހިއްމަތްކޮށްގެން ކޯޝިޝްކޮށްގެންވިޔަސް ހަޖަމްކުރަންޖެހޭ ޙަޤީޤަތަކީ ރައީސް
އިތުރަށް ވިދާޅުވުމަށް...
އިދިކޮޅު އިއްތިހާދުން ގާސިމް އިބްރާހިމްއަށް ތާއީދު ކުރުމަށް ޖުމްހޫރީ ޕާޓީން އެދިއްޖެ
20:12 ބުދަ, 01 ފެބްރުއަރީ 2012
މީމުސީނު
2013 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އިއްތިހާދުން އެންމެ ކެންޑިޑޭޓެއް ނެރުމަށާއި އެކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
އިތުރަށް ވިދާޅުވުމަށް...
މަގުމައްޗަށް ނުކުމެގެން ސަރުކާރު ވައްޓާލާކަށް ނުކެރޭނެ- ރައީސް ނަޝީދު
20:10 ބުދަ, 01 ފެބްރުއަރީ 2012
އައްޑޫ ސަން
އިދިކޮޅު ފަރާތްތަކުން މަގު މައްޗަށް ނުކުމެ ކިތަންމެ ވަރަކަށް އުޅުނަސް މިސަރުކާރު ވައްޓާނުލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ މިރޭ ލ. އަތޮޅުގައި ބޭއްވި ޖަލްސާއެއްގައެވެ.
އިތުރަށް ވިދާޅުވުމަށް...
ގަން އެއާޕޯޓުގެ ބޭނުން އެދެވޭ ގޮތުގައި ހިފޭބާ؟
20:06 ބުދަ, 01 ފެބްރުއަރީ 2012
އައްޑޫ ސަން
އެއީ ބައިނަލްއަގްވާމީ އެއާޕޯޓެކެވެ. އެކަމަކު ބައިނަލްއަގްވާމީ އޮޕަރޭޝަންތަކެއް ނުބާއްވަ އެވެ. ހާލަކުން ފަހަރަކު ބޭރު ގައުމަކުން އަންނަ ފުލައިޓެއް އެ އެއާޕޯޓުގައި ޖެއްސި ނަމަވެސް، އައްޑޫގެ ރައްޔިތުން އެދިއެދި ތިބީ ހަގީގީ މާނައިގައި ބޭނުން ކުރެވޭ ބައިނަލްއަގްވާމީ އެއާޕޯޓަކަށް ސ. ގަމުގެ އެއާޕޯޓް ވުމެވެ.
އިތުރަށް ވިދާޅުވުމަށް...
ހިތަދޫ ޝަރަފުއްދީން ބިލްޑިންގުގައި ސްކޫލެއް ހިންގަން ކުރިމަތިލީ އީޑީއައި އިން އެކަނި
20:23 އަންގާރަ, 31 ޖެނުއަރީ 2012
މީމުސީނު
ކެންގަރޫ ކިޑްސް ޕްރީ ސްކޫލް ހިންގުމަށް އައިލެންޑާސް މޯލްޑިވްސް އާ ހަވާލު ކުރި ހިތަދޫ ޕަބްލިކް ލައިބްރަރީ ހިންގަމުން އަންނަ ޝަރަފައްދީން(ހުސައިނިއްޔާ) ބިލްޑިންގުގެ އެއްބަސްވުން ބާތިލްކޮށް،
އިތުރަށް ވިދާޅުވުމަށް...
ޝައުރީ ދާއިރާ އިސްލާޙު ކުރުމަށް ބޭރުގެ ފަނޑިޔާރުން ގެނައުމަށް ތާއީދެއް ނުކުރަން- ތަސްމީން
19:59 ބުދަ, 25 ޖެނުއަރީ 2012
މީމުސީނު
ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކޮށް ބަޔެއް ކަންކަން ހަމަ މަގަށް އެޅުވުމަށް ކަމަށްބުނެ ސަރުކާރުން ބޭރުގެ ފަނޑިޔާރުން ފޮނުވުމަށް އަދ. ގައި އެދިފައިވާ އެދުމަކީ ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ޑީއާރުޕީގެ ލީޑަރ އަޙްމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ.
ތަސްމީން ވިދާޅުވީ ޖުޑިޝަރީގެ ތެރޭގައި ވެސް އިސްލާޙު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންކޮންމެ މުއައްސަސާއެއްގައިވެސް ހުންނާނެ ކަމަށެވެ. އެގޮތުން އިސްލާޙީ ފިޔަވަޅު އަޅަންއެންމެ ބޮޑަށް ޖެހެނީ ސަރުކާރުގެ ތެރޭގައި ކަމަށްވެސް ތަސްމީން ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވުމަށް...
ކަންކަން ފަސްކުރަން ދެން ގައުމުގައި ވަގުތެއް ނެތް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ
19:55 ބުދަ, 25 ޖެނުއަރީ 2012
މީމުސީނު
މިހާރުގެ ސަރުކާރުގެ އަމަލުތައް އަނިޔާވެރިކަމާއި ޚުދުމުޚްތާރު ކަމުގައި ހައްދުން ނައްޓައިފި ކަމަށާއި ދެން ކަންކަން ފަސްކުރަން ގައުމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ގުޅިގެން ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މިއީ
އިތުރަށް ވިދާޅުވުމަށް...
|
|
|
|
|
|
Page 1 of 42 |