DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން މުނިފޫހި މުނިފޫހި ތޮއްޑޫގައި ރޭ އޮތް ހަފްލާގައި ރައީސް ނަޝީދާއި ސަރުކާރުގެ އިސްވެރިން "ނަށައިފި"

ތޮއްޑޫގައި ރޭ އޮތް ހަފްލާގައި ރައީސް ނަޝީދާއި ސަރުކާރުގެ އިސްވެރިން "ނަށައިފި"

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަޙީދު އެމްޑީޕީއަށް ބަދަލުވެވަޑައިގަތުމުގެ އުފާ ފާޅުކުރުމަށް ރޭ ތޮއްޑޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދާއި ސަރުކާރުގެ އެންމެ އިސްވެރިން ނަށައިފިއެވެ. މިރަސްމިއްޔާތުގައި ރައީސް ނަޝީދު ހަމައެކަނީ ނެށީއެވެ.

މިރަސްމިއްޔަތުގައި ނެށި ފާހަގަ ކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދު، އަލީ ވަޙީދު (ބޫންބޫން)،

މާރިޔާ، ރީކޯ މޫސަ، ޖަމްބު ހަސަން އަފީފު، ލުފްޝާން ޝަކީބު (ލޫއްޕެ) ވެސް ހިމެނެއެވެ. މީގެއިތުރުންވެސް ސަރުކާރާއި ޕާޓީގެ އިސް ސަފުގައި އުޅުއްވާ ވަރަށްގިނަ ބޭފުޅުން ވަނީ ރޭގައި ނަށާފައެވެ.

 

ބަޔެއް ބޭފުޅުން ނެށިއިރު ރީކޯ މޫސަ އާއި މާރިޔާ ވަނީ ރޭގެ ހަފްލާގައި އެންޓާރިސް ބޭންޑާއެކު ލަވަވެސް ކިޔުއްވާފައެވެ. ރޭގެ ހަފްލާގައި ރާއްޖޭގެ މަޝްހޫރު ވަރަށްގިނަ ލަވަކިޔުންތެރިންވެސް ވަނީ ލަވަ ކިޔާފައެވެ. އޭގެތެރޭގައި ކުޑައިއްބެ، ތޭރަވާ، މަހުމޫދާ ޝަކީބް ފަދަ ލަވަކިޔުންތެރިންވެސް ހިމެނެއެވެ.

ރޭގެ ރަސްމިއްޔާތަކީ ޖަލްސާއެއްނޫނެވެ. މިރަސްމިއްޔާތުގައި "ތޮއްޑޫ ކަރާ" ފެޅުންވެސް އޮތެވެ. އަދި ކަރަލުން އެމްޑީޕީގެ ދިދަ ނެގުންވެސް އޮތެވެ.